29 މާޗް 2022
ވިލިމާލޭގައި ގްރޫޕަކުން ހަމަލާދީ މަރައިލި އަހުމަދު މިރުޒާ އިބްރާހިމްގެ މަރުގެ މައްސަަލައިގައި މެރުމަށް ހުކުމް ކޮށްފައިވާ މީހަކަށް މިރުޒާގެ އާއިލާ އިން ސުޕްރީމް ކޯޓުގައި މިއަދު މާފު ދީފި އެވެ. މިއީ ރާއްޖޭގައި އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާގައި ގާތިލަކަށް ވާރިސުން މާފު ދިން ފުރަތަމަ ފަހަރެވެ.
ވިލިމާލޭގައި ގްރޫޕަކުން ހަމަލާދީ މަރައިލި އަހުމަދު މިރުޒާ އިބްރާހިމްގެ މަރުގެ މައްސަަލައިގައި މެރުމަށް ހުކުމް ކޮށްފައިވާ މީހަކަށް މިރުޒާގެ އާއިލާ އިން ސުޕްރީމް ކޯޓުގައި މިއަދު މާފު ދީފި އެވެ. މިއީ ރާއްޖޭގައި އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާގައި ގާތިލަކަށް ވާރިސުން މާފު ދިން ފުރަތަމަ ފަހަރެވެ.
އޭޕްރީލް 2011 ގައި ވިލިމާލޭގެ ކުޑަކުދިންގެ ޕާކް ކައިރީގައި ލަކުޑި ބުރިން ހަމަލާދީ ނ. މާޅެންދޫ ވައިޓްހައުސް، މިރުޒާ މަރާލި މައްސަލާގައި ޏ. ފުވައްމުލަކު ޒާވިއާ، އަބްދުﷲ ނަޒީފް މެރުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ހުކުމްކުރީ މިރުޒާގެ ހުރިހާ ވާރިސުން އެގޮތަށް ބޭނުންވުމުންނެވެ.
ނަޒީފަށް މާފުކުރި ކަމަށް ބުނެ މިރުޒާގެ ބައްޕަގެ ފަރާތުން ސިޓީއެއް ލިބިފައިވާތީ އެކަން އިތުރަށް ކަށަވަރު ކުރަން މިރުޒާގެ ވާރިސުން ސުޕްރީމް ކޯޓަށް މިއަދު ހާޒިރުކުރި އެވެ.
ނަޒީފަށް މާފު ދީފައިވާނެތޯ ބެންޗުން ސުވާލު ކުރެއްވުމުން މިރުޒާގެ ބައްޕަ ބުނީ ނަޒީފްގެ ފަރާތުން އޭނާއާ ބައްދަލުކޮށް، އެ ގޮތަށް އެދުމުން މާފުކުރީ ކަމަށެވެ.
"އަޅުގަނޑު ވާނީ މައާފް ދެއްވާފައި،" މިރުޒާގެ ބައްޕަ އިބްރާހިމް ހަސަން ބުންޏެވެ.
މިރުޒާގެ ބައްޕަ އެގޮތަށް ބުނުމުން، މިރުޒާ ވާރިސުންގެ ގޮތުގައި ދެން ތިބި ތިން މީހުން ވެސް ބޭނުންވީ ނަޒީފަށް މާފު ދިނުމަށެވެ. އެ މީހުން ބުނީ "ބައްޕަ އެ ގޮތަށް ބޭނުންވީމާ އަޅުގަނޑު ވެސް، މައާފް ދިނީ" ކަމަށެވެ.
ނަޒީފް މާފަށް އެދުނުކަން ކުރިން ނޭނގޭ ކަމަށް ބައެއް ވާރިސުން ބުންޏެވެ. އެއް ވާރިސަކު ބުނިގޮތުގައި ނަޒީފް މާފަށް އެދުނު ކަން އެނގުނީ ވެސް ނޫސްތަކުންނެވެ.
ދަށު ކޯޓުގެ މަރުހަލާ އިން ފެށިގެން މިހާތަނަށް ނަޒީފް އެ ކުށަށް އިންކާރު ކުރަމުން އަންނައިރު، އޭނާ އަށް މާފުކުރީ ކީއްވެގެންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. އަދި މިރުޒާ ބައްޕަ ކައިރީގައި ކުށަށް އިއުތިރާފްވީތޯ ވެސް ބެންޗުން ސުވާލު ކުރެއްވި އެވެ.
މާފު ދިނުމަށް އެއްވެސް ބިރެއް ދެއްކިތޯ ވެސް ބެންޗުން ސުވާލު ކުރެއްވި އެވެ. މިރުޒާގެ ބައްޕަ ބުނީ އެއްވެސް ބިރެއް ދައްކާފައި ނުވާ ކަމަށެވެ. އެކަމަކު ނަޒީފަށް މާފު ދިނުމުގެ ކުރިން ދީނީ އިލްމުވެރިއެއްގެ ލަފާ ހޯދި ކަމަށް މިރުޒާގެ ބައްޕަ ބުންޏެވެ.
މިރުޒާގެ ބައްޕަ ބުނިގޮތުގައި، އޭނާ ގަބޫލުކުރާ ގޮތަކީ ކުށަށް އިއުތިރާފުވީ ކުށެއް ކުރުމުންނެވެ. އެކަމަކު އެ މައްސަލަ އަށް ގިނަ ދުވަސްތަކެއް ވެފައި ވާތީ އާއި ނަޒީފްގެ އަހުލާގު މިހާރު ރަނގަޅުވެފައިވާ ކަމަށް އޭނާގެ އާއިލާގެ ފަރާތުން ބުނެފައިވާތީ މާފު ދޭން ނިންމީ ކަމަށް މިރުޒާގެ ބައްޕަ ބުންޏެވެ.
"އަޅުގަނޑު ވެސް ހިތަށް އެރި މިހާރު ގާތްގަނޑަށް ނުވަ އަހަރުވީއޭ ޖަލުގައި. ދެން އެހެންވީމާ އަހަރުމެން ވެސް އޭނާ އަށް މައާފް ދޭނީއޭ،" ބައްޕަ ބުންޏެވެ.
"ސުވާލަކަށް އުފެދެނީ ނުކުރާ ކަމަކަށް މައާފަށް އެދެވިދާނެތޯ." އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދު ސުވާލު ކުރެއްވި އެވެ.
"މައާފަށް އެދުނީމަ އޭނާ އެ އޮތީ އެކަން ކޮށްފައިދޯ. ނުކުރާ ކަމަކަށް މައާފަކަށް ނޭދޭނެ،" މިރުޒާގެ ބައްޕަ ބުންޏެވެ.
ނަޒީފްގެ ފަރާތުން މާފަށް އެދުނިންތޯ ބެންޗުން ސުވާލު ކުރެއްވުމުން ނަޒީފްގެ ވަކީލް އިސްމާއިލް މުހައްމަދު ވިދާޅުވީ ނަޒީފް ކުށަށް އިންކާރު ކުރިޔަސް، ނަޒީފްގެ އާއިލާ އާއި ރަހުމަތްތެރިން އަމިއްލަ އަށް އިސްނަގައިގެން މިރުޒާގެ އާއިލާއާ ވާހަކަ ދެއްކި ކަމަށެވެ. އަދި ނަޒީފް ކުށެއް ނުކުރިޔަސް، އިންސާނެއްގެ ފުރާނަ ގެއްލިފައިވާތީ އެކަމާ މެދު ނަޒީފް ވެސް ހިތާމަކުރާ ކަމަށް ވަކީލް ވިދާޅުވި އެވެ.
މާފު ދިނުމަށް އެއްވެސް ބިރެއް ދެއްކިތޯ ވެސް ބެންޗުން ސުވާލު ކުރެއްވި އެވެ. މިރުޒާގެ ބައްޕަ ބުނީ އެއްވެސް ބިރެއް ދައްކާފައި ނުވާ ކަމަށެވެ. އެކަމަކު ނަޒީފަށް މާފު ދިނުމުގެ ކުރިން ދީނީ އިލްމުވެރިއެއްގެ ލަފާ ހޯދި ކަމަށް މިރުޒާގެ ބައްޕަ ބުންޏެވެ.
"އަޅުގަނޑު ހިތަށް އެރީ އެހެންވިއްޔާ ހަމަ މައާފް ދޭންވީއޭ،" މިރުޒާގެ ބައްޕަ ބުންޏެވެ.
އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން މަރުގެ އަދަބު ދެވޭނީ ހުރިހާ ވާރިސުން އެކަމަށް އެއްބަސްވާ ނަމަ އެވެ. އަދި މަރުގެ އަދަބު ނުދެވުނަސް، ގާނޫނީ އަދަބެއްގެ ގޮތުން އުމުރަށް ޖަލަށްލެވެ އެވެ.
މިރުޒާ މަރާލިކަން ސާބިތުުނުވާ ހާލަތުގައި އެހެން ކުށެއް ސާބިތުވާ ކަމަށް ނިންމުމާ ބެހޭގޮތުން ބެންޗުން މިއަދު ދެ ފަރާތަށް ސުވާލުތައް އަމާޒުކުރި އެވެ. ނަޒީފްގެ ވަކީލް އިސްމާއިލް މުހައްމަދު ވިދާޅުވީ މިރުޒާ މަރާލީ ނަޒީފް ކަމުގެ ހެއްކެއް ނެތުމުން ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމް ބާތިލް ކުރަންޖެހޭ ކަމަށެވެ. އެކަމަކު އޭނާގެ އަމަލުން އެހެން ކުށެއް ސާބިތުވާ ނަމަ، އެކަން ކުރެވިދާނެ ކަމަށް އޭނާ ވެސް އެއްބަސްވެ ވަޑައިގަތެވެ.
ނަމަވެސް ދައުލަތުން އެކަމަށް ދެކޮޅު ހެދި އެވެ. ދައުލަތުން ބުނީ މިރުޒާ މެރުމުގައި ނަޒީފްގެ ބައިވެރިވުން އޮތްކަމުގެ ހެކި އެބަހުރި ކަމަށެވެ. އެހެންވެ، އެހެން ކުށެއްގެ އަދަބު އޭނާއަށް ދޭންޖެހޭ ހާލަތެއް ނެތް ކަމަށް ދަައުލަތުން ބުންޏެވެ.
މިރުޒާގެ މަރުގެ މައްސަލާގައި ނަޒީފްގެ އިތުރުން ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއު މެރުމަށް ވެސް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެ މައްސަލަ އަދި ހައި ކޯޓުން ނުނިމެ އެވެ.
މިރުޒާގެ މަރު: މަރުގެ އަދަބުން ސަލާމަތްވެއްޖެ
ޝަހުމް މަރަން ކުރި ހުކުމް ދަމަހައްޓަން އެދިއްޖެ
ޝަހުމް މަރަން ހުކުމްކުރި މައްސަލަ ސުޕްރީމްކޯޓުން ފަށަނީ
މަންމަ މައާފް ދިނުމުން މަރުގެ އަދަބުން ސަލާމަތްވެއްޖެ
ޝައިފަންގެ މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި
ސަމާހު ހިތްހަމަނުޖެހުމުން ވަކީލު މައްސަލައިން ވަކިކޮށްފި
"ކުޑަކުއްޖަކު" މަރަން ކުރި ހުކުމް ސުޕްރީމް ކޯޓަށް
މިރުޒާގެ މަރު: އެކަކު މަރުގެ އަދަބުން ސަލާމަތްވެއްޖެ
މިރުޒާގެ މަރު: ދެވަނަ މީހާއަށް ވެސް ބައްޕަ މާފުދީފި
ޝުހާދުގެ މަރުގެ މައްސަލަ ސުޕްރީމްކޯޓުން ހުކުމާ ހަމައަށް