އޭޝިއަން ކަޕް ކޮލިފައިން ޕްލޭ އޮފް ފުރަތަމަ ބުރުގެ ދެ ވަނަ ލެގުގައި މިރޭ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަ ނުކުރާނެ ކަމަށް ޔަމަނުގެ ކޯޗު އަބްރަހަމް މެބްރަތޫ ބުނެފި އެވެ.
07 ޖޫން 2016
އޭޝިއަން ކަޕް ކޮލިފައިން ޕްލޭ އޮފް ފުރަތަމަ ބުރުގެ ދެ ވަނަ ލެގުގައި މިރޭ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަ ނުކުރާނެ ކަމަށް ޔަމަނުގެ ކޯޗު އަބްރަހަމް މެބްރަތޫ ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ޔަމަން ވަނީ ފަސޭހަކަމާ އެކު 2-0 އިން މޮޅުވެފަ އެވެ. މިރޭ ރާއްޖެ އަތުން ތިން ލަނޑުގެ ތަފާތުން ބަލިނުވެއްޖެނަމަ ޔަމަނަށް އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުން ސީދާ ޖާގައެއް ލިބޭނެ އެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މެބްރަތޫ ބުނީ މިއީ މުޅިން އާ މެޗެއް ކަމަށާއި ކުރިން ކުޅުނު މެޗުގެ ނަތީޖާ ހަނދާނުގައި ނެތް ކަމަށެވެ.
"ރާއްޖެއަށް ދޭންޖެހޭ އިހްތިރާމް ދީގެން މެޗަށް ނިކުންނާނީ. ފުރަތަމަ މެޗުގެ ނަތީޖާ ހަނދާނުގައި ބަހައްޓައިގެން މި މެޗު ފަސޭހަ ކޮށްލަން ބޭނުމެއް ނޫން. މިއީ މުޅިން އާ މެޗެއް. މި މެޗުން ވެސް މޮޅުވެގެން ދެން އޮތް ބުރަށް ދާން ބޭނުމީ،" މެބްރަތޫ ބުނެފި އެވެ.
އޭނާ ބުނީ މިރޭގެ މެޗަށް ނުކުންނައިރު ޓީމުގައި އަނިޔާގެ މައްސަލައެއް ނެތް ކަމަށާއި އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ފުރަތަމަ ލެގުގައި ނުކުޅެވުނު ޓީމުގެ މުހިއްމު ކުޅުންތެރިޔެއް މިރޭގެ މެޗުގައި ކުޅެވުން ކަމަށެވެ.
ގަތަރުގެ ދޯހާގައި މިރޭ އޭޝިއަން ކަޕްގެ ޕްލޭ އޮފްގައި ރާއްޖެ އާއި ޔަމަނާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ. ޔަމަނުގެ ހޯމް މެޗުތައް އެ ގައުމުގައި ނުކުޅެން ނިންމީ ސަލާމަތީ ސަބަބުތަކަށްޓަކަ އެވެ.
ރާއްޖެ އަތުން ކުރިހޯދޭނެ: ޔަމަން ކޯޗު
ޔަމަން މެޗު ރާއްޖެ އަށް މުހިއްމުވަނީ ކީއްވެ؟
ވޯލްޑް ކަޕްގައި އެމްބާޕޭ އާއި ހާލަންޑްގެ ކުރިމަތިލު
ކެޕްޓަން ސާލިޔާގެ ހެޓްރިކުން އޮޑި އަށް ބޮޑު މޮޅެއް
ޓްރެންޓް އެންމެ މޮޅަށް ކުޅުނު މެޗުގައި އަނިޔާވެއްޖެ!
ތިން އަހަރަށްފަހު ނޭމާގެ ފުރަތަމަ ހެޓްރިކް
ލައްކައަކަށްވުރެ ބޮޑު ޓްރާންސްފާއެއް، ފައިސަލް ނިއުއަށް
ނިއު މޮޅުވާން އޮޑިން ފުރުސަތެއް ނުދިން
އަންހެން ފުޓްބޯޅައިގެ ފުރަތަމަ މެޗު ވިކްޓަރީ އަށް!
އަންހެން ލީގުގެ ކޮންމެ ޓީމަކަށް 100،000ރ.