މީޑިއާތަކަށް ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކޮށް ދިނުމަށް ސަރުކާރުން އެހީވާނެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
02 މެއި 2019
މީޑިއާތަކަށް ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކޮށް ދިނުމަށް ސަރުކާރުން އެހީވާނެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
ޔުނެސްކޯ އިން ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މަލީހް ވިދާޅުވީ މީޑިއާ އަކީ ޑިމޮކްރަސީއެއްގެ ހަތަރު ވަނަ ބާރު ކަމަށްވާ އިރު، މީޑިއާ ވާންޖެހޭނީ ރައްޔިތުންގެ ބައިވެރިއަކަށް ކަމަށެވެ. އަދި މިނިވަންކަމާއެކު ހިނގާ މުޖުތަމައުއެއްގައި މީޑިއާތަކުން މިނިވަންކަމާ އެކު މަސައްކަތްކުރަން ޖެހޭ ކަމަށް މަލީހް ވިދާޅުވި އެވެ.
މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މަލީހް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު
މަލީހް ވިދާޅުވި ގޮތުގައި މީޑިއާތައް ތަރައްގީވެ، ޓެކްނޮލޮޖީ ބޭނުންކޮށްގެން ނޫސްވެރިންނާއި މީޑިއާތަކުން ރައްޔިތުންގެ އިތުބާރު އުފެއްދުމަކީ ވަރަށް މުހިންމު ކަމެކެވެ.
އެންމެން ގުޅިގެން ސައިބަ އަދި ސޯޝަލް މީޑިއާއާ ގުޅުން ހުރި ގާނޫނުތަކާއި ޑޭޓާ ހިމާޔަތް ކުރުމުގެ ގާނޫނުތައް ވުޖޫދަށް ގެނައުން ވެސް ބޭނުންތެރި ކަމަށް މަލީހް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ސަރުކާރުން މަސައްކަތްކުރާނީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މީޑިއާތައް ބާރުވެރިކުރުވައި މިނިވަން ނޫސްވެރިކަމެއް ކަށަވަރުކޮށްދޭން،" މަލީހް ވިދާޅުވި އެވެ.
މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހޮޓަލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ބައެއް ނޫސްވެރިން ބައިވެރިވި.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު
މި ރަސްމިއްޔާތުގައި، މިދިޔަ އަހަރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގައިދިޔަ ނޫސްވެރިކަމާ ގުޅުން ހުރި ކަންކަމުގެ މައްޗަށް އެކުލެވޭ ހާއްސަ ފޮތެއް ވަނީ ނެރެފަ އެވެ.
ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ބަލައި، ކޮންމެ އަހަރަކު ނެރޭ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ރިޕޯޓްގައި ރާއްޖެ އިން ބޮޑު ކުރިއެރުމެއް ހޯދައި 22 ދަރަޖަ ކުރިއަށް ވަނީ ޖެހިލައިފަ އެވެ. ދުނިޔޭގެ 180 ގައުމެއް ހިމަނައިގެން ޕްރެެސް ފްރީޑަމް އިންޑެކްސްގައި މިދިޔަ އަހަރު ރާއްޖެ އޮތީ 120 ވަނައިގަ އެވެ. ނަމަވެސް މި އަހަރު ރާއްޖެ އޮތީ 98 ވަނައިގަ އެވެ.
މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހޮޓަލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ބަޔަކު ބައިވެރިވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު
އދ. ގެ އެކްޓިން ކޯޑިނޭޓަރު އާރްވިންދު މާތޫރް ވިދާޅުވި ގޮތުގައި ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ބޮޑު ކުރިއެރުމެއް ހޯދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ޝުކުރު ހައްގު ކަމެކެވެ. އޭނާ ވިދާޅުވީ މިނިވަން ނޫސްވެރިކަމަކީ ރައްޔިތުންނަށް ލިބިފައިވާ ހައްގެއް ކަމަށެވެ.
އޭނާ ވިދާޅުވީ ނޫސްވެރިކަމުގެ ހައްގު ނިގުޅައިގަނެވޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރި އަބުރުގެ ގާނޫނަކީ ނޫސްވެރިންނަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެގޮތުން، ބައެއް މީޑިއާތައް އަބުރުގެ ގާނޫނުގެ ދަށުން އެތައް ފަހަރަކު ޖޫރިމަނާ ކުރި ކަން އޭނާ ފާހަގަކުރެއްވި އެވެ.
އެކަމަކު، އާ ސަރުކާރުން ވެރިކަމަށް އައި ފަހުން، އަބުރުގެ ގާނޫނު އުވައިލުމަކީ ރާއްޖޭގައި މިނިވަން ނޫސްވެރިކަން ގާއިމު ކުރަން އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަ ކުރަނީ މެއި 3 އެވެ.
ކޮންމެ އެއްޗެއް ލިޔުނަސް މީޑިއާތަކަށް ދައުވާއެއްނުކުރާނެ
މީޑިއާތައް ހުއްޓުވުމުގެ ބާރު އަލަށް އުފައްދާ ކޮމިޝަނަށް
އަލަށް އުފައްދާ މީޑިއާ ކޮމިޝަންގައި ހަތް މެމްބަރުން
މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ބިލް ބަދަލުކޮށްފި
ރައީސް ޔާމީނާއި މައުމޫނާ ދެމެދު ހޫނު ޒުވާބެއް!
ހިޔާލުފާޅުކުރުން ހަނިކުރާ ބިލް ދިރާސާ ކުރަން ފަށަނީ
އަބުރުގެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައިފި
އިސްތިއުނާފް ކުރެވޭ ގޮތާއި ޖޫރިމަނާއާ މެދު ވިސްނަންޖެހޭ
"ސިޔާސީ ހަބަރުތައް ލިޔުން ހުއްޓުމަކަށް އަންނާނެ"
ބިލުގައި ހުރި ބޮޑެތި ކަންބޮޑުވުންތައް ވަގުތީ ކޮމެޓީ އަށް