Roadha Mihaaru
12 ކިލޯ ޑްރަގް ގެނައި މީހުންގެ މައުލޫމާތު ހާމަކޮށްފި

12 ކިލޯ ޑްރަގް ގެނައި މީހުންގެ މައުލޫމާތު އާންމުކޮށްފި

17 މާޗް 2022

މި ހަފުތާގައި ފުލުހުން އަތުލައިގަތް 12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ މައުލޫމާތު ފުލުހުން މިރޭ އާންމުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މި ހަފުތާގައި ފުލުހުން އަތުލައިގަތް 12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ މައުލޫމާތު ފުލުހުން މިރޭ އާންމުކޮށްފި އެވެ.

ކަނޑުމަގުން ރާއްޖެ އެތެރެކުރި މަސްތުވާތަކެތިި ފުލުހުން އަތުލައިގަތީ ކަނޑުމައްޗާއި މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ހޯމަ ދުވަހު އެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޑިއާ މީހަކާއި ބަންގަލްދޭޝްގެ މީހެއްގެ އިތުރުން ނ. ވެލިދޫ މަރިޔާޒް، މުހައްމަދު އަބްދުއްލަތީފެވެ.

އެ އޮޕަރޭޝަންގެ ތެރެއިން މާލޭގެ ގެއަކާއި ގެސްޓްހައުސްއެއް އަދި ލޯންޗެއް ބަލައި ފާސްކުރި އެވެ.

މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު އިންޑިއާ މީހާ އަކީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ އަދި މީގެކުރިން މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލަތަކުގައި ހައްޔަރުކުރި މީހެއް ކަމަށް ފުލުހުން ބުންޏެވެ. ކުރިން ހައްޔަރު ކުރުމުން އޭނާ ދޫކޮށްލީ ކޯޓުން ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން ބުނި ގޮތުގައި އަބްދުއްލަތީފަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ.

މި ތިން މީޙުންގެ ތެރެއިން އަބްދުއްލަތީފްގެ ބަންދަށް 10 ދުވަސް އަދި ދެން ތިބި ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން އިތުރުކޮށްދީފައިވެ އެވެ.