27 މާޗް 2022
ލަންޑަން (މާޗް 27) - ޗެލްސީގެ މިލްކުވެރިކަމާ މެދު ގޮތެއް ނުނިމޭތީ ކުޅުންތެރިންނަށް ދަތިތައް އިހްސާސް ކުރެވޭ ކަމަށް އެ ޓީމުގެ މިޑްފީލްޑަރު މޭސަން މައުންޓް ބުނެފި އެވެ.
ލަންޑަން (މާޗް 27) - ޗެލްސީގެ މިލްކުވެރިކަމާ މެދު ގޮތެއް ނުނިމޭތީ ކުޅުންތެރިންނަށް ދަތިތައް އިހްސާސް ކުރެވޭ ކަމަށް އެ ޓީމުގެ މިޑްފީލްޑަރު މޭސަން މައުންޓް ބުނެފި އެވެ.
ޔުކްރޭނާ ދެކޮޅަށް ރަޝިއާ އިން ހަނގުރާމަ ފެށުމުން، ޗެލްސީގެ ވެރިޔާ ރަޝިއާގެ ރޯމަން އަބްރޮމޮވިޗްއާ ދެކޮޅަށް އިނގިރޭސި ސަރުކާރުން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އަދި ޕްރިމިއާ ލީގުން ވަނީ އިދާރީ ގޮތުން އެ ޓީމުގައި އޮތް އޭނާގެ ބާރު ނިމުމަކަށް ގެނެސްފަ އެވެ. އޭނާގެ މައްޗަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު އަބްރޮމޮވިޗް ވަނީ ކްލަބް ވިއްކާލަން އިއުލާންކޮށްފަ އެވެ.
ޗެލްސީ ގަންނަން އެމެރިކާ އާއި އިނގިރޭސި މަހުޖަނުން ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް މިހާތަނަށް ވަކި ގޮތެއް ނިމިފައެއް ނުވެ އެވެ. އިނގިރޭސި ގައުމީ ޓީމުގެ ކޭމްޕްގައި ހުރެ މައުންޓް ބުނީ މި ވަގުތު ކްލަބްގައި އޮތް ހާލަތުގެ ސަބަބުން ހުރިހާ ކުޅުންތެރިންގެ މެދުގައި ވެސް ކަންބޮޑުވުން އެބައޮތް ކަމަށެވެ.
"އަހަރެންގެ އުމުރުން ހަ އަހަރުން ފެށިގެން އަހަރެން މިދަނީ މި ކްލަބްގައި ހޭދަކުރަމުން. މީގެ ކުރިއަކުން މިކަހަލަ އެއްވެސް ކަމެއް އަހަރެން ތަޖުރިބާއެއް ނުކުރަން. އެހެންވީމަ އެކަމުގެ ކަންބޮޑުވުން އެބައޮތް،" މައުންޓް، 23، ބުންޏެވެ.
"މިކަން ފެށުނު ފަހުން އަދި މިހާރު ވެސް އަހަރެމެންނަކަށް ނޭނގެ ޖެހިގެން އޮންނަ ދުވަހު ވާނެ ގޮތެއް. އަދި ކުރިއަށް ދާނެ ގޮތެއް ވެސް. އެކަމަކު ފުޓްބޯޅައިން ލިބޭ ހިތްހަމަޖެހުން ހޯދޭތޯ އަހަރެމެން މިދަނީ މަސައްކަތް ކުރަމުން. އުންމީދަކީ ވީހާވެސް ގިނަ މެޗުތަކުން މޮޅުވަމުން ކުރިއަށް ދިއުން."
އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ބުނެފައި ވަނީ، ގަތަރުގައި ވޯލްޑް ކަޕް ބާއްވާއިރު، އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓް އާއި އެ ޓީމުން ގަތަރުގައި އިންސާނީ ހައްގުތައް އޮތް ގޮތާމެދު ކަންބޮޑުވާ ކަމަށެވެ. މައުންޓް ބުނީ ދުނިޔޭގައި ހިނގާ ކަންކަމާ ބެހޭގޮތުން ފުޓްބޯޅަ ދަނޑުން ބޭރުން ވެސް ކުޅުންތެރިން ވިސްނަން ޖެހޭނެ ކަމަށެވެ.
ޗެލްސީގެ ބޯޑު ޑިރެކްޓަރުކަމުން އަބްރޮމޮވިޗް ބޭރުކޮށްފި
ހަނގުރާމައާ ގުޅޭގޮތުން އަހަންނާ ސުވާލު ނުކުރޭ: ޓުޗެލް
އަބްރޮމޮވިޗަށް ފިޔަވަޅު އަޅައިފިނަމަ ޗެލްސީއަށް ދަތިވާނެ
ޗެލްސީގައި ޓުޗެލްގެ ކުރިމަގު ސާފެއް ނޫން
އެންބީއޭގެ ޝިކާގޯގެ އޯނަރުން ޗެލްސީ ގަންނަން ހުށަހަޅަނީ
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ހެޓްރިކް ހީރޯ މަޑުއޭކޭ މަޖުބޫރުވުމުން މައާފަށް އެދިއްޖެ
ޗެލްސީގެ ހުށަހެޅުން ދޫކޮށްލައި އޮމޯޑިއޮން ޕޯޓޯ އަށް
އެތުލެޓިކޯ އާއި ޗެލްސީގެ ނިމުމެއް ނެތް މަޝްވަރާތަކެއް
ލެސްޓާގެ ހުއްދައާއެކު ޗެލްސިން މަރެސްކާއާ ވާހަކަދައްކަނީ