މި މަހުގެ މުސާރައާ އެކު ސަރުކާރު މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން ފިނޭންސް މިނިސްޓްރީން ސަރުކާރުގެ މުއައްސަސާތަކަށް އަންގައިފި އެވެ.
14 މެއި 2016
މި މަހުގެ މުސާރައާ އެކު ސަރުކާރު މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން ފިނޭންސް މިނިސްޓްރީން ސަރުކާރުގެ މުއައްސަސާތަކަށް އަންގައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާގައި ނެރުނު ސާކިއުލާގައި ބުނީ މުވައްޒަފުންނަށް އިނާޔަތް ދޭން ޖެހޭނީ ވަޒީފާއާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގައިވާ ގޮތަށް 3،000ރ. ކަމަށެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި ހަތަރު ވަނަ އިސްލާހުގައި ބުނެފައިވާ ގޮތުގައި ވަޒީފާ އަދަކުރާ މުސްލިމް ކޮންމެ މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި 3،000ރ. ދޭން ޖެހެ އެވެ. އެ އިސްލާހާ އެކު ސަރުކާރު މުވައްޒަފުންގެ ރޯދަ އިނާޔަތް ވަނީ ހަމަހަމަވެފަ އެވެ. ކުރިން އޮންނަ ގޮތުން ރޯދަ އިނާޔަތް ލިބޭނީ އެމީހެއްގެ މުސާރައިގެ ނިސްބަތުންނެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާ އަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތް ދޭން ޖެހޭނީ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އެކަންޏެވެ.
ގާނޫނުގައި ބުނާ ގޮތަށް އިނާޔަތުގެ ފައިސާ ދޭ ފަހުން ރޯދަ މަހުގެ ތިން ބައިކުޅަ އެއް ބައި ފާއިތު ނުވަނީސް އެ މީހަކު ވަޒީފާ އިން ވަކިވެއްޖެ ނަމަ، އިނާޔަތުގެ ބާކީ ބައި އެ މީހެއްގެ އަތުން ހޯދައި ޖަމާކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައިވެ އެވެ. ރޯދަ މަހު ވަޒީފާއާ ގުޅޭ މުވައްޒަފެއް ނަމަ، އެ މީހާ މަސައްކަތްކުރާ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް އިނާޔަތުގެ ގޮތުގައި ޖެހޭ މިންވަރެއް ދޭން ޖެހޭނެ ކަމަށް ވެސް ފިނޭންސްގެ ސާކިއުލާގައިވެ އެވެ.
މި އަހަރުގެ މުލަ ރޯދަ ދުވަހުގެ ގޮތުގައި ކަލަންޑަރުގައި ލަފާކޮށްފައި ވަނީ ޖޫން 6 އެވެ.
ރޯދަ އިނާޔަތް 3000 އަށް ވުރެ ބޮޑު ނުކުރަން އެދެފި
ފަހު 10ގައި ވަޒީފާއަށް ނުކުންނަ މީހުންނަށް އިނާޔަތެއް
އިތުރު ގަޑީގެ ފައިސާ އުނިކުރި މައްސަލަ މަޖިލީހަށް
ސަރުކާރުގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެސްފި
ބަންދުގައި އޯޓީ ލިބޭނީ ހަ ގަޑިއިރުގެ މަސައްކަތަށްފަހު
ސިވިލް ސާވަންޓުންގެ މުސާރަ އަންނަ އަހަރު ބޮޑު ކުރަނީ
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
ސިވިލް ސާވަންޓުންގެ މުސާރަ އަންނަ މަހު ބޮޑުކުރަނީ
ފިނޭންސުން ވަކިކުރި މުވައްޒަފުން އެހެން އޮފީސްތަކަށް
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހިމަނައިފި