Roadha Mihaaru
އަހަރެމެން ބޭސް ބޭނުންކުރަނީ މާ ގިނައިން!

އަހަރެމެން ބޭސް ބޭނުންކުރަނީ މާ ގިނައިން، އިސްރާފު ވެސް އެހާ ބޮޑު!

10 މާޗް 2022

ކޮންމެ ޑޮކްޓަރަކު ވެސް އެކަން ގަބޫލުކުރެ އެވެ. ދިވެހިން ބޭސް ބޭނުންކުރަނީ މާ ގިނައިންނެވެ. ތަނަކަށް ތަދެއް އަރާއިރަށް ޑޮކްޓަރަށް ވެސް ދެއްކުމުގެ ބަދަލުގައި އަހަރެމެން ދުއްވައިގަންނަނީ ފާމަސީއަށެވެ. އެ ވަގުތަށް ތަދު ކަނޑުވާލީމާ އެ ކަން ނިމުނީ އެވެ. ޑޮކްޓަރައް ދެއްކުމެއް ނެތެވެ. އެކަމަކު، އާދަޔާ ހިލާފަށް މި ގޮތަށް ބޭސް ބޭނުންކުރުމަކީ ކިހާ ނުރައްކާތެރި، ނުރަނގަޅު އާދައެއްކަން އެނގެނީ ކިތައް މީހުންނަށް ބާވަ އެވެ؟ މާލިއްޔަތުން އެ ގެއްލިގެން ދަނީ ކިހާ ފައިސާއެއް ކަމާ މެދު ވިސްނާލެވޭ ހެއްޔެވެ؟

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ކޮންމެ ޑޮކްޓަރަކު ވެސް އެކަން ގަބޫލުކުރެ އެވެ. ދިވެހިން ބޭސް ބޭނުންކުރަނީ މާ ގިނައިންނެވެ. ތަނަކަށް ތަދެއް އަރާއިރަށް ޑޮކްޓަރަށް ވެސް ދެއްކުމުގެ ބަދަލުގައި އަހަރެމެން ދުއްވައިގަންނަނީ ފާމަސީއަށެވެ. އެ ވަގުތަށް ތަދު ކަނޑުވާލީމާ އެ ކަން ނިމުނީ އެވެ. ޑޮކްޓަރައް ދެއްކުމެއް ނެތެވެ. އެކަމަކު، އާދަޔާ ހިލާފަށް މި ގޮތަށް ބޭސް ބޭނުންކުރުމަކީ ކިހާ ނުރައްކާތެރި، ނުރަނގަޅު އާދައެއްކަން އެނގެނީ ކިތައް މީހުންނަށް ބާވަ އެވެ؟ މާލިއްޔަތުން އެ ގެއްލިގެން ދަނީ ކިހާ ފައިސާއެއް ކަމާ މެދު ވިސްނާލެވޭ ހެއްޔެވެ؟

އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވާ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވެސް ވިދާޅުވީ، ޑޮކްޓަރަށް ނުދައްކައި އެންމެ ގިނައިން މީހުން ބޭނުންކުރަނީ ތަދުކަނޑުވާ ބޭސް ކަމަށް ވާއިރު އެއީ ވަރަށް ބާރުގަދަ ބާވަތްތައް ކަމަށެވެ.

"އޭގެ ސަބަބުން ވަރަށް ގިނަ ފަހަރު ކިޑްނީ އަށް އަސަރުކުރާ ގޮތެއް އެބަ ދިމާވޭ. ސަބަބު ނޭނގި ބޭސް ބޭނުންކުރީމާ ވާ ގޮތަކީ އެ ތަދު ލުއިވެދާނެ. އެކަމަކު ސަބަބެއް ނޭނގޭނެ. ގިނަ ދުވަސްތަކެއް ވަންދެން އެ ބޭސްތައް ކަމުން ދާނީ. އެފަދަ ބަލި މީހުން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކިޑްނީ އަށް އަސަރު ކުރާކަން،" އޭނާ ވިދާޅުވި އެވެ.

ތަދުކަނޑުވާ ބޭސް އެކަންޏެއް ނޫނެވެ. ދިވެހިންގެ ތެރޭގައި އެންމެ އާންމު އެއް ބޭހަކީ ޕެނެޑޯލް ކަމަށް ވާއިރު އޭގެ ނުރައްކާތެރިކަން ޑރ. މުހައްމަދު އަލީގެ ވާހަކަތަކަށް ބަލާއިރު ގިނަ ބަޔަކަށް ނޭނގެ އެވެ. އޭނާ ވިދާޅުވީ، ކޮންމެ ކަމަކަށް ވެސް ޕެނެޑޯލަކީ ހައްލު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށާއި ނަމަވެސް އޭގެ ނަތީޖާއަކީ ބައެއް ފަހަރު ލޭމައްޗަށް ދިއުން ކަމަށެވެ.

"ފެނަށް އަޅައިގެން ގިރާ ޕެނެޑޯލުން ލޭމައްޗަށް ދިއުމުގެ ޗާންސް އެބައޮވޭ. ކޮންމެހެން ބޭނުންކުރަން ނުޖެހޭ ބޭސްތައް ބޭނުންކުރީމާ މި ކަންކަން އެބަ ފެނޭ،"

"ފެނަށް އަޅައިގެން ގިރާ ޕެނެޑޯލުން ލޭމައްޗަށް ދިއުމުގެ ޗާންސް އެބައޮވޭ. ކޮންމެހެން ބޭނުންކުރަން ނުޖެހޭ ބޭސްތައް ބޭނުންކުރީމާ މި ކަންކަން އެބަ ފެނޭ،" އޭނާ ވިދާޅުވި އެވެ.

ދިވެހިން ބޭހާ މިހާ ބޮޑަށް ދޯޅުވެގެން މި އުޅެނީ އެއް ބަޔަކު ދެކޭގޮތުގައި ބޭސް ލިބޭނެ ފަސޭހަ ގޮތްތައް ހުރީމަ އެވެ. އަމިއްލަ އަތުން ފައިސާ ހަރަދު ނުކޮށް އާސަންދަ ނުވަތަ ސަރުކާރުން ފޯރުކޮށްދޭ ހިލޭ ބޭސްފަރުވާގެ ނިޒާމުގެ ތެރެއިން އެ ކަން ކޮށްލަން ފަސޭހަވީމާ މާ ބޮޑު ފަރުވާލެއް ނުދެވެނީ އެވެ. އެހެންވެ، އަމިއްލަ އަށް އެދިގެން ވެސް ބައެއް މީހުން ބޭސް ސިޓީގައި އެ މީހަކު ބޭނުންވާ ބޭސް ޖަހައިގެން ނަގަ އެވެ. ނަތީޖާއަކީ އެ ކަން ދާއިމީ ކަމަކަށް ބަދަލުވުމެވެ.

"އެކަމަކު އެފަދަ ހާލަތުގައި ޑޮކްޓަރުން އެ ކަމެއް ނުކުރައްވާނެ. އެ ބޭހެއް ބޭނުމިއްޔާ ލިޔެދޭނީ. އެކަމަކު ކުރު މުއްދަތަކަށް ލިޔެދޭނީ. ދިގު މުއްދަތަކަށް ބޭނުންކުރަން ވަރަށް ލިޔެ ނުދޭނެ ޑޮކްޓަރުންނެއް،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

އަމިއްލަ އަތުން އެއްވެސް ފައިސާއެއް ހަރަދު ނުކޮށް ޑޮކްޓަރަށް ދެއްކޭތީ އެކި ބުރުބުރަށް އެއް ކަމަކަށް ޑޮކްޓަރަށް ދައްކައި ގޭގައި ބޭސްކޮތަޅުތައް ފުނިޖަހައިލަނީ އެވެ. ދެން ބޭނުންކުރާނީ އެންމެ ކުރު މުއްދަތަކަށް އެ ބޭހެއް ބޭނުންކުރަން އިރުޝާދު ދިން ޑޮކްޓަރުގެ ބޭސްތަކެވެ. ކުރީގެ ހުރިހާ ޑޮކްޓަރުން ދިން ބޭސްތައް ބޭކާރުވީ އެވެ. ދެން އަނެއްކާ ވެސް އެ ބަލީގައި ގޯސްވުމުން ޑޮކްޓަރަކަށް ދެއްކުމުގެ ބަދަލުގައި ގޭގައި ހުރި ބޭސްތައް ބޭނުންކުރަނީ އެވެ. މިއީ ދިވެހިންގެ ތެރޭގައި އޮތް ވަރަށް ގޯސް އާދައެކެވެ.

"ރާއްޖޭގައި ނެތް އެ ނަގާ ބޭސްތައް ރިޓާން ކުރެވޭނެ ސިސްޓަމެއް ވެސް. ދެން އެ ބޭސްތައް ކޮންމެވެސް މީހަކަށް ދޭނީ ނުވަތަ އެކްސްޕަޔާ ވަނީ. އެ ރިޓާން ކުރެވޭނެ ސިސްޓަމެއް އޮންނަ ނަމަ ވެސް ރަނގަޅު،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

"އެ ބޭސްތަކަކީ ވަރަށް ގިނަ މީހުން އެ ބައްޔަކަށް ތަހައްމަލު ކުރާތީ ދޭ ބޭސްތަކެއް. އެ ބޭސްތައް ރިޓާން ނުކޮށަް ބެހެއްޓިއްޖިއްޔާ ރުފިޔާގެ ގޮތުގައި ވޭސްޓޭޖް ވަނީ. މިސާލަކަށް 100ރ. އަށް 10 ވަރަކަށް ގުޅަ ވެއްޖިއްޔާ 1،000ރ. ގޭގައި ބަހައްޓާފައި އެ ހުންނަނީ އުކާލަން. އޭތި ރިޓާން ކުރެވިއްޖިއްޔާ ދައުލަތުގެ ހަރަދުގެ ތެރެއިން އެ ސަލާމަތް ކުރެވުނީ. އަނެއް ބަލިމީހާ އަށް އެ ބޭސް ދެވުނީ."

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު ވިދާޅުވީ، އެންޓިބަޔޮޓިކަކީ ވަރަށް އަގު ބޮޑު ބޭސްތަކެއް ކަމަށް ވިޔަސް އެ ވެސް ބައެއް މީހުން 2-3 ދުވަހު ބޭނުން ކޮށްފައި ހުއްޓާލާ ކަމަށެވެ.

"ހަގީގަތުގައި އެންޓިބަޔޮޓިކަކީ ވަކި ގޮތަކަށް ކާންޖެހޭ އެއްޗެއް. އޭގައި އިންނާނެ ވަކި މުއްދަތެއް ވެސް ކަނޑައަޅާފައި. މިސާލަކަށް އާންމުކޮށް އެންޓިބަޔޮޓިކް 2-3 ދުވަހަށް ނަގާފައި ދޫކޮށްލާ މީހުންނަށް ފަހުން އެއްވެސް އެންޓިބަޔޮޓިކެއް މަސައްކަތެއް ވެސް ނުކުރާނެ،"

"ހަގީގަތުގައި އެންޓިބަޔޮޓިކަކީ ވަކި ގޮތަކަށް ކާންޖެހޭ އެއްޗެއް. އޭގައި އިންނާނެ ވަކި މުއްދަތެއް ވެސް ކަނޑައަޅާފައި. މިސާލަކަށް އާންމުކޮށް އެންޓިބަޔޮޓިކް 2-3 ދުވަހަށް ނަގާފައި ދޫކޮށްލާ މީހުންނަށް ފަހުން އެއްވެސް އެންޓިބަޔޮޓިކެއް މަސައްކަތެއް ވެސް ނުކުރާނެ،" މަރިޔަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ ދުނިޔޭގެ އެހެން ތަންތަނާ އަޅާބަލާއިރު ރާއްޖޭގައި ވަރަށް ބޭކާރު ގޮތުގައި ބޭސްތައް ބޭނުންކުރޭ. ހަމައެކަނި އެންޓިބަޔޮޓިކެއް ނޫން. އެންމެ ކުޑަކުއްޖާ ވެސް ބޮލުގައި ރިއްސާ އިރަށް ޕެނެޑޯލް ކާލާނެ. އެއިން ފަހުން އަންނަ ގެއްލުން މާ ބޮޑު. ލިވާގެ މައްސަލަތައް ވެސް ރާއްޖޭގައި މިހާރު އެބައާދޭ. ވަރަށް ބޮޑަށް ބެލެވޭ ބޭސް ކެވޭ ގޮތުގެ އާދަ ހުންނަ ގޮތުން ކަމަށް."

ފާމަސޫޓިކަލް އެސޯސިއޭޝަންގެ ރައީސް އަހުމަދު މައުމޫން ވިދާޅުވި ގޮތުގައި އޭގެ އެއް ހައްލަކީ ބަލިވުމުގެ ކުރިން ފިޔަވަޅު އެޅުމެވެ.

"އަޅުގަނޑުމެން މިހާރު ދެކެނީ ޕްރިވެންޝަން ދެން ކިއޯ. އަޅުގަނޑުމެން ޖަމިއްޔާ އިން ވެސް މިހާރު މި ފޯކަސް ކުރަނީ ޕްރިވެންޝަނަށް. ރާއްޖޭގައި ޕްރިވެންޝަން މަދުވީމާ ހުރިހާ ބަލިތަކެއް މި އަންނަނީ. އައިމަ ދެން ބޭސް ކާން މި ޖެހެނީ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ލައިފްސްޓައިލް ހަމަ ވަރަށް ސަކަރާތް. އަޅުގަނޑުމެންނަށް ބޭސް ނުކައެއް ނެތް ވާކަށް. ބެސް ނުކައި ތިބެވޭނީ ޕްރިވެންޝަނަށް އެފަޓެއް ލައިގެން. އަޅުގަނޑު ވެސް ގަބޫލުކުރަން ރާއްޖެ އަށް އެތެރެކުރާ ބޭހުގެ އަދަދު ނިސްބަތުން ގިނަކަން."

ރާއްޖޭގައި އުސޫލެއް ނެތި ބޭސްތައް ބޭނުންކުރުން ހުއްޓުވުމުގައި އަދި މާ ބޮޑު ކަމެއް ނުކުރެވެ އެވެ. އެހާ ބޮޑަށް ހޭލުންތެރިއެއް ވެސް ނޫނެވެ. ސިއްހީ ގޮތުން އޭގެ ނުރައްކާ ވެސް އެހާ ވަރަށް ކިޔައެއް ނުދެވެ އެވެ. ބޭހަށް ނުގުޑާ ޖަރާސީމު މުޅި ދުނިޔޭގައި ވެސް އާންމު ވަމުންދާއިރު، އެކަކު ބޭނުން ކޮށްފައި ބާކީވާ ބޭސްތައް ޑޮކްޓަރެއްގެ މަޝްވަރާއަކާ ނުލައި އަނެއް މީހާ އަށް ދޭ މީހުން މަދެއް ނޫނެވެ. ޑރ. މުހައްމަދު އަލީ ވެސް އޭގެ ނުރައްކާތެރިކަން ފާހަގަކުރެއްވި އެވެ.

"ޔޫރިން އިންފެކްޝަނަކީ އެންޓިބަޔޮޓިކް ބޭނުންވާ ކަމެއް ނޫން. އެކަމަކު ޔޫރިން އިންފެކްޝަން ނޫނިއްޔާ ކުޑަކަމުދާ ނިޒާމަށް އުނދަގުލެއް ވާއިރަށް އެންޓިބަޔޮޓިކް ބޭނުންކުރޭ. އެހެންވީމާ މި ކަހަލަ ކަންތައްތަކާ ހެދި ބޭހަށް ނުގުޑާ ޖަރާސީމު ރާއްޖޭގައި ވެސް ގިނަވެގެން ހިނގައިދާނެ،"

"ޔޫރިން އިންފެކްޝަނަކީ އެންޓިބަޔޮޓިކް ބޭނުންވާ ކަމެއް ނޫން. އެކަމަކު ޔޫރިން އިންފެކްޝަން ނޫނިއްޔާ ކުޑަކަމުދާ ނިޒާމަށް އުނދަގުލެއް ވާއިރަށް އެންޓިބަޔޮޓިކް ބޭނުންކުރޭ. އެހެންވީމާ މި ކަހަލަ ކަންތައްތަކާ ހެދި ބޭހަށް ނުގުޑާ ޖަރާސީމު ރާއްޖޭގައި ވެސް ގިނަވެގެން ހިނގައިދާނެ،" އޭނާ ވިދާޅުވި އެވެ.

އޭގެ ނަތީޖާއަކީ މީހާގެ ހަށިގަނޑުގެ ގިނަ ނިޒާމުތައް ފެއިލް ފުރާނައަށް ގެއްލުންވާ ހިސާބަށް ދިއުމެވެ.

"މިސާލަކަށް ވިސްނާލައްވާ އެންޓިބަޔޮޓިކް އުފެއްދުމުގެ ޒަމާންތަކެއް ކުރިއަށް، އެތައް މިލިއަން މީހުން އާދައިގެ މުލެއް ޖެހީމާ އެބަ މަރުވޭ. ރޯގާއެއް ޖެހޭއިރަށް އެބަ މަރުވޭ. މި ކަހަލަ ބޭހަށް ނުގުޑާ ބައިވަރު ޖަރާސީމުތަކެއް އުފެެދިއްޖެ ކަމުގައި ވާ ނަމަ ވަރަށް ގިނައިން ފުރާނަ އަށް ގެއްލުންވާ ހިސާބަށް ހިނގައިދާނެ،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

އާސަންދަ ކުންފުނިން ވެސް އެންމެ ބޮޑަށް ފާހަގަކުރާ އެއް ކަމަކީ ރާއްޖޭގައި ބޭސް ބޭނުންކުރާ މީހުންގެ އަދަދު މަތިވާ މައްސަލަ އެވެ. ބޭކާރު ގޮތުގައި ބޭސްތައް ބޭނުންކުރުމެވެ.

ގިނައިން ބޭސްތައް ބޭނުންކުރުމާ ދުރުވެވޭނީ މީހާގެ ލައިފްސްޓައިލަށް ގެންނަ ބަދަލަކުންނެވެ. އެކަމަށް އަހަރެމެންގެ ބޭނުމަކީ ހިތްވަރެކެވެ. އެއާއެކު ގިނައިން ބޭސް ކެއުމަކީ ރަނގަޅު ކަމެއް ނޫން ކަން ގަބޫލު ކޮށްގެންނެވެ.