ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު މުރާޖައާކުރުމަށް އެޓާނީ ޖެނަރަލްގެ އޮފީހުން މިއަދު މަޝްވަރާކޮށްފި އެވެ.
20 މާޗް 2022
ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު މުރާޖައާކުރުމަށް އެޓާނީ ޖެނަރަލްގެ އޮފީހުން މިއަދު މަޝްވަރާކޮށްފި އެވެ.
އެ އޮފީހުން ބުނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު މުރާޖައާ ކުރުމަށް ބެހޭ ގޮތުން ކަމާބެހޭ އިދާރާތަކާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ފަތުވާދޭ މަޖިލިސް އެކުލެވިގެންވާ ގޮތާއި މަސްއޫލިއްޔަތުތައް މުރާޖައާކުރުމަށް ކަމަށެވެ. އަދި ހަރުކަށި ފިކުރު ހުއްޓުވުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާ ގުޅޭ މަޝްވަރާތައް ވެސް ކުރި ކަމަށް ބުންޏެވެ.
އެ ގާނޫނަށް ގެނައުމަށް ދެން މަޝްވަރާ ކުރި ބަދަލުތަކަކީ ކޮންމެ މައްސަލައަކަށް ޖިނާއީ އަދުލުގެ ނިޒާމުން ހަމައެކަނި ހައްލުހޯދުމުގެ ބަދަލުގައި ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކުން އިދާރީ ހައްލު ހޯދޭނެ ގޮތްތައް ދެނެގަތުމަށެވެ. އަދި ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަންނަން މަޝްވަރާކޮށްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު މުރާޖަޢާކުރުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ އެޓަރނީ ޖެނެރަލް @ibriffath ބައްދަލުކުރައްވައިފި.
— AG Office Maldives (@AGOmv) March 20, 2022
ޤާނޫނަށް އިޞްލާޙު ގެނައުމަށް މަޝްވަރާކުރެވުނު މައިގަނޑު ކަންކަމަކީ ? pic.twitter.com/KPt7Eo4UsW
އޭޖީ އޮފީހުން ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި އެޓާނީ ޖަނަރަލް އިބްރާހިމް ރިއްފަތާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން އިސްލާމް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި އެތަންތަނުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމާއި ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުން ވެސް ވަރަށް އާންމެވެ. މިކަހަލަ ބައެއް މައްސަލަތަކުގައި މީގެ ކުރިން މީހުން ހައްޔަރުކޮށްފައި ވެސް އެބަހުއްޓެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ހަރަކާތްތައް ކެންސަލްކޮށްފި
ރާއްޖެ އިސްލާމްވި ދުވަސް މި ފަހަރު ތަފާތު ގޮތަކަށް
އިސްލާމީ މަރުކަޒުގައި ތަރާވީސް ކުރާނީ ހަތަރު ޒުވާނުން
ހައްޖު މިނިސްޓަރުގެ ދައުވަތަކަށް ޝަހީމް ސައުދީއަށް
ގޭންގްތައް ކަނޑައެޅުން ކޮމިޓީއަށް ދޭ މާއްދާ އުނިކޮށްފި
ޖަމިއްޔާތަކުން ހިންގާ ދީނީ ހަރަކާތްތަކަށް މާލީ އެހީ
ހަތީބުންގެ ޕްރޮގްރާމް 209 މީހުން ފުރިހަމަކޮށްފި
ހައްގުތައް ލިބޭނީ އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތަށް
އިސްލާމީ ސަގާފަތާ ތައާރުޒު ނުވުމަށް ޝަހީމް އެދިއްޖެ
ގަވާއިދާ ހިލާފަށް ހައްޖުގެ ފުރުސަތެއް ނުދެން: ޝަހީމް