06 މާޗް 2022
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި މިދިޔަ 48 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ އަދި އެންމެ ވަރުގަދަ ހަމަލާތަކެއް އަމާޒުކުރި، ޔޫކްރޭންގެ ދެކުނު ސަހަރެއް ކަމަށްވާ މަރިއުޕޮލް މިހާރު އޮތީ ވަރަށް ބޮޑު ކާރިސާއެއްގެ ތެރޭގައި ކަމަށް އެ ސަހަރުގެ މޭޔަރު ވިދާޅުވެއްޖެ އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި މިދިޔަ 48 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ އަދި އެންމެ ވަރުގަދަ ހަމަލާތަކެއް އަމާޒުކުރި، ޔޫކްރޭންގެ ދެކުނު ސަހަރެއް ކަމަށްވާ މަރިއުޕޮލް މިހާރު އޮތީ ވަރަށް ބޮޑު ކާރިސާއެއްގެ ތެރޭގައި ކަމަށް އެ ސަހަރުގެ މޭޔަރު ވިދާޅުވެއްޖެ އެވެ.
މޭޔަރު ވަޑީމް ބޮއިޗެންކޯ ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިން އެ ސަހަރަށް އޮއްސަމުން ދިޔަ ބޮންތަކާއި މިސައިލްތަކާއި ރޮކެޓްތަކުގެ ސަބަބުން، މުޅި ސަހަރުގައި ވަނީ ދިރިއުޅުން ދަތިވާ ވަރަށް ނުރައްކާވެފަ އެވެ. ކަރަންޓާއި ބޯފެނުގެ ވިއުގަތައް ހަލާކުވެ ފެނާއި ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ސަހަރުން ކަރަންޓު ކެނޑިފައި އޮންނަތާ މިހާރު ފަސް ދުވަސް ވެއްޖެ އެވެ. މިއީ ފިނިމޫސުން ކަމަށްވާތީ، ކަރަންޓު ނެތުމުން ގޭގޭގައި ހޫނު ކުރެވޭނެ އިންތިޒާމެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އާބާދީގައި ހަތަރު ލައްކަ މީހުން ދިރިއުޅޭ މަރިއުޕޮލް އަށް ރަޝިޔާ ސިފައިން ހަމަލާ ދޭން ފެށުމާއެކު، އެ ސަހަރު ދޫކޮށް ދިއުމަށް އެތައް ބަޔަކު މަސައްކަތް ކުރި އެވެ.
ނަމަވެސް ރަޝިޔާގެ ހަމަލާތައް ވަރުގަދަ ވުމުގެ ސަބަބުން، އެ ސަހަރުން ނުކުމެވޭނެ ގޮތެއް ނެތިފައި ތިބެން ޖެހުނީ އެވެ.
ހަމަލާތައް ހުއްޓާލި ކަމަށް ބުނާ ޔުކްރޭނުގެ މަރިއުޕޮލްގައި އެ ގައުމުގެ ސިފައިންގެ ޓޭންކެއް ހަލާކުކޮށްލާފައި. --ފޮޓޯ: ރަޝިއަން ޑިފެންސް މިނިސްޓްރީ
މަރިއުޕޮލްގެ މޭޔަރު ވިދާޅުވި ގޮތުގައި އެ ސަހަރުގައި ގާއިމުކޮށްފައިވާ މޯބައިލް ވިއުގަ ވެސް މިހާރު ހަލާކުވެފައިވާތީ އިންޓަނެޓާއި ފޯނުގެ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ. އަދި ރަޝިޔާގެ ހަމަލާތަކުގައި އެ ސަހަރުގެ ބޯފެން ރައްކާކުރާ ރިޒާވް ތާނގީތައް ވެސް ހަލާކުވެފައިވާތީ، މުޅި ސަހަރު މިހާރު އޮތީ ބޯފެނަށް ޖެހިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިޔާ ސިފައިން މަރިއުޕޮލް އަށް ހަމަލާތައް ދެމުން އަންނަތާ މިހާރު ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، މަރުވެފައިވާ މީހުންގެ ހަށިތައް އަދިވެސް ހުރީ އެމީހަކު މަރުވެގެން ވެއްޓުނު ތަނެއްގައި ކަމަށް މޭޔަރު ވިދާޅުވި އެވެ. ސަބަބަކީ ރަޝިޔާ ސިފައިންގެ ހަމަލާތައް ވަރުގަދަ ވުމުން، ހަށިތައް ނަގައި ވަޅުލުމުގެ މަސައްކަތަށް ހުރަސްއެޅިފައި ވުމެވެ.
"ރަޝިޔާ ސިފައިން މަސައްކަތް ކުރަނީ، މި ސަހަރު އެއްކޮށް ހިސޯރުކުރަން. މިސަހަރުން ނުކުމެވެން އޮތް މަގުތަކާ ދިމާލަށް އާންމުން ދަތުރުކުރުމަށް ވެސް ރަޝިޔާ ސިފައިން އެދަނީ ހުރަސް އަޅަމުން. ގޭގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ފިހާރަތަކުން ގެންދިއުމަށް ވެސް ވަނީ ހުރަސް އަޅާފައި. ބޭހާއި ކުޑަކުދިންގެ ކާނާ އާއި ޒަރޫރީ ކާބޯތަކެތި ގެއަށް ހޯދުމަށް ވެސް ބޭރަށް ނުކުމެވޭކަށް ނެތް. އެމީހުންގެ އަމާޒަކީ މިސަހަރު އެއްކޮށް ނޭވާ ހާސްކޮށްލުން،" މޭޔަރު ވިދާޅުވި އެވެ.
މަރިއުޕޮލް ގައި ތިބި މީހުން އެ ސަހަރު ދޫކޮށް ނުކުތުމަށް ފުރުސަތު ދިނުމުގެ ގޮތުން ރަޝިޔާ އާއި ޔޫކްރޭން ސަރުކާރާ ދެމެދު މަޝްވަރާކޮށް، އިއްޔެގެ ވަގުތުތަކެއްގައި ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ދެ ފަރާތުން އެއްބަސްވި އެވެ. ނަމަވެސް ރަޝިޔާ ސިފައިން އެ އެއްބަސްވުމަށް އިހްތިރާމް ކުރުމެއް ނެތި، މަރުއިޕޮލްގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދެމުން ދިއުމުގެ ސަބަބުން، އެ ސަހަރު ދޫކޮށް ނުކުންނަން ބޭނުންވި މީހުންނަށް އެ ފުރުސަތެއް ނުލިބުނެވެ.
ތި ހަނގުރާމަ ކާމިޔާބެއް ނުވާނެ ހުއްޓައިލާ: ގުޓަރޭސް
ހުޅަނގުގެ ޚާއްސަ ސިފައިން ޔޫކްރޭންގައި ހަނގުރާމަކުރަނީ
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން
ރަޝިޔާގެ ވަރުގަދަ ހަމަލާތަކުން ޔޫކްރޭން ގުޑުވާލައިފި
އެމެރިކާ އިން ޔޫކްރޭނަށް 3 ބިލިއަން ޑޮލަރުގެ ހަތިޔާރު
އީރާނުން ރަޝިޔާ އަށް އަސްކަރީ ޑްރޯން ވިއްކަނީ
މުޅި ދުނިޔޭގައިވެސް އިންފްލޭޝަން ދަނީ މައްޗަށް
ޕުޓިންގެ އިންޒާރެއް، މިސައިލް ދޭ ނަމަ ހަމަލަދޭނެ
ކޮންމެ ދުވަހަކު ޔޫކްރޭނުން 100 ސިފައިން މަރުވޭ
އެމެރިކާ އިން ޔޫކްރޭނަށް ދުރު ރާސްތާ މިސައިލް ފޮނުވަނީ