އެމްޑީޕީ މިހާރު ހިނގާ ކަމަށް ބުނެ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) މިރޭ ވިދާޅުވެއްޖެ އެވެ.
08 މާޗް 2022
އެމްޑީޕީ މިހާރު ހިނގާ ކަމަށް ބުނެ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ފަސްކުރުމާ މެދު ގޮތެއް ނިންމަން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސްގެ ޖަލްސާގައި މަވޯޓާ ވިދާޅުވީ އެމްޑީޕީގެ މެމްބަރުންގެ ހައްގު ވޭތުވެދިޔަ އަށް އަހަރު އޮތީ ފޭރިގެންފައި ކަމަށެވެ. އަދި އެންމެ ފަހުގެ ޗެއާޕާސަނާއި އޭގެކުރިން ހުންނެވި ޗެއާޕާސަން ވެސް އަމަލު ކުރެއްވީ އެގޮތަށް ވިދާޅުވެ، ޕާޓީ ހިނގާ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަސް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ސްލޯގަން އަކަށް "ހިންގާލަން" ބޭނުންކުރާތީ، އެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ކެމްޕެއިނުން ފާޑުކިޔައި ބުނަނީ އެމްޑީޕީ ނުހިނގާ ކަމަށް ނުބުނެވޭނެ ކަމަށެވެ. ފައްޔާޒާ އެއްކޮޅަށް ހުންނެވި ޝަރީފް ރައްދު ދެއްވީ އެ ވާހަކައަށެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ކުރިއަށްދަނީ. -- ފޮޓޯ: އެމްޑީޕީ
"ޕާޓީ ހިނގާ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ އިނގޭތޯ. ލަދު ގަންނަން ޖެހޭނެ. އަޅުގަނޑުމެންގެ ރައްޔިތުންގެ ހައްގު ވަނީ ފޭރިގެންފައި މި ޕާޓީގައި މިހާ ހިސާބަށް ތިބި ލީޑާޝިޕްގެ ފަރާތުން. އެކަމަކު ރައްޔިތުންގެ ހައްގު ހިމާޔަތް ކުރާ ވާހަކަ މި ދައްކަނީ." އޭނާ ވިދާޅުވި އެވެ.
މަވޯޓާ ވިދާޅުވީ އޭނާ ނިސްބަތްވާ ދާއިރާގައި އެމްޑީޕީގެ އެތައް ހާސް މެމްބަރުން ތިއްބަސް، ވޭތުވެދިޔަ އެއްވެސް ކޮންގްރެސްއެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް އެ މީހުންނަށް ނުލިބުނު ކަމަށެވެ. އަދި ދައުލަތުން ގިނަ އަދަދެއްގެ ފައިސާ އެމްޑީޕީއަށް ދިނަސް، އެއްވެސް ދާއިރާއަކަށް ފައިސާއެއް ނުދޭ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕާޓީގެ ރަށްރަށުގެ އޮފީސްތައް ހިންގަނީ ވެސް މެމްބަރުންގެ އަމިއްލަ ޖީބުން ހަރަދުކޮށްގެން ކަމަށެވެ.
"މި ގައުމީ މަޖިލީހުން އެތައް ފަހަރަކު ފާސްކޮށްފި 50 ޕަސެންޓް ދާއިރާތަކަށް ދޭންޖެހޭނެ ކަމަށް. އަދިއަދާ ހަމައަށް ވެސް ލޯލާރިއެއް ވެސް ނުދޭ. މިއިނީ އަޅުގަނޑުމެންގެ ދާއިރާގެ ރައީސް. ޕާޓީގެ ކަރަންޓް ބިލް ދައްކަނީ ފޯނު ބިލް ދައްކަނީ އެހެނިހެން ކަންކަން ކުރަނީ އެ ދާއިރާގެ މެމްބަރުން އަމިއްލަ ޖީބުން،" މަވޯޓާ ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށް، ޖަލްސާގައި އަޑުގަދަކުރި އެވެ. އަދި ފައްޔާޒް ވަނީ އޭނާ އަށް އަމާޒުވާ ފާޑުކިޔުންތަކަށް ވަރަށް ސީދާކޮށް ރައްދު ދެއްވައިފަ އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް ވަހީދު ވާދަކުރަނީ
"ހިޔާލު ތަފާތުވުންތަކާއެކު ސަރުކާރު ޖަވާބުދާރީނުކުރެވޭ"
އެމްޑީޕީގެ "ރަން ރީނދޫ" ދުވުން ބާއްވައިފި
އެމްޑީޕީގެ ޗެއާޕާސަން/ރައީސްގެ މަގާމު އެއްކޮށްލަނީ!
މާޒީ ދޫކޮށް، ޑިމޮކްރެޓްސް އަށް ދެން ވާނީި ކިހިނެއް؟
އޮގަސްޓްގައި އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ
މާލީ ބާރުވެރިކަން ހޯދަން އެމްޑީޕީން ވިޔަފާރި ކުރަނީ!
"ބިރުދެއްކެވިޔަސް ނަޝީދު އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން"
އެމްޑީޕީން ޕީޕީއެމާއެކު ހަދާނެ ޑީލެއް ނޯންނާނެ: ޝަރީފް
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ