Roadha Mihaaru
އެއްޗެއް ގޮވިކަމުގެ ނިޝާނެއް ނެތް: އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ އެއްޗެއް ގޮވިކަމުގެ ނިޝާނެއް ނެތް ކަމަށް

09 ޖުލައި 2024

ގަލޮޅު ކަންމަތީގައި އޮތް ވޭނުގައި އެއްޗެހި ގޮވިކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް އެމްއެންޑީއެފުން ދެންމެ ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގަލޮޅު ކަންމަތީގައި އޮތް ވޭނުގައި އެއްޗެހި ގޮވިކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް އެމްއެންޑީއެފުން ދެންމެ ބުނެފި އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އެމްއެންޑީއެފުން ބުނީ ގަލޮޅު ކަންމަތީގައި ޕާކުކޮށްފައި އޮތް ވޭނެއްގައި އެއްޗެއް ގޮވިކަމުގެ ރިޕޯޓެއް ލިބުމުން މި ކަހަލަ ކަންކަމުގައި އަމަލުކުރަމުން އަންނަ ޕްރޮސީޖާއާ އެއްގޮތަށް ކަންކަން އަންނަނީ ކުރަމުން ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން އެއްވެސް ގޮވާ އެއްޗެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށް އެ އިދާރާއިން ބުންޏެވެ.

"އިތުރު ތަފުސީލު ލިބުމުން ހިއްސާކޮށްލާނަން،" އެމްއެންޑީއެފުން ބުންޏެވެ.

ގަލޮޅު ކަންމަތީގައި އެއްޗެއް ގޮވައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ގަލޮޅު ކަންމަތީގައި އެއްޗެއް ގޮވައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެ ސަރަހައްދުގައި މިހާރު އަންނަނީ ގޮވާ ތަކެތި ނައްތާލުމަށް ސިފައިންގެ ތެރޭގައި ހާއްސަ ކޮށްފައިވާ ޓީމުން ހަރަކާތްތެރިވަމުންނެވެ. އެ ޓީމުން މިހާރު އަންނަނީ އެ ވޭނުގެ ބޭރުން ޗެކްކުރަމުންނެވެ.

އެ ގޮވި ގަޑީގައި އެތަނުގައި ހުރި މީހަކު ބުނީ ބެލެވޭ ގޮތުގައި ގޮވީ އެ ވޭނުގެ އޭސީގެ ކޮމްޕްރެސަރު ކަމަށެވެ. އެ ގޮވި ގަޑީގައި ބާރު އަޑެއް ކީ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް، އެ ވޭނަށް އެއްވެސް ގެއްލުމެއް ލިބިފައިވާތަން ބޭރުން ފެންނަން ނެތެވެ.