Roadha Mihaaru
މާވެލް ކޮމިކް ފޮތުގެ ކޮޕީއެއް 2.4 މިލިއަން ޑޮލަރަށް

މާވެލްގެ ފުރަތަމަ ކޮމިކް ފޮތުގެ ކޮޕީއެއް 2.4 މިލިއަން ޑޮލަރަށް ވިއްކާލައިފި

27 މާޗް 2022

މިހާރު އާންމުކޮށް ނުލިބޭ މާވެލްގެ ފުރަތަމަ ކޮމިކް ފޮތުގެ ކޮޕީއެއް 2.4 މިލިއަން ޑޮލަރަށް ނީލަމުގައި ވިއްކާލައިފި އެވެ.

މިހާރު އާންމުކޮށް ނުލިބޭ މާވެލްގެ ފުރަތަމަ ކޮމިކް ފޮތުގެ ކޮޕީއެއް 2.4 މިލިއަން ޑޮލަރަށް ނީލަމުގައި ވިއްކާލައިފި އެވެ.

މާވެލް ކޮމިކްސްގެ ފުރަތަމަ ނަންބަރު ޝައިއުކުރީ 1939 ގަ އެވެ. އަދި އެ ނަންބަރުގައި ފެނުނު މާވެލްގެ ފުރަތަމަ ސުޕަހީރޯސްތަކުގެ ތެރޭގައި ދަ ހިއުމަން ޓޯޗު، ދަ އޭންޖެލް، ސަބްމެރީނާ އަދި މާސްކްޑް ރައިޑާ ހިމެނެ އެވެ.

"މިއީ މާވެލްގެ ފެށުން. މިއާ ނުލާ މާވެލްގެ ޔުނިވާސްއެއް، ކެޕްޓަން އެމެރިކާ އާއި ހިޓްލާގެ ތަޅާފޮޅުންގަނޑެއް، މާވެލްގެ ފިލްމުތަކެއް، ސުޕައިޑަމޭންއެއް އަދި އަހަރެމެން މި ގަބޫލުކުރާ ގޮތަށް ސުޕަހީރޯ މިތޮލޮޖީއެއް ވެސް ނޯންނާނެ،" އެ ނީލަން ކިޔުން ބޭއްވި ކޮމިކް ކަނެކްޓުން ބުންޏެވެ.

ނީލަމުގައި ވިއްކާލި ކޮމިކް ފޮތަކީ "ޕޭ ކޮޕީ"އެކެވެ. މާނަ އަކީ އެ ފޮތުގެ އާޓް ކުރެހި އާޓިސްޓަށް ދޭން ޖެހޭ ފައިސާގެ އަދަދު އެ ފޮތް ޝައިކުރި ފަރާތުން އޭގައި އަމިއްލަ އަތުން ލިޔެފައިވުމެވެ.

ކޮމިކް ކަނެކްޓުން ބުނީ އެ ފޮތަކީ 80 އަހަރުވީ ފޮތަކަށް ވިޔަސް، އެ ފޮތް އަދިވެސް އޮތީ އެއްވެސް ވަރަކަށް ހަލާކުނުވެ، ވަރަށް އާ އެއްޗެއްގެ ގޮތުގައި ކަމަށެވެ.

މާވެލް ކޮމިކްސްގެ ކުރީގެ ފޮތްތަކުގައި، ހާއްސަކޮށް ކެޕްޓަން އެމެރިކާ އާއި ސްޕައިޑަމޭން ހިމެނޭ ނަމަ އަބަދު ވެސް ބޮޑު ސަމާލުކަމެއް ލިބެ އެވެ. މި އަހަރު ކުރީކޮޅުގައި ސްޕައިޑަމޭން އޭނާގެ ކަޅު ކުލައިގެ ސޫޓްގައި ހުންނަތަން ފެންނަ ފުރަތަމަ ކޮމިކް ފޮތުގެ ކޮޕީއެއް 3.36 މިލިއަން ޑޮލަރަށް ވިއްކާލާފައިވެ އެވެ.