Roadha Mihaaru
ތޮއްޑޫ ދަނޑުތަކުގައި ރޯކުރާތީ ދެ މީހަކު ހައްޔަރުކޮށްފި

ތޮއްޑޫ ދަނޑުތަކުގައި އަލިފާން ރޯކުރާ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

05 މާޗް 2022

އއ. ތޮއްޑޫ ދަނޑުތަކުގައި އަލިފާން ރޯ ކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އއ. ތޮއްޑޫ ދަނޑުތަކުގައި އަލިފާން ރޯ ކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ތޮއްޑޫގައި އާންމުންނަށް އުނދަގޫވާ ގޮތަށް ރަށު ތެރޭގައި އަލިފާން ރޯކުރާ ކަމުގެ ޝަކުވާތައް ލިބުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ދެ މީހެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކޮށްފައި ވަނީ 52 އަހަރާއި 38 އަހަރުގެ ދެ ފިރިހެނުންނެވެ. އެ މީހުންގެ ބަަންދުގެ މުއްދަތު ޖަހާފައި ވަނީ ދެ ދުވަހަށެވެ.

އެކަމާ ގުޅޭ ގޮތުން ތޮއްޑޫ ކައުންސިލް މެމްބަރު އަހުމަދު ކަރަމް ވިދާޅުވީ މިއީ ފަހަކަށް އައިސް ރަށު ތެރޭގައި އާންމު ވެގެން އުޅޭ މައްސަލައެއް ކަމަށެވެ. މިހާތަނަށް އެކި ތަންތަނުގައި ރޯވެގެން 10 ވަރަކަށް ފަހަރު އޭނާ ވެސް އަލިފާން ނިއްވަން ވަޑައިގަތް ކަމަށް ކަރަމް ވިދާޅުވި އެވެ.

"އެއް ސަރަހައްދެއް ނޫން، އެކި ސަރަހައްދުތަކުގައި މިކަން ކުރާ ބަޔަކު ކުރަނީ. ސަބަބެއް ނޭނގެ މި ފަހުން ކެމެރާ އަށް ބަޔަކު އަރައިގެން އެ މީހުން ފުލުހުން ވަނީ ހައްޔަރު ކޮށްފައި،" ކަރަމް ވިދާޅުވި އެވެ.