Roadha Mihaaru
ވީހާ އަވަހަކަށް ލަނޑުދަނޑިތައް ހާސިލް ކުރަން ބޭނުން

ތަރައްގީގެ ލަނޑުދަނޑިތައް ވީހާ އަވަހަށް ހާސިލްކުރަން ބޭނުން: މިނިސްޓަރު ތޯރިގް

20 ޑިސެމްބަރ 2016

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ވީ އެންމެ އަވަހަކަށް ހާސިލްކުރާ ގައުމަކަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ވީ އެންމެ އަވަހަކަށް ހާސިލްކުރާ ގައުމަކަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ރާއްޖޭން ކުރާނެ ކަންކަމާ ގުޅޭ މަޝްވަރާތައް ފެށުމަށް ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ 2030 ވަނަ އަހަރު އަންނަންވާ އިރަށް ހުރިހާ ލަނޑުދަނޑިތަކެއް ހާސިލް ކުރުމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ލަނޑުދަނޑިތައް ގުޅިފައިވަނީ 17 ކަމެއްގެ މައްޗަށެވެ. އަދި ލަނޑުދަނޑިތައް އެކުލެވެނީ ތިމާވެއްޓާއި އިގްތިސާދާއި އިޖުތިމާއީ ދާއިރާތަކާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ރާއްޖޭން ކުރާނެ ކަންކަމާ ގުޅޭ މަޝްވަރާ ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބަޔަކު ބައިވެރިވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ރާއްޖޭން ކުރާނެ ކަންކަމާ ގުޅޭ މަޝްވަރާ ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބަޔަކު ބައިވެރިވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ތޯރިގް ވިދާޅުވީ 1990 ވަނަ އަހަރުން ފެށިގެން، ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތްތައް ރާއްޖޭން ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ ކުރިއެރުމަށް ރިއޯ ސަމިޓްގައި ރާއްޖޭން ވަކާލާތުކޮށް އެކަން އެޖެންޑާގައި ހިމަނައި، ބޮޑެތި ގައުމުތަކުން ކުދި ގައުމުތަކަށް ދޭން ޖެހޭ އެއްބާރުލުން ދިނުމަށް ބާރު އަޅަމުން އަންނަ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށާއި 2004ގެ ސުނާމީއާ ގުޅިގެން ރާއްޖޭގެ ތަރައްގީ އެތައް އަހަރެއް ފަހަތަށް ދިޔަ އިރު، އެ ގޮންޖެހުންތައް ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ އަހަރު އދ. ގައި އޮންނަ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅޭ ހައި ލެވެލް ފޯރަމްގައި ވޮލެންޓްރީ ނެޝަނަލް ރިޕޯޓު ހުށަހެޅުމަށް މަސައްކަތް ކުރާ ކަމަށާއި އެ މަސައްކަތް ކުރެވިއްޖެ ނަމަ، އެއީ ރާއްޖެ އަށް ލިބޭ ފަހުރެއް ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް އިދާރާތަކުގެ މުވައްޒަފުން. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް އިދާރާތަކުގެ މުވައްޒަފުން. - ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އިތުރުން މި ފަހަކަށް އައިސް، އިރުވައި މޫސުމުގެ ދުވަސްވަރު ބައެއް ރަށްރަށް ބޯފެނަށް ޖެހެމުން ދާތީ އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ރަށްރަށުގައި ސާފު ބޯފެން ރައްކާކޮށްފައި ބަހައްޓާނެ ނިޒާމު ގާއިމު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރަށް ގިރުމުގެ މައްސަލަތައް ކުރިމަތިވިގެން 70 އަށް ވުރެ ގިނަ ރަށުން ކޮންމެ އަހަރަކު ރިޕޯޓު ކުރެ އެވެ. މިއީ ރަށްތަކުގެ ކުރިއެރުމަށް ހުރި ހުރަހެއް ކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ، ރަށް ގިރުމުގެ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންނަށް، ބޯފެނާއި ނަރުދަމާގެ ނިޒާމާއި އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީ އެ ކަން ހާސިލް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ މެނިފެސްޓޯގައި ދެމެހެއްޓެނިވި ތަރައްގީ އަށް ގިނަ ކަންކަން ހިމަނާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކުރި އަށް އޮތް ދެ އަހަރުގެ ތެރޭގައި ގިނަ ތަރައްގީތަކެއް ހާސިލްވާނެ ކަމަށެވެ.