19 ޑިސެމްބަރ 2016
ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ، ހުކުމަކާ ހަމައަށް ދިޔައިރު، ދެ ނޫސްވެރިންނަށް ކުރާ ހުކުމަކީ ހުރިހާ ނޫސްވެރިންނަށް ކުރާ ހުކުމެއް ކަމަށް އިދިކޮޅު އެމްޑީޕީން މިރޭ ސިފަކޮށްފި އެވެ.
ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ، ހުކުމަކާ ހަމައަށް ދިޔައިރު، ދެ ނޫސްވެރިންނަށް ކުރާ ހުކުމަކީ ހުރިހާ ނޫސްވެރިންނަށް ކުރާ ހުކުމެއް ކަމަށް އިދިކޮޅު އެމްޑީޕީން މިރޭ ސިފަކޮށްފި އެވެ.
ސިއްރުކޮށްގެން މިއަދު ބޭއްވި ޝަރީއަތުގައި ދެ ނޫސްވެރިންނަށް ދޭނެ އަދަބެއްގެ ގޮތުގައި ދައުލަތުން ހުށަހެޅީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ދެ ނޫސްވެރިންގެ ވަކީލު އަބްދުﷲ ހަސީން ހުށަހެޅުއްވީ ޖޫރިމަނާއަކުން ނިންމާލުމަށެވެ. ދެ ނޫސްވެރިންގެ މައްޗަށް ދޭނެ އަދަބަކާ މެދު އަންނަ މަހުގެ 24 ވަނަ ދުވަހު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ.
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް "މިހާރު" އަށް ވިދާޅުވި ގޮތުގައި ނޫސްވެރިންނަށް ދައުވާތައް އުފުލައި، ގާނޫނުތައް ހަދަނީ ނޫސްވެރިންނަށް ބިރު ދައްކައި، ފަހަތަށް ޖެހޭނެ ކަމަށް ހީކޮށެވެ. ނަމަވެސް ނޫސްވެރިން ތިބީ ފަހަތަށް ޖެހޭ ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ ޓީވީގައި މަސައްކަތް ކުރާ ހުރިހާ ނޫސްވެރިންނާއި މުވައްޒަފުން ވިސާމާއި ލީވާނާއެކު ކޯޓު ކައިރީގައި. - ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު
ޝިފާޒް މިކަން ސިފަ ކުރެއްވީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައި އޮތް އަސާސީ ހައްގުތަކުން މަހްރޫމް ކުރަން ސަރުކާރުން ހިންގާ ޖަރީމާއެއްގެ ގޮތުގަ އެވެ. ސަރުކާރުން މަސައްކަތް ކުރަނީ ކޮރަޕްޝަނާއި ފަސާދަ އާއި ހިޔާނާތް ފަޅާ އަރުވާ ނޫސްވެރިންގެ އަނގައިގައި ޓޭޕް އަޅަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި ހުކުމް ކުރަން މިއުޅެނީ ވިސާމާއި ލީވާންގެ މައްޗަށް އެކަންޏެއް ނޫން. ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ނޫސްވެރިންނަށް ހުކުމް މި ކުރަނީ،" ޝިފާޒް ސިފަކުރެއްވި އެވެ.
ޝިފާޒްގެ ވާހަކައިގައި ނޫސްވެރިންނަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ގާނޫނުއަސާސީން ލިބިދޭ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގު ހޯދަން ނުކުތުމަށް ގޮވާލެއްވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ނޫސްވެރިންނަށް ފިއްތުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދައުލަތުން ވިސާމާއި ލީވާން ވަކި މުއްދަތެއް ވަންދެން ޖަލަށްލާން ހުކުމް ކުރަން ހުށަހެޅުމަކީ ކަންބޮޑުވާ ކަމެކެވެ. އަދި ކުރާނެ ހުކުމެއް ކަނޑައެޅުމަކީ ފަނޑިޔާރުންގެ އިހްތިޔާރުގައި އޮތް ކަމެއް ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.
"ދައުލަތުން ވަކި މުއްދަތަކަށް ޖަލަށްލާށޭ ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، ފަނޑިޔާރުންގެ ކަމެއް ނިޔާ ކަނޑައެޅުމަކީ، މިކަމުން ވެސް އެނގެނީ ދައުލަތުން ނޫސްވެރިން ޖަލަށްލާން ބޭނުންވާ ވަރު،" ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރިން ކުރެއްވި ޝިފާޒް ވިދާޅުވި އެވެ.
ވިސާމާއި ލީވާންގެ މައްޗަށް ދައުލަތުން ދައުވާ ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މުލީއާގެ ކައިރިން ބޮމެއް ފެނިގެން ސިފައިންނާއި ފުލުހުން ބަންދުކޮށްފައި އޮތް ސަރަހައްދެއްގައި ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒު ހުންނަވަނިކޮށް އޭނާ ހައްޔަރުކުރަން ފުލުހުން އުޅުނު ވަގުތު އެ ދެ މީހުން ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ އެވެ.
އާ ގާނޫނުލްއުގޫބާތު ބުނާ ގޮތުން ހުކުމް އިއްވުމާއި ދޭނެ އަދަބު ކަނޑައެޅުމުގެ ޝަރީއަތަކީ ތަފާތު ދެ ޝަރީއަތެކެވެ. ދޭނެ އަދަބު ގާޒީ ކަނޑައަޅުއްވާނީ، ދައުލަތުންނާއި ދިފާއީ ވަކީލުން ހުށަހަޅާ އަދަބުތަކާ މެދު ވިސްނެވުމަށް ފަހު އެވެ. މިއީ ފަހުގެ ތާރީޚެއްގައި ނޫސްވެރިންގެ މަައްޗަށް ޖިނާއީ ދައުވާއެއް އުފުލައި، ކުށް ސާބިތުވި ފުރަތަމަ ފަހަރެވެ. އާ ގާނޫނުއަސާސީގެ ދަށުން ނޫސްވެރިކަމުގެ މިނިވަންކަން ލިބުނު ފަހުން، ކުރީގެ ސަރުކާރުތަކުން ނޫސްވެރިންގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެ އެވެ.
ވިސާމާއި ލީވާންގެ މައްޗަށް އުފުލި ދައުވާ އަނބުރާ ގެންދަން އެކި ފަރާތްތަކުން ޕީޖީ އަށާއި ސަރުކާރަށް ގޮވާލި އެވެ.
މި ދެ ނޫސްވެރިންގެ އިތުރުން ފިޔާޒާއި ރާއްޖެ ޓީވީގެ އެހެން ނޫސްވެރިއެއްގެ މައްޗަށް ވެސް ޖިނާއީ ދައުވާ އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ.
2016: ނޫސްވެރިކަމުގެ މިނިވަންކަމަށް ބޮޑު ލޮޅުމެއް
މީޑިއާ މިނިވަންކަން "ކަފުން" ކުރާތީ ކަންބޮޑުވެއްޖެ
މަސްދަރު ހާމަނުކޮށްފިއްޔާ ނޫސްވެރިން ޖަލަށް!
މީޑިއާއަށް ޓެކްނޮލޮޖީ ތައާރަފްކުރަން އެހީވާނަން: މަލީހް
"ސަރުކާރަކާ ނުލައި ވެސް ނޫސްވެރިކަން އޮތުން މުހިންމު"
ފުރައްސާރަކޮށް ބެނާ ދެމިޔަސް ކަންބޮޑެއް ނުވޭ: ފިޔާޒް
ރާއްޖެ ޓީވީގެ ޖޫރިމަނާ މީރާ އަށް ދައްކަން އަންގައިފި
ކޮންމެ އެއްޗެއް ލިޔުނަސް މީޑިއާތަކަށް ދައުވާއެއްނުކުރާނެ
އިންޒާރު ދެކޮޅެއް ނުޖެހޭ، ޚަބަރު ގެނެސްދޭން ދަތި
ވީޑިއޯގެ މައްސަލާގައި ހައްޔަރު ކުރި މީހަކު ދޫކޮށްލައިފި