01 މާޗް 2022
ގދ. ކާޑެއްދޫ އެއާޕޯޓު ވިލާ ކުންފުނީގެ އަތުން އަތުލުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ނުހޯދަން ވިލާ ގްރޫޕްގެ ޗެއާމަން އަދި މާމަގިލި ދާއިރާގެމެމްބަރު ގާސިމް އިބްރާހިމް ނިންމަވައިފި އެވެ.
ގދ. ކާޑެއްދޫ އެއާޕޯޓު ވިލާ ކުންފުނީގެ އަތުން އަތުލުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ނުހޯދަން ވިލާ ގްރޫޕްގެ ޗެއާމަން އަދި މާމަގިލި ދާއިރާގެމެމްބަރު ގާސިމް އިބްރާހިމް ނިންމަވައިފި އެވެ.
ވިލާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ގާސިމް އާއި ވިލާ ގްރޫޕުން މިގޮތަށް ނިންމީ ކާޑެއްދޫ އެއާޕޯޓަކީ އާއްމު މަސްލަހަތާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނަކަށް ވާތީ ކަމަށެވެ.
ވިލާ އެއާ އާއި ކާޑެއްދޫ އެއާޕޯޓް އެންމެ ފުރަތަމަ ހަވާލުކުރީ 2013 ވަނަ އަހަރު 50 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ޖެނުއަރީ، 2017 ގައި އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެތަނުގެ އެއްބަސްވުން ބާތިލްކޮށް، އެއާޕޯޓް އަތުލައިފަ އެވެ.
އެ އެއާޕޯޓް އަނބުރާ ދޭން ސިވިލް ކޯޓުން ހުކުމް ކުރީ 2018 ވަނަ އަހަރު އެވެ. މި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
މިއަދު ރަސްމީކޮށް ކާޑެއްދޫ އެއާޕޯޓް ވަނީ ވިލާ އެއާއާ އަލުން ހަވާލުކޮށްފަ އެވެ. އެއާޕޯޓް އޮޕަރޭޝަނަށް ގެންނަން ކުރަން ޖެހޭ މަސައްކަތްތައް މި މަސް ނިމެންވާއިރަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިލާ އިން ބުންޏެވެ.
ވިލާ އިން ތާވަލުކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ހަތް އަހަރު ދުވަހުގެ ތެރޭގައި ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދޭނެ އެވެ.
އެއާޕޯޓާ ހަވާލުވެވަޑައިގަތުމަށް ފަހު ގާސިމް މިއަދު އެ އެއާޕޯޓް ބައްލަވާލެއްވުމަށް ވަޑައިގަންނަވާނެ އެވެ.
ވިލާ އިން ހިންގާ ކާޑެއްދޫ އެއާޕޯޓުގެ ފެންވަރު ބަލައިފި
ކާޑެއްދޫ މައްސަލާގައި ވިލާއަށް ސުޕްރީމް ކޯޓުން ކާމިޔާބު
ކާޑެއްދޫ އަތުލަން ސަރުކާރުން އުޅޭތީ ގާސިމް ހައިރާންވޭ!
ކާޑެއްދޫ އެއާޕޯޓުގެ މައްސަލާގައި ސުޕްރީމް ކޯޓަށް
ކާޑެއްދޫ އެއާޕޯޓް އަނބުރާ ދޭން ކުރި ހުކުމް ރަނގަޅު
ކާޑެއްދޫ އެއާޕޯޓު ރީޖަނަލް އެއާޕޯޓާ ހަވާލުކޮށްފި
އެއާޕޯޓް ނެގުން ހުއްޓުވުމުން ނުރައްކާވެދާނެ: ދައުލަތް
ކާޑެއްދޫ އެއާޕޯޓް ނަގައި މާމިގިލީ އެއާޕޯޓް ޑޮމެސްޓިކަށް
ކާޑެއްދޫ އެއާޕޯޓް ވިލާއާ ހަވާލުކޮށްފި
ރަށެއް ނުލިބި، އެއާޕޯޓާ ހަވާލެއް ނުވެވޭނެ: ވިލާ އެއާ