ރާއްޖޭގެ ބާޒާރުގައި ވެސް ތެލުގެ އަގު ބޮޑުވެފައިވާތީ، މާލޭ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ޓެކްސީ ސެންޓަރުތަކުން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހަޅާފައިވާއިރު، އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ވަކި ޖަވާބެއް ނުލިބިއްޖެ ނަމަ، ޓެކްސީ ދަތުރުތައް ހުއްޓާލަން ސެންޓަރުތަކުން ނިންމައިފި އެވެ.
08 މާޗް 2022
ރާއްޖޭގެ ބާޒާރުގައި ވެސް ތެލުގެ އަގު ބޮޑުވެފައިވާތީ، މާލޭ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ޓެކްސީ ސެންޓަރުތަކުން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހަޅާފައިވާއިރު، އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ވަކި ޖަވާބެއް ނުލިބިއްޖެ ނަމަ، ޓެކްސީ ދަތުރުތައް ހުއްޓާލަން ސެންޓަރުތަކުން ނިންމައިފި އެވެ.
މާލޭ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެމުން އަންނަ ޓެކްސީ ސެންޓަރުތަކުގެ ފަރާތުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް އިއްޔެ ފޮނުވި ސިޓީއެއްގައި ވަނީ ޓެކްސީގެ އަގަށް ބަދަލު ގެނެސްދޭން އެދިފަ އެވެ. އަދި ފަސް ދުވަހުގެ ތެރޭގައި ވަކި ގޮތެއް ނުނިންމައިފި ނަމަ، ދަތުރުތަކުގެއަގު ބޮޑުކުރާނެ ކަމުގެ އިންޒާރު ޓެކްސީ ސެންޓަރުތަކުން ދިނެވެ. އެއާއެކު، މިނިސްޓްރީން ވަނީ މިހާރު ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގު ނަގާ ނަމަ، ޓެކްސީ ސެންޓަރުތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.
އެހެންވެ، ޓެކްސީ ސެންޓަރުތަކުން މިހާރު ނިންމާފައި ވަނީ ދަތުރުތައް މެދުކަނޑައިލުމަށެވެ.
އެކަމުގައި އިސްކޮށް އުޅޭ ޑްރައިވަރަކު "މިހާރު" އަށް ބުނީ ޓެކްސީ ސެންޓަރުތަކުން މިހާރު ނިންމާފައި ވަނީ މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ވަކި ވަގުތެއްގެ ކުރިން ދަތުރުތަކުގެ އަގާ މެދު ވަކި ގޮތެއް ނުނިންމައިފި ނަމަ، ޓެކްސީ ދަތުރުތައް ހުއްޓާލަން ކަމަށެވެ.
މާލޭ ސަރަހައްދުގެ ހުރިހާ ސެންޓަރަކުން ދަތުރުތައް ހުއްޓާލާނެ ކަމަށް އޭނާ ބުންޏެެވެ.
މާލޭ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެމުން އަންނަ ހުރިހާ ޓެކްސީ ސެންޓަރުތަކުގެ ފަރާތުން އިއްޔެ މިނިސްޓްރީއަށް ފޮނުވި ސިޓީގައި ވެސް ވަނީ ޓެކްސީ ހިދުމަތުގެ އަގު ނެގުމާއި އެ ހިދުމަތުގައި އުޅޭ ހުރިހާ ކާރުތަކެއްގައި މީޓަރު ހަރުކޮށްގެން އަގު ނެގުމުގެ އިންތިޒާމު ވީ އެންމެ އަވަހަކަށް ތަންފީޒު ކުރުމަށް ހުރިހާ ޓެކްސީ ސެންޓަރުތަކުގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ.
މިހާރު މާލެތެރޭގައި 25ރ. އަށް ޓެކްސީ ދަތުރެއް ކޮށްދިން ނަމަވެސް ޑްރައިވަރުން އެދުނީ މާލޭގެ އެތެރޭގެ ދަތުރެއް 30ރ. އަށް ބޮޑުކުރާށެެވެ. އަދި މާލެ އިން ހުޅުމާލެ އަށް 100ރ. އާއި މާލެ އާއި ހުޅުމާލެ އިން އެއާޕޯޓަށް 80ރ. ނަގާ ގޮތަށް ބަދަލުކުރާށެވެ. ހުޅުމާލޭގެ ފޭސް ދެއަކުން މާލެ އަށް 120ރ. އަށް އަގު ބޮޑުކޮށްދޭން އެދުނުއިރު ހުޅުމާލޭގެ ފޭސް އެކަކުން ހުޅުމާލޭގެ ފޭސް ދެއަކަށް 40ރ. އަދި މާލެ އާއި ހުޅުމާލެ އިން ސީޕްލޭން ޓާމިނަލަށް 100ރ. ނެގުމަށާއި ހުޅުމާލޭގެ ފޭސް ދެއަކުން ސީޕްލޭން ޓާމިނަލަށް 120ރ. އަށް ބަދަލުކޮށްދޭން އެދުނެވެ. ނަމަވެސް މިހާތަނަށް މިނިސްޓްރީން ވަކި ގޮތެއް ނުނިންމަ އެވެ.
- މާލެ - ހުޅުމާލެ ފުރަތަމަ ފިޔަވަހި، 75ރ. - މާލެ - ހުޅުލެ، 60ރ. - މާލެ - ހުޅުމާލެ ދެވަނަ ފިޔަވަހި، 90ރ.
މިހާރު ކަނޑައަޅާފައިވާ އަގުތަކާ ހިލާފަށް ޓެކްސީ ދަތުރުކުރާ ނަމަ ޖޫރިމަނާ ކުރުމުގެ ބާރާއި ޓެކްސީ ސެންޓަރުގެ ލައިސަންސް ބާތިލުކުރުމުގެ ބާރު ވެސް ޓްރާންސްޕޯޓް މިނިސްޓްރީ އަށް އޮވެ އެވެ.
ޓެކްސީ ޑްރައިވަރުން މިއަދު އިހުތިޖާޖުކުރަނީ މާލޭގައި
ޓެކްސީ ދަތުރުތައް ހުއްޓާލައި އިހުތިޖާޖު ފަށައިފި
ނަގަނީ ބޭނުން އަގެއް، ސަރުކާރު އިންޒާރު ދިނުމުގައި!
ޑްރައިވަރުން ކަނޑައެޅި އަގުގައި ދަތުރުތައް ފަށައިފި
ޑްރައިވަރުންގެ އިހުތިޖާޖު: ޖަވާބު އަންނަ ހަފުތާގައި
ޓެކްސީތަކުގެ އެޕްތައް ޑައުންކޮށް، ސެންޓަރުތައް ބަންދު
ނަހުލާގެ ބައްދަލުވުމުން ވެސް ޔަގީންކަމެއް ނުލިބުނު!
ބޮޑުއަގުގައި ޓެކްސީކުރުން ހުއްޓުވަން ފުލުހުން ނުކުމެއްޖެ
ޓެކްސީ ރަޖިސްޓްރީކުރަން ގަރާޖު ސިޓީ ހުށަހަޅަން ޖެހޭ
އަމީނަށް އިތުބާރުކޮށް، މުޒާހަރާ ހުއްޓާލައިފި