09 މާޗް 2022
ބޮލީވުޑްގެ ތަރި އަނުޕަމް ކޭރް އޭނާގެ 67 ވަނަ އުފަން ދުވަހު، އޭނާގެ "ފިޓް ބޮޑީ"ގެ ފޮޓޯތަކެއް އާންމުކޮށްފި އެވެ.
ބޮލީވުޑްގެ ތަރި އަނުޕަމް ކޭރް އޭނާގެ 67 ވަނަ އުފަން ދުވަހު، އޭނާގެ "ފިޓް ބޮޑީ"ގެ ފޮޓޯތަކެއް އާންމުކޮށްފި އެވެ.
އެ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކުރަމުން އަނުޕާމް ބުނީ އެއީ އޭނާ ފިޓްވުމުގެ ދަތުރު މަޑުމަޑުން ކާމިޔާބުވާ ކަމުގެ ހެއްކެއް ކަމަށެވެ. އިއްޔެ އުމުރުން 67 އަހަރުވީ އިރު، ވަރަށް ހިތްވަރުގަދަވެފައިވާ ކަމަށާއި އަދި އަމިއްލަ މީހާ ބަދަލުކޮށްލުމަށް ވަރަށް ކެތްމަދުވެފައި ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.
މީގެ 37 އަހަރު ކުރިން އޭނާ ޒުވާން އިރު، އެކި ކަހަލަ ރޯލްތަކުން ފެނިފައިވާނެ ކަމަށާއި އެކަމަކު ފިލްމީ ކެރިއަރުގެ އިތުރުން އޭނާގެ ހިތުގައި ހަގީގަތަކަށް ނުވެ އޮތް ހުވަފެނަކީ ފިޓްކޮށް ހުރުން ކަމަށެވެ. އެކަން ކާމިޔާބުކުރަން ކުރިން އެވަރަށް މަސައްކަތް ނުކުރެވުނު ކަމަށް ވެސް ބުންޏެވެ.
ޒުވާން ދުވަސްވަރު އެކަން ހަގީގަތަކަށް ނުހެދުނަސް މިހާރު އެ ހުވަފެން ވެސް ހާސިލްކުރެވިއްޖެ ކަމަށް ބުންޏެވެ. އަދި ފިޓްވުމުގެ މަސައްކަތް މިހާރު ފަށައިގެން އުޅެނީ ހުއްޓާލާ ގޮތަކަށް ނޫނެވެ. އަންނަ އަހަރު އަދި މާ ބޮޑު ބަދަލެއް އަންނާނެ ކަމަށް އޭނާ އުއްމީދުކުރެ އެވެ.
އަނުޕަމް ވަނީ 50 އެއްހާ ފިލްމު ކުޅެފަ އެވެ. އޭގެ ތެރޭގައި ކާމިޔާބު އަދި ހިޓްވި ގިނަ ފިލްމުތަކެއް ވެސް ހިމެނެ އެވެ.
އަރްޖުން ސިކްސް ޕެކްސް އަރުވާލައިފި
އަރުޖުން އާއި މަލައިކާ ރާއްޖޭގައި ވެސް ކަސްރަތުގައި
ބޮލީވުޑްގެ ވަރުގަދަ ކާސްޓަކާ އެކު "ދަ ރޯޔަލްސް"
އުރްފީ އާއި އޭނާގެ އާއިލާގެ ދިރިއުޅުން ދައްކާ ޝޯއެއް
ގޯޕީ ބަހޫގެ ރޯލު ކުޅުނު ދެވޮލީނާ އިނީ ބަލިވެ
ރޭޕް ކޭސްއާ ގުޅިގެން ތަރިން އިންސާފަށް ގޮވާލަނީ
ސިދާތުއާ ފްލާޓްކުރި މޮޑެލް މާފަށް އެދިއްޖެ
ނާގަ އާއި ޝޮބިތާ އެންގޭޖުވެއްޖެ
މަލައިކާ ރާއްޖެ އަތުވެއްޖެ، ރިސޯޓުން ހޫނު މަރުހަބާއެއް
ކެންސަރާ ހަނގުރާމަ ކުރަމުން އަންނަ ހީނާ ބޯ ބާލައިފި