ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އެމޭޒަންގެ ވެރިޔާ ޖެފް ބޭޒޮސް، ސްޕޭސް ޓުއަރިޒަމް ފެށުމަށް ހަމަޖެހިފައިވާ "ބްލޫ އޮރިޖިން"ގައި އެމެެރިކާގެ މަޝްހޫރު ތަރިން ކަމަށްވާ ކިމް ކާޑޭޝިއަން އާއި އޭނާގެ ލޯބިވެރިޔާ ޕީޓް ޑޭވިޑްސަން ސްޕޭސް އަށް ދާން ނިންމައިފި އެވެ.
05 މާޗް 2022

ބްލޫ އޮރިޖިންގައި ދުނިޔޭގެ ގިނަަ މަހުޖަނުން ސްޕޭސް އަށް ގޮސް ދުނިޔެއިން ބޭރު ބަލައިލާ ހަދާނެ އެވެ. އެ ދަތުރުގައި ބޭޒޮސް ވެސް ބައިވެރިވާނެ އެވެ.
ބޭޒޮސްއާ އެކު އެ ދެ މީހުން ސްޕޭސް އަށް ދާ ވާހަކަ ކަށަވަރު ކޮށްދީފައި ވަނީ ޕީޓްގެ ގާތް އެކުވެރިއެކެވެ. މި ވާހަކަތަކަށް ބާރުދޭ އެއް ކަމަކީ މިދިޔަ މަހު ޕީޓް އާއި ކިމް ހާއްސަ ޕާޓީއަކަށް ޖެފްގެ ގެއަށް ގޮސްފައިވުމެވެ.
ޕީޓްގެ އިތުރުން ހޮލީވުޑްގެ ވެޓެރަން އެކްޓަރުންް ކަމަށްވާ މައިކަލް ސްޓޭހާން އަދި ވިލިއަމް ޝެޓްނާ ވެސް ބްލޫ އޮރިޖިންގެ ފުރަތަމަ ދަތުރުތަކުގައި ބައިވެރިވާނެ އެވެ.
ޖެފްގެ ބޭނުމަކީ ބްލޫ އޮރިޖިންއާ އެކު ސްޕޭސް ޓުއަރިޒަމް ތަފާތު ގޮތަކަށް ފެށުމެވެ. މިއީ ހަމައެކަނި މަހުޖަނުންނަށް އޮތް ފުރުސަތެކެވެ. ސަބަބަކީ މި ފްލައިޓުތަކުގެ އަގުތައް އެތައް މިލިއަން ޑޮލަރަށް އަރާތީ އެވެ.
ކާންޔޭ އާ އަހަރު ފެށީ ރާއްޖޭގައި
އެންމެފަހުން ކިމް އާއި ޕީޓް ވަކިވެއްޖެ
ކިމް ކާޑޭޝިއަން ބޭނުންވަނީ ލޯ ފާމެއް ހުޅުވަން
ކިމް އާއިލާގެ އެންމެން ކާންޔޭ އަންފޮލޯ ކޮށްފި
ކަންޔޭގެ އާ ބައިވެރިޔަކީ އައިރީނާ؟
ނޯއާ އާއި ޒޯއީގެ ސިއްރު ގުޅުމެއް؟
މި ސެލެބްރިޓީންގެ އަގުބޮޑު ގެތައް އަނދައި އަޅިއަށް!
ޓޮމް އާއި ޒެންޑަޔާ އެންގޭޖުވެއްޖެ
އާރޮންގެ އަންހެނުން ރާއްޖެ އައިސް ފީނަން ދަސްކޮށްފި
ދުއާ ލިޕާ އެންގޭޖުވީތަ؟