28 މާޗް 2022
ރޯދަމަސް ފެށެން ވަގުތު ކުޑަތަން ވެފައިވާތީ، އިންތިޒާމުތައް ހަމަޖައްސަން ދަތިވެ، މިއަދު ފަށަން އުޅުނު ނައިޓް މާކެޓް މާލޭ ސިޓީ ކައުންސިލުން ކެންސަލްކޮށްފި އެވެ.
ރޯދަމަސް ފެށެން ވަގުތު ކުޑަތަން ވެފައިވާތީ، އިންތިޒާމުތައް ހަމަޖައްސަން ދަތިވެ، މިއަދު ފަށަން އުޅުނު ނައިޓް މާކެޓް މާލޭ ސިޓީ ކައުންސިލުން ކެންސަލްކޮށްފި އެވެ.
ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ "މިހާރު" ވިދާޅުވީ އެއީ 10 ދުވަހަށް ތާވަލުކުރި ނައިޓް މާކެޓަކަށް ވިޔަސް، މިއަދު ފަށައިގެން ރޯދަމަހުގެ ފުރަތަމަ ދެތިން ދުވަސް ނުލައި އެ މުއްދަތު ހަމަނުކުރެވޭނެތީ އެ މާކެޓް ނުބާއްވަން މިހާރު ނިންމާފައިވާ ކަމަށެވެ.
ނައިޓް މާކެޓް ކެންސަލްކުރި އިރު، އުސްފަސްގަނޑުގައި އެ މާކެޓް ބާއްވަން ޕްލޭނިން މިނިސްޓްރީން ހުއްދަ ހޯދައި، ވިޔަފާރިވެރިންނަށް ސްލޮޓްތައް ވެސް ދޫކުރި އެވެ. އަދި އެ ނައިޓް މާކެޓް އިންތިޒާމުކުރުމަށް ސިޓީ ކައުންސިލުން ކުންފުންޏަކާ ވެސް ހަވާލުކުރި އެވެ.
ނައިޓް މާކެޓް ކެންސަލް ކުރިޔަސް، މާލޭގެ ދެ ސަރަހައްދެއްގައި މިހާރު ހަދަމުން އަންނަ ވަގުތީ ދެ މާރުކޭޓް ރޯދަމަހުގެ ފުރަތަމަ ދުވަހު ހުޅުވާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އެއީ ރޯދަމަހަށް ހާއްސަ ކޮށްގެން، މޭވާ އާއި ތަރުކާރީ ވިއްކުމަށް ހަދާ މާރުކޭޓުތަކެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޮނިހިރެވެ.
އާ އަހަރާ ދިމާކޮށް، ސިޓީ ކައުންސިލުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވެސް މާލޭގައި ނައިޓް މާކެޓެއް ބާއްވައިފަ އެވެ.
ނައިޓް މާކެޓް ހުއްދަ ދެން ދޭނީ އިކޮނޮމިކް މިނިސްޓްރީން
ހުޅުމާލޭގައި ނައިޓް މާކެޓް ބާއްވަން ހުއްދަ ދޫކުރަނީ
މާލޭގައި އަނެއްކާވެސް ނައިޓް މާކެޓް ބާއްވަނީ
ރަސްފަންނު ސާފުކޮށެއް ނުނިމޭ، ބައިވަރު ކުނި އެބަހުރި
ކުނިތަކުން ފުރިފައި އޮތް ރަސްފަންނު ސާފުކޮށްފި
ނައިޓް މާކެޓާ އެކު ރަސްފަންނު މިއޮތީ ގޮނޑަކަށް ވެފައި
ތޮއްޖެހޭތީ އަނެއްކާވެސް ނައިޓް މާކެޓް ހުއްޓުވައިފި
މާލޭގައި މަގުމަތީ ބާޒާރު ބާއްވަން ހުއްދަ ދެނީ
ބުޅަލުގެ ކާނާ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަނީ
ކައުންސިލްގެ 8 ކޮންސަލްޓަންޓުންނަށް މަހަކު ދެ ލައްކަ