ސަރުކާރާ އެކީ ހުންނެވީ ގަދަކޮށް ކަމަށާއި އަސްލު ބްރޯ އަކީ ކާކުކަން އެންމެންނަށް އެނގޭ ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، އޭނާއަށް އަމާޒުވާ ފާޑުކިޔުންތަކަށް މިރޭ ރައްދު ދެއްވައިފި އެވެ.
ސަރުކާރާ އެކީ ހުންނެވީ ގަދަކޮށް ކަމަށާއި އަސްލު ބްރޯ އަކީ ކާކުކަން އެންމެންނަށް އެނގޭ ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، އޭނާއަށް އަމާޒުވާ ފާޑުކިޔުންތަކަށް މިރޭ ރައްދު ދެއްވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގެ އިންތިޚާބު ބާއްވާނެ ދުވަހަކާ މެދު ހިޔާލު ތަފާތުވެ އެކަމުގައި ގޮތެއް ނިންމަން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ހޫނުވެ ބަދަލުކުރި ބަހުގެ ހަމަލާތަކުގައި ފައްޔާޒް ވިދާޅުވީ އޭނާ މަސައްކަތްކުރައްވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބުކޮށްދޭން ކަމަށެވެ.
ޗެއާޕާސަންކަމުގެ މަގާމަށް ވާދަކުރައްވަނީ ފައްޔާޒާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.
މީހުންނަށް ގުޅައިގެން އެކި ގޭގެއަށް ގުޅައިގެން ތިމަންނަ ބޭރުކުރަން އުޅެނީއޭ ކިޔާފައި ވާހަކަ ދައްކަނީ ކޮން ބޭފުޅެއްތޯ. އެއީ ކޮން ނުފޫޒެއްތޯ. ވަގެކޭ އެވެނި އެއްޗެކޭ މިވެނި އެއްޗެކޭ ކިޔާފައި ގޮވާއިރު އަޅުގަނޑުމެން ވެސް މިއީ މި ޕާޓީއަށްޓަކައި ގުރުބާންވި މީހުން: ފައްޔާޒް
ފައްޔާޒް ވިދާޅުވީ ސަރުކާރަށް މަޖިލިސް ތެރެއިން ހުރަސް އަޅަމުންދާ މަންޒަރު އެންމެންނަށް ފެންނާނެ ކަމަށް އިންތިޚާބަށް ނުފޫޒު ފޯރުވަނީ ކޮން ބައެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އޭނާއަކީ ބްރޯ ކަމަށް ބުނެ ދައްކާ ވާހަކަތަކުގެ ރައްދު ދެއްވައި، އަސްލު ބްރޯއަކީ ކާކުކަން އެންމެންނަށް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ބްރޯއޭ ވެސް ކިއިދާނެ. ނުފޫޒު ފޯރުވަނީއޭ ވެސް ކިއިދާނެ. ނަމަވެސް ބްރޯއަކީ ކާކުކަން، އަސްލު ބްރޯއަކީ ކާކުކަން ދިވެހި ރައްޔިތުންނަށް މިއަދު އެނގޭނެ. އަޅުގަނޑުމެން ކޮންމެހެން ނޫޅެން ތާހިރު ކެމްޕެއިނެކޭ ކިޔައިގެން އެއްްޗެހި ކިޔާކަށް،" ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ، ފައްޔާޒް ވިދާޅުވި އެވެ.
ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ، އަނެއްކާވެސް ފައްޔާޒް ވިދާޅުވީ އޭނާ ހޮވިއްޖެ ނަމަ ވަކި މަގާމަކުން ބޭފުޅަކު ވަކިވާނެ ކަމަށް ބުނެ ވާހަކަ ދައްކަނީ ކޮން ބައެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އިންތިއަށް ތާއީދުކުރާ ބައެއް ބޭފުޅުންގެ ނަން ވިދާޅުވުމަށް ފަހު، އެ ޕާޓީއަށް ގުރުބާންވީ އެ ބޭފުޅުން އެކަނި ނޫން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
މިރޭ އެމްޑީޕީގެ ގައުމީ މަޖިލިސް ކުރިއަށްދަނީ. -- ފޮޓޯ: އެމްޑީޕީ
"އެކި މީހުންނަށް ގުޅައިގެން އެކި ގޭގެއަށް ގުޅައިގެން ތިމަންނަ ބޭރުކުރަން އުޅެނީއޭ ކިޔާފައި ވާހަކަ ދައްކަނީ ކޮން ބޭފުޅެއްތޯ. އެއީ ކޮން ނުފޫޒެއްތޯ. ވަގެކޭ އެވެނި އެއްޗެކޭ މިވެނި އެއްޗެކޭ ކިޔާފައި ގޮވާއިރު އަޅުގަނޑުމެން ވެސް މިއީ މި ޕާޓީއަށްޓަކައި ގުރުބާންވި މީހުން. އީވާ އާއި އިންތި އާއި ހަސަން ލަތީފާއި ވައްޑެ އާއި ގިޓާއާ އެކަންޏެއް ނޫން،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ވިދާޅުވީ އިންތިޚާބު ބާއްވަން ޖެހޭނީ ގިނަ މެމްބަރުންނަށް ބައިވެރިވެވޭ ގޮތަށް ރޯދަ މަސް ނިމުމަށްފަހު ކަމަށެވެ.
މިރޭގެ ޖަލްސާ ހޫނުވީ ކުރީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ އަލީ އާޒިމް، ފައްޔާޒަށް އަމާޒުކުރައްވައި ބަހުގެ ހަމަލާތައް ދެއްވުމާ އެކުގަ އެވެ. އޭނާ ވިދާޅުވީ ފައްޔާޒް އުޅުއްވަނީ އިންތިހާބަށް ނުފޫޒު ފޯރުވަން ވަރަށް މުޑުދާރުކޮށް ކަމަށެވެ.
މާލީ ބާރުވެރިކަން ހޯދަން އެމްޑީޕީން ވިޔަފާރި ކުރަނީ!
"ބިރުދެއްކެވިޔަސް ނަޝީދު އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން"
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
ގައުމީ މަޖިލީހުގެ ހޫނުވި ވޯޓު: ނަޝީދަށް މެސެޖެއް؟!
ގައުމީ މަޖިލީހުގައި އެމްޑީޕީގެ ދެ ފަޅި ހާމަޔަށް
ފައްޔާޒަށް މިއީ ދެ ރައީސުންގެ ފައިޓެއް ނޫން
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހް ނިންމަނީ
އެމްޑީޕީގެ އިންތިހާބުގައި ވޯޓުލީ 50 ޕަސެންޓް މީހުން
ފިޔަވަޅު އަޅާ ކޮމެޓީން ޝުއައިބު ސަސްޕެންޑްކޮށްފި
ކަންބޮޑުނުވޭ، މި ޕާޓީ ބައިބައި ނުވާނެ: ނަޝީދު