ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް ހަދައި ހަމައެކަނި ސިޔާސަތަކީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސިޔާސީ ބާރުވެރިކަން ހޯދަން ނަފްރަތު އުފެއްދުން ކަމަށް ވިޔަސް އެ މަގްސަދު ހާސިލްކުރަން އެމްޑީޕީ ރޫޅާޅައި ފުނޑުފުނޑުކޮށްލިޔަ ނުދޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން, އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
14 ޖުލައި 2023
ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް ހަދައި ހަމައެކަނި ސިޔާސަތަކީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސިޔާސީ ބާރުވެރިކަން ހޯދަން ނަފްރަތު އުފެއްދުން ކަމަށް ވިޔަސް އެ މަގްސަދު ހާސިލްކުރަން އެމްޑީޕީ ރޫޅާޅައި ފުނޑުފުނޑުކޮށްލިޔަ ނުދޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން, އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ރޭ ވަނީ އެމްޑީޕީގައި ހުންނަވައި އެމަނިކުފާނު އިސްވެ އުފެއްދެވި، ޑިމޮކްރެޓްސްއަށް ސޮއި ކުރައްވައިފަ އެވެ. އަދި "އެމްޑީޕީ ރޫޅާލާނެ" ކަމުގެ އިންޒާރު ދެއްވައިފަ އެވެ.
"އެ ބޭފުޅުން އުފެއްދެވި ޕާޓީއާ ބައިވެރިވާ ކަމަށް ފާހަގަވަނީ ރައީސް ނަޝީދު ވިދާޅުވި ގޮތަށް ތިބޭނެ ބަޔަކާއި ސަރުކާރު ދެކެ ޒާތީ ކަންކަމުގައި ހިތުގައި ނަފްރަތު އުފައްދައިގެން ތިބި ބޭފުޅުން. އެއީ މައްސަލައެއް ނޫން." ފައްޔާޒް
މި ޕާޓީ ނަޝީދު އުފެއްދެވީ ރިޔާސީ ޕްރައިމަރީގައި ލިބިވަޑައިގަތް ނާކާމިޔާބީއަށް ފަހު އެމްޑީޕީގެ ތެރެއިން "ފިކުރެއްގެ ދިރުން" ނަމުގައި ހަރަކާތެއް ހިންގެވުމަށް ފަހު އެވެ. ރޭގެ ޖަލްސާގައި އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވުމުގެ ކުރިން ވެސް މަގްސަދަކީ ޑިމޮކްރެޓްސްގެ ތެރެއިން އެމްޑީޕީ އަލުން އަނބުރާ ހޯދުން ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓްސް އަށް ރޭ ސޮއި ކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު
"އޭރު ލީޑަޝިޕަށް އައްޔަން ކުރެވުނީ ރައީސް ނަޝީދު. އެ ބަދަލުވާ ކަމެއް. އެކަން ގަބޫލު ނުކުރެވިގެން މިއުޅެނީ."
ރާއްޖޭގައި މިވަގުތު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރޫޅާލައި ފުނޑުފުނޑުކޮށްލުން އެއީ ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދު ކަމަށް ވަނީ ނަމަ އެއީ ހުވަފެނެއް ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
"އެކަން އެހެން ވިޔަ ނުވެސް ދޭނަން, ނުވެސް ވާނެ," ނަޝީދަށް ރައްދު ދެއްވައި ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް އެމްޑީޕީގެ ގްރޫޕެއްގައި ވިދާޅުވީ އެ ޕާޓީގެ ކުރީގެ ރައީސް އެހާ ޒާތީކޮށް އެމްޑީޕީ އާއި ޕާޓީގެ އާއްމު މެމްބަރުންނާ މެދު ބަސް ވިދާޅުވުމަކީ ހިތަށް ތަދުވި ކަމެއް ކަމަށެވެ. އޭގެއިން ސާފުވެގެން ދިޔައީ މައްސަލައަކީ ޒާތީ މައްސަލައެއް ކަން ކަމަށް ވިދާޅުވި އެވެ.
އަދި ޕާޓީ އާއި ސަރުކާރުގެ ބާރުވެރިކަން އަބަދުވެސް އޮންނަން ޖެހެނީ ވަކި ބައެއްގެ ނުވަތަ ވަކި އާއިލާއެއްގައި ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވާ ކަމެވެ.
"މިއީ މި ޕާޓީ އުފެއްދުމުގައި ގުރުބާންވީ އެތައް ބައެއްގެ ވިސްނުމެއް ނޫން. އޭރު އުފެއްދި މީހުން ދެކެވަޑައިނުގަންނަވާ މިއީ ރައީސް ނަޝީދު އާއި އާއިލާއަށް އުފައްދައި ދޭ ޕާޓީއެއް ކަމަށް," ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ | މިހާރު
"އޭރު ލީޑަޝިޕަށް އައްޔަން ކުރެވުނީ ރައީސް ނަޝީދު. އެ ބަދަލުވާ ކަމެއް. އެކަން ގަބޫލު ނުކުރެވިގެން މިއުޅެނީ."
ފައްޔާޒް ވިދާޅުވި ގޮތުގައި އެމްޑީޕީ ރޫޅާލާނެ ކަމަށް ނަޝީދު ބިރުދެއްކެވުމަކީ ވަރަށް ނާތަހުޒީބު އަމަލެކެވެ.
"އެ ބޭފުޅުން އުފެއްދެވި ޕާޓީއާ ބައިވެރިވާ ކަމަށް ފާހަގަވަނީ ރައީސް ނަޝީދު ވިދާޅުވި ގޮތަށް ތިބޭނެ ބަޔަކާއި ސަރުކާރު ދެކެ ޒާތީ ކަންކަމުގައި ހިތުގައި ނަފްރަތު އުފައްދައިގެން ތިބި ބޭފުޅުން. އެއީ މައްސަލައެއް ނޫން." ފައްޔާޒް ވިދާޅުވި އެވެ.
ޑިމޮކްރެޓްސް ނަމުގައި ޕާޓީ އުފައްދައި ކުރިއަރުވަން ބޭނުންވާ ހަމައެކަނި ސިޔާސަތަކީ ނަޝީދާއި ނަފްރަތު ކަމަށް ވަނީ ނަމަ އެކަން ކުރިއަރުވަން ޕާޓީ ހެދިދާނެ ކަމަށް ވިދާޅުވި އެވެ. އެމްޑީޕީގެ ރޫޅާލައި ފުނޑުފުނޑުކޮށްލުން އެއީ ހުވަފެނެއް ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީއަށް ދެ ވަނަ ދައުރެއް ހޯދަން ކެމްޕޭން ފަށާފައިވާ އިރު ޑިމޮކްރެޓްސްގެ ކެންޑިޑޭޓެއް ނެރޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އެކަމަކު އެއީ ކޮން ބޭފުޅެއް ކަން އަދި އިއުލާނެއް ނުކުރެ އެވެ. ޑިމޮކްރެޓްސް އިން އަންނަނީ ސިޔާސީ ކަންކަމުގައި އިދިކޮޅު ޕާޓީތަކަށް އެއްބާރުލުން ދެމުންނެވެ.
ޕާޓީ ނުއުފައްދަނީސް "ފިކުރުގެ ދިރުން" ނަމުގައި ތިބެ ޖުމްހޫރީ ޕާޓީއާ އެކު ރިޔާސީ އިންތިހާބަށް ވާހަކަ ދެއްކުމަށް ފަހު ބަރުލަމާނީ ނިޒާމު ގެންނަން ހުށަހެޅުމާ ހަމައިން އެ ވާހަކަތައް ހުއްޓުމުން މިހާރު ވާހަކަ ދައްކަމުން އަންނަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްއާ އެވެ. އެ ޕާޓީއާ އެކު ދައްކާ ވާހަކައިގެ މިސްރާބަކީ އެއް ކެންޑިޑޭޓަކު ނެރުން ކަމަށް މީޑިއާތަކާ ވާހަކަ ދައްކަމުން ބުނެފައިވިޔަސް ޕީޕީއެމުން ބުނަމުން އަންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފިޔަވައި އެހެން ކެންޑިޑޭޓަކަށް އެ ޕާޓީން ތާއީދު ނުކުރާނެ ކަމަށެވެ.
އެމަނިކުފާނުގެ ޓިކެޓް، އެހެން ބޭފުޅަކަށް ދީގެން އިންތިހާބުގައި މަސައްކަތްކުރުމުގެ ޕްލޭނެއް މަޝްވަރާއެއް ވެސް ނުހިނގާ ކަމަށް ޕީޕީއެމުން ބުނެފައިވެ އެވެ.
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
"ދެވަނަ ބުރުގައި ނަޝީދާއެކު ނުފެންނަ ގޮތެއް ނުފެނޭ"
ރައީސް ނަޝީދު ބާކީނުވެ ގުޅިވަޑައިގަންނަވާ: ފައްޔާޒް
އިންތިހާބާ ގުޅޭގޮތުން ރައީސާ ކުރާނެ މަޝްވަރާއެއް ނެތް
ކުރީގެ އަނިޔާތައް އެއް ބަޔަކު ހަނދާނެއް ނެތް:ފައްޔާޒް
ނަޝީދުގެ ކެމްޕޭން ޓީމުގެ ތުހުމަތު: ވަގު ވޯޓު އެޅި!
ފުރިބާރުވެފައި އޮތް މަންޒަރުން ރައީސް ދެއްކެވީ ނަތީޖާ
ނަޝީދު، ޕްރައިމަރީގައި ވާދަކުރައްވަނީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ މަހު 28 ގައި
މިފަހަރު ރައީސަށް ތާއީދު ކުރެވޭކަށް ނެތް: ނަޝީދު