Roadha Mihaaru
ކިމް ކާޑޭޝިއަން ބޭނުންވަނީ ލޯ ފާމެއް ހުޅުވަން

ކިމް ކާޑޭޝިއަން ބޭނުންވަނީ ލޯ ފާމެއް ހުޅުވަން

28 މާޗް 2022

ސޯޝަލް މީޑިއާގެ ރާނީގެ ގޮތުގައި މިހާރު ގިނަ ބަޔަކު ދެކޭ އެމެރިކާގެ މަޝްހޫރު ސޯޝަލައިޓް ކިމް ކާޑޭޝިއަން އެންމެ ބޭނުންވަނީ އަމިއްލަ ލޯ ފާމެއް ހުޅުވަން ކަމަށް އޭނާ ބުނެފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ސޯޝަލް މީޑިއާގެ ރާނީގެ ގޮތުގައި މިހާރު ގިނަ ބަޔަކު ދެކޭ އެމެރިކާގެ މަޝްހޫރު ސޯޝަލައިޓް ކިމް ކާޑޭޝިއަން އެންމެ ބޭނުންވަނީ އަމިއްލަ ލޯ ފާމެއް ހުޅުވަން ކަމަށް އޭނާ ބުނެފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކިމް ވަނީ "ބޭބީ- ބާ" އިމްތިހާނު ކާމިޔާބު ކޮށްފަ އެވެ. އެއީ އެމެރިކާގެ އެންމެ މޮޅު ލޯ ސްކޫލް "ޔޭލް"ގެ ފުރަތަމަ އަހަރު ދަރިވަރުން ހަދާ ބޮޑު އިމްތިހާނެވެ.

ކިމް ބުނިގޮތުގައި އޭނާ އުމުރު ދުވަހުގައި ވެސް އެ ވަރުގެ އުނދަގޫ ކަމެއް ކޮށްފައެއް ނުވެ އެވެ. އެކަމަކު ގާނޫނީ ދާއިރާ އަށް އަބަދުވެސް ވަރަށް ބޮޑަށް ޝައުގުވެރިވާތީ އެމެރިކާގެ ޝަރުއީ ނިޒާމު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް ކިމް ބޭނުންވާ ކަމަށް ކުރިން ބުންޏެވެ.

އެއާއެކު ކުރިމަގުގައި ލޯ ފާމެއް ހުޅުވުމަކީ ވަރަށް ކުރަން ބޭނުންވާ ކަމެއް ކަމަށާއި އެއީ ވަރަށް ކާމިޔާބު ތަނަކަށް ވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ކިމް ބުންޏެވެ.

ކިމް ބުނާގޮތުގައި، ގާނޫނީ ދާއިރާ އަށް އެހާ ބޮޑު ޝަައުގުވެރިކަމެއް އުފެދުނީ ބައްޕަ، ރޮބާޓް ކާޑޭޝިއަންގެ ފަރާތުންނެވެ. ރޮބާޓް އަކީ ހޮލީވުޑްގެ ބޮޑެތި ކޭސްތައް ނަގައި މަޝްހޫރުކަން ހޯދާފައިވާ އަގު ބޮޑު ވަކީލެކެވެ.

"ބައްޕަގެ އޮފީހަށް ކުޑައިރު ގޮސް އުޅުމުގެ ތެރޭގައި އަސްލު މި ދާއިރާ އަށް ވަރަށް ބޮޑަށް ލޯބި ޖެހުނު،" އޭނާ ބުންޏެވެ.

ކިމް ދެކޭގޮތުގައި، ބައްޕަ ރޮބާޓް ކާޑޭޝިއަން މިހާރު މަރުވެފައިވާއިރު، ބައްޕައާ ދެން ކައިރިވެވޭނެ ގޮތަކީ ވަކީލަކަށް ވުމެވެ.