Roadha Mihaaru
ފަތިސް 04:41
އިރުއަރާ 05:53
މެންދުރު 12:01
އަސްރު 15:08
މަގްރިބް 18:01
ޢިޝާ 19:12
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ޅައިމަގާއި ގުރައިދޫގެ ބަނދަރުގެ ބޮޑުބައި ނިމިއްޖެ

ޅައިމަގާއި ތ. ގުރައިދޫގެ ބަނދަރުގެ ބޮޑުބައި ނިމިއްޖެ

16 މާޗް 2022

ށ. ޅައިމަގު ބަނދަރާއި ތ. ގުރައިދޫ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ށ. ޅައިމަގު ބަނދަރާއި ތ. ގުރައިދޫ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ އެވެ.

އެމްޓީސީސީން ބުނީ، ޅައިމަގުގެ ބަނދަރުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އެ މަސައްކަތުގެ މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ގާ އެތުރުމުގެ މަސައްކަތާއި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކެވެ.

އެ މަޝްރޫއުގެ ދަށުން، 31,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެ އެވެ. އެ މަސައްކަތަށް 53 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.

ގުރައިދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ވޯކްވޭ ބްރިޖް ހެދުމުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި ބޭރު ތޮށި ލުމުގެ މަސައްކަތުގެ 88 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ. މި މަޝްރޫއުގެ ދަށުން، 24،485 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 325 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވެ އެވެ. މި މަސައްކަތަށް 57 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ބަނދަރު ހެދުމާއި މަގު ހެދުމައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.