Roadha Mihaaru
ނައިޓް މާކެޓް ހުއްދަ ދެން ދޭނީ އިކޮނޮމިކް މިނިސްޓްރީން

ނައިޓް މާކެޓް ހިންގުމުގެ ހުއްދަ ދެން ދޭނީ އިކޮނޮމިކް މިނިސްޓްރީން

01 އޮކްޓޯބަރ 2023

ނައިޓް މާކެޓް ހިންގުމުގެ ހުއްދަ ދެން ދޫކުރާނީ އިކޮނޮމިކް މިނިސްޓްރީން ކަމަށް ކަނޑައަޅައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ނައިޓް މާކެޓް ހިންގުމުގެ ހުއްދަ ދެން ދޫކުރާނީ އިކޮނޮމިކް މިނިސްޓްރީން ކަމަށް ކަނޑައަޅައިފި އެވެ.

ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުން މީގެ ކުރިން އޮންނަނީ ސިޓީ ކައުންސިލް ތަކާއި ރަށު ކައުންސިލްތަކުގެ މައްޗަށެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު އިސްލާހުކޮށް ގެޒެޓް ކޮށްފައިވާ އުސޫލަށް ވަނީ ހަ އިސްލާހެެއް ގެނެސްފަ އެވެ.

އެ އުސޫލުގައި ބުނެފައި ވަނީ ފެއާ އާއި ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރު ބޭއްވުމަށް ދެން ހުއްދަ ދޫކުރާނީ މިނިސްޓްރީން ކަމަށެވެ.

ނައިޓް މާކެޓް ބޭއްވުމަށް އެދި ހުށަހަޅަން ޖެހޭނީ އޮންލައިން ފޯމަކުން ކަމަށާއި ހުއްދަ އަށް އެދި ހުށަހަޅާތާ ފަސް ދުވަހުގެ ތެރޭގައި މިނިސްޓްރީން ނިންމި ގޮތް ހުއްދަ އަށް އެދި ހުށަހަޅާ މީހާއަށް އަންގާ ގޮތަށް ވެސް އުސޫލު ވަނީ އިސްލާހުކޮށްފަ އެވެ.

މާކެޓް ބާއްވާއިރު ރާއްޖެއަށް އެތެރެ ކުރާ މުދަލުގެ ވިޔަފާރި ކުރެވޭ ގޮތަށް ބާއްވާނަމަ ބޭއްވޭނީ މުނާސަބަތަކާ ގުޅުވައިގެން ކަމަށް މިނިސްޓްރީގެ އުސޫލުގައިވެ އެވެ.

މާކެޓް ބާއްވާ އުސޫލުގައިވާ ކަންތައްތައް ފުރިހަމަކޮށްފައި ނުވާނަމަ، ނުވަތަ އުސޫލާ ހިލާފުވެއްޖެ ނަމަ ހުއްދަ ދޫނުކުރުމާއި ދޫކޮށްފައިވާ ހުއްދަ ބާތިލް ކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.