Roadha Mihaaru
ތޮއްޑޫ ކައުންސިލް އިދާރާއަށް ގާ އުކައި، އަނިޔާވެއްޖެ

ތޮއްޑޫ ކައުންސިލް އިދާރާއަށް ގާ އުކައި، ފުލުހަކަށް އަނިޔާވެއްޖެ

05 ޖޫން 2024

ދަނޑު ބިމުގެ މައްސަލައިގައި އއ. ތޮއްޑޫ ކައުންސިލް އިދާރާއަށް ގާ އުކައި، އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދިޔަ ފުލުހަކަށް މިއަދު އަނިޔާވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަނޑު ބިމުގެ މައްސަލައިގައި އއ. ތޮއްޑޫ ކައުންސިލް އިދާރާއަށް ގާ އުކައި، އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދިޔަ ފުލުހަކަށް މިއަދު އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީގައި މެންދުރު 1:00 ހާއިރު އާއްމު މަސްލަހަތު ނަގާލަން މަސައްކަތްކުރާތީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ ތަނުގައި މުޒާހަރާކުރަމުން ދިޔަ މީހުންގެ ތެރެއިން ކައުންސިލް އިދާރާގެ ފުރާޅު މައްޗަށް ގާ އުކައި އަދި މަސްލަހަތު ގެއްލުވާލަން މަސައްކަތްކުރާތީ އެގޮތަށް އެކަން ނުކުރަން ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.

އެހެންވެ، އެ ތަނުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކަށް އަނިޔާވެ، އެ ފުލުހަށް މީހާއަށް ފަރުވާ ދެމުންދާ ކަމަށް ވިދާޅުވި އެވެ.