26 ފެބުރުއަރީ 2022
ލަންޑަން (ފެބްރުއަރީ 26) - ރަޝިއާ އިން ޔޫކްރޭނާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމައާ ގުޅިގެން ޗެލްސީގެ ވެރިޔާ ރަޝީއާގެ ރޯމަން އަބްރޮމޮވިޗަށް އިނގިރޭސިވިލާތުން ފިޔަވަޅު އަޅައިފި ނަމަ ޗެލްސީ އަށް ދަތިތަކެއް ކުރިމަތި ވާނެ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
ލަންޑަން (ފެބްރުއަރީ 26) - ރަޝިއާ އިން ޔޫކްރޭނާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމައާ ގުޅިގެން ޗެލްސީގެ ވެރިޔާ ރަޝީއާގެ ރޯމަން އަބްރޮމޮވިޗަށް އިނގިރޭސިވިލާތުން ފިޔަވަޅު އަޅައިފި ނަމަ ޗެލްސީ އަށް ދަތިތަކެއް ކުރިމަތި ވާނެ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންއާ ގާތް ގުޅުމެއް ބާއްވާ ކަމަށް އަޑުފެތުރިފައިވާ އަބްރޮމޮވިޗާ ގުޅޭގޮތުން އިނގިރޭސި ގާނޫނުހަދާ މަޖިލީހުގައި ވަނީ ވާހަަކަ ދައްކައިފަ އެވެ. ގާނޫނުހަދާ މަޖިލީހުގެ މެންބަރު ކްރިސް ބްރަޔަންޓް ވަނީ އަބްރޮމޮވިޗަށް ތުހުމަތުތަކެއް ކުރައްވައި އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާލައްވައިފަ އެވެ. އޭނާ ވަނީ އިނގިރޭސި ވިލާތުގައިވާ އަބްރޮމޮވިޗްގެ އެސެޓްތައް ހިފެހެއްޓުމަށް ވެސް ގޮވައިލައްވައިފަ އެވެ.
އަބްރޮމޮވިޗް ޗެލްސީ ގަތީ 2003 ގަ އެވެ. އޭނާ ވަނީ އޭގެ ފަހުން ޗެލްސީ އަށް ބޮޑެތި އިންވެސްޓްމެންޓްތަކެއް ކޮށްފަ އެވެ. ރަޝިއާ އާއި ޔޫކްރޭންއާ ދެމެދު މިހާރު ފަށައިފައިވާ ހަނގުރާމައިގެ ސަބަބުން އަބްރޮމޮވިޗަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންދާ އަޑުތަކާ ގުޅޭގޮތުން ޓުޗެލްއާ ސުވާލު ކުރުމުން އޭނާ ބުނީ އެ ފިޔަވަޅު އަޅައިފި ނަމަ ޗެލްސީ އާއި އެ ޓީމުގެ ކުޅުންތެރިން އެކަމާ ކަންބޮޑުވާނެ ކަމަށެވެ.
"މި ހުރިހާ ކަންތަތަކެއް ވެސް އަހަންނަށް އެނގިފައި އޮތީ. އަދި މި ވަގުތު ކުރިއަށްދާ މަޝްވަރާތަކެއް ވެސް އެނގިފައި އޮތީ. ވަކި ގޮތެއް ނިންމަންދެން މިއަށް އެއްޗކޭ ނުބުނެ ހުންނަނަށް އަހަރެން ލޯބި ކުރަން. އެކަމަކު އަހަންނަށް އެބަ އެނގޭ މިހިނގާ ކަންކަން. އެއީ އަހަރެމެންނަށް އުނދަގޫވާ ކަމެއް. އެއީ އަހަރެމެން ކަންބޮޑުވާ ކަމެއް. އަހަންނަށް ވިސްނޭ އަހަރެމެންނާ ދޭތެރޭގައި، މި ކްލަބާ ދޭތެރޭގައި ހުރި ހިޔާލުތަކާއި، ފާޑުކިޔުމުގެ ހިޔާލުތައް. އެކަން އިހްސާސް ކުރެވޭ، އަދި އަހަރެމެން އެ ހުރިހާ ކަމަކުން ދުރުވަން،" އިނގިރޭސި ލީގު ކަޕްގައި މާދަމާ ރޭ ލިވާޕުލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޓުޗެލް ބުންޏެވެ.
"މީހުންނަށް އަހަރެން އެނގޭނީ ކޯޗެއްގެ ގޮތުގައި ނުވަތަ މި ކުޅުންތެރިން އެނގޭނީ ކުޅުންތެރިންގެ ގޮތުގައި. އަހަރެމެންނަކަށް ނޭނގެ އެންމެ ފުންމިނުގައި މިކަން ހިނގާ ގޮތެއް. މި ވަގުތު އަހަރެމެން އެއްވެސް ކަމަކާ ނުވިސްނަން. އަހަރެމެން ދެކެނީ ހަނގުރާމައަކީ ކޮށްގެން ވާނެ ކަމެއް ނޫންކަން. ޔޫރަޕްގައި ހަނގުރާމައެއް ހިނގުމަކީ އަހަރެންގެ ހިޔާލަށް ވެސް ގެނެވުނު ކަމެއް ނޫން. މިއިން ކުރިމަތިވާނެ ގެއްލުން އެންމެންނަށް ވެސް ސާފުކޮށް އެނގޭ. އަހަރެމެން މި ތިބީ މިކަމާ ގުޅިގެން އަޅައިފާނެ ފިޔަވަޅުތަކާ ކެތްތެރިކަމާ އެކު ކުރިމަތިލާން."
އަބްރޮމޮވިޗް ވަނީ 2018 ގައި ޔޫކޭގެ އިންވެސްޓް ކުރާ މީހުންނަށް ދޭ ވިސާ ހޯދަން ހުށަހެޅުމަށް ފަހު ވެސް އަލުން ފޯމް އަނބުރައި ގެންގޮސްފަ އެވެ. މިދިޔަ ނޮވެމްބަރު މަހު އޭނާ ވަނީ ތިން އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިނގިރޭސި ވިލާތަށް ޒިޔާރަތްކޮށް ސްޓެމްފޯޑް ބްރިޖްގައި އިނދެ މެޗް ބަލައިފަ އެވެ. އޭނާ އިނގިރޭސި ވިލާތަށް ދަތުރު ކުރަނީ އިޒްރޭލްގެ ޕާސްޕޯޓްގަ އެވެ.
އެންބީއޭގެ ޝިކާގޯގެ އޯނަރުން ޗެލްސީ ގަންނަން ހުށަހަޅަނީ
ޔޫކްރޭނާއި ރަޝިޔާގެ ވާހަކަތައް ތުރުކީގައި ފަށައިފި
ޔުކްރޭނުގައި އަބްރަމޮވިޗަށް ވިހަ ދިން ކަމަށް ބުނެފި
ޗެލްސީގެ މިލްކުވެރިކަމާމެދު ގޮތެއް ނުނިމޭތީ ދަތިވޭ
ޗެލްސީގެ ބޯޑު ޑިރެކްޓަރުކަމުން އަބްރޮމޮވިޗް ބޭރުކޮށްފި
ޔޫރޯ 2028 ބޭއްވުމުގެ ބިޑުން ވެސް ރަޝިއާ ބާކީވަނީ
ހަނގުރާމައާ ގުޅޭގޮތުން އަހަންނާ ސުވާލު ނުކުރޭ: ޓުޗެލް
ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭ އިލިއާ ތާށިވެފައި
ރަޝިއާއިން ހަނގުރާމަ ފެށުމުން ފައިނަލް މެޗު ފްރާންސަށް
ރަޝިޔާގެ ކުރުކްސްގައި އުޅޭ ދިވެހިން ސަމާލުވާން އެދިއްޖެ