Roadha Mihaaru
ފަތިސް 04:39
އިރުއަރާ 05:54
މެންދުރު 11:57
އަސްރު 15:18
މަގްރިބް 17:53
ޢިޝާ 19:09
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ސިފައިންގެ މީހަކަށް މަގުމަތިން ހަމަލާދީފި

ކުޑަކުއްޖަކު ގޮވައިގެން ދިޔަ ސިފައިންގެ މީހަކަށް ލަކުޑިބުރިއަކުން ހަމަލާދީފި

09 މާޗް 2022

މާލޭގައި ކުޑަކުއްޖަކު ގޮވައިގެން ސައިކަލެއްގައި ދިޔަ ސިފައިންގެ މީހަކަށް ލަކުޑިބުރިއަކުން ހަމަލަދީ، މާރާމާރި ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި ކުޑަކުއްޖަކު ގޮވައިގެން ސައިކަލެއްގައި ދިޔަ ސިފައިންގެ މީހަކަށް ލަކުޑިބުރިއަކުން ހަމަލަދީ، މާރާމާރި ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކުރީގެ ސްޓާ ސިނަމާ ހުންނަ އިމާރާތުގެ [މިހާރުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރިމަތި] ކުރިމަތިން ސައިކަލެއްގައި ދިޔަ ދިވެހި ފިރިހެނެއްގެ ގައިގައި ޖަހައި، މާރާމާރީ ހިންގި މައްސަލައެއްގެ ރިޕޯޓް މިއަދުގެ މެންދުރު ލިބިފައިވާ ކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މަންޒަރު ދުށް މީހަކު "މިހާރު" އަށް ބުނީ ސިފައިންގެ މީހާ ސައިކަލުގައި ދަނިކޮށް، ސައިކަލުގެ ކުރިމައްޗަށް އަރައި ހުއްޓުވީ ކަމަށެވެ. ސައިކަލު ހުއްޓުމުން ތުނި ލަކުޑި ފަތިގަނޑަކުން ސިފައިންގެ މީހާ އަށް ހަމަލާދިން ނަމަވެސް، މާ ބޮޑު އަނިޔާއެއް ނުވާ ކަމަށް "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ. ކުޑަކުއްޖާ އަށް ވެސް އަނިޔާއެއް ނުވެ އެވެ.

ހަމަލާދޭން އުޅުނު މީހާގެ އަތް ކަނޑައިގެން ގޮސްފައި ހުރި ނަމަވެސް އެއީ ކިހިނެއް ވީ ކަމެއް ކަމަށް ނޭނގެ އެވެ.

ލަކުޑިބުރި ދިން ހަމަލައިން ސިފައިންގެ މީހާ އަށް މާ ބޮޑު ކަމެއް ނުވުމުން، ހަމަލަދިން މީހާގެ އަތުން ސިފައިންގެ މީހާގެ ގައިގައި ޖެހި އެވެ. އެ ވަގުތު އެ މީހާ ހުއްޓުވީ އެ ތަނުގައި ތިބި އާންމުންގެ ބައެކެވެ.