Roadha Mihaaru
ބަރުދަން ލުއިކުރަން މުހިންމު 5

ބަރުދަން ލުއިކުރަން މުހިންމު 5

22 ޖެނުއަރީ 2020

ބަރުދަން ލުއިކުރަން ބޭނުން ނަމަ ކެއުމުގެ ވައްޓަފާޅި އާއި ކަސްރަތަށް ދޭ ސަމާލުކަން ބޮޑުކުރަންޖެހެ އެވެ. ހާއްސަކޮށް ރަނގަޅު ޑައިޓެއްގެ މަތީގައި ސާބިތުވެ ހުރެގެން ނޫނީ، ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަކީ ވެސް ކުރެވޭނެ ކަމެއް ނޫނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަރުދަން ލުއިކުރަން ބޭނުން ނަމަ ކެއުމުގެ ވައްޓަފާޅި އާއި ކަސްރަތަށް ދޭ ސަމާލުކަން ބޮޑުކުރަންޖެހެ އެވެ. ހާއްސަކޮށް ރަނގަޅު ޑައިޓެއްގެ މަތީގައި ސާބިތުވެ ހުރެގެން ނޫނީ، ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަކީ ވެސް ކުރެވޭނެ ކަމެއް ނޫނެވެ.

އެހެންވެ ކެއުމުގެ ވައްޓަފާޅި އަށް ގެންނަ ބަދަލުގެ ތެރޭގައި އެންމެ ބޮޑަށް ވިސްނަން ޖެހޭނެ އެއް ކަމަކީ ނެގަޓިވް-ކެލަރީ އަށް ސަމާލުވުމެވެ. ބަރުދަން ލުއިކުރަން ބޭނުންވާ ނަމަ ތަރުކާރީ އާއި މޭވާގެ ބާވަތްތަކަކީ މުހިއްމު ރޯލެއް ކުޅޭނެ އެއްޗެކެވެ. އެގޮތުން މިކަމަށް މަގުފަހިކޮށްދޭނެ ފަސް ބާވަތެއް ޑައިޓްގައި ހިމަނަން ސަމާލުކަން ދިނުމަކީ ނަތީޖާ ނެރެން ފަސޭހަވާނެ ކަމެކެވެ.

އެގޮތުން ސެލެރީ އަކީ ބަރުދަން ލުއިކުރަން އުޅޭ ނަމަ ކޮންމެހެން ވެސް ކާން ޖެހޭ އެއްޗެކެވެ. ސެލެރީގެ ކޮންމެ 100 ގްރާމެއްގައި ހިމެނޭނީ އެންމެ 16 ކެލަރީޒެވެ. އަދި މިއީ ފައިބަރާއި ވިޓަމިން އޭ އާއި ސީން ވެސް މުއްސަނދިވެފައިވާ އެއްޗެކެވެ.

ދިވެހިންގެ ތެރެއިން ގިނަ މީހުން އާންމުކޮށް ކަރާ ކަނީ ރޯދަ މަހު ކަމަށް ވިޔަސް މިއީ ދުޅަހެޔޮ ސިއްހަތަކަށް އާންމުކޮށް ބޭނުންކުރުން މުހިއްމު ބާވަތަކެވެ. ކަރާގެ ބޭނުން މޫސުމީ ކަމަކަށް ނަހަދަން ޖެހެނީ މި މޭވާ އަކީ ޑައިޓަކަށް ތަބާވާ ނަމަ ބޭނުންކުރުން ވަރަށް މުހިއްމު އެއްޗަކަށްވުމެކެވެ. ކަރަ އަކީ ލިކޮޕީން ފަދަ އެތައް މާއްދާއަކުން މުއްސަނދިވެފައިވާ އެއްޗެކެވެ. ކަރާގެ ކޮންމެ 100 ގްރާމަކުން ލިއްބައިދޭނީ 30 ގްރާމް ކެލަރީޒެވެ.

ދެން އޮތީ ކެރެޓްގެ ވާހަކަ އެވެ. މިއީ ވެސް އާންމުކޮށް ގިނަ ބަޔަކު ބޭނުންކުރާ އެއްޗެކެވެ. ވިޓަމިން އޭ، ސީ، ކޭ އަދި މެގްނީއަމާއި ޕޮޓޭސިއަމުން މުއްސަނދިވެފައިވާ މި ތަރުކާރީގެ ކޮންމެ 100 ގްރާމެއްގައި ހިމެނޭނީ 41 ކެލަރީޒެވެ.

ބަރުދަން ލުއިކުރަން ޓޮމާޓޯ އަކީ ބޭނުންތެރި އެއްޗެކެވެ. ތަފާތު ގޮތްގޮތަށް ބޭނުންކޮށްލެވިދާނެ މި މޭވާ އަކީ ޑައިޓްރީ ފައިބަ އާއި ޕޮޓޭސިއަމާއި ވިޓަމިން ސީ އާއި އެތަކެއް އެންޓ-އޮކްސިޑަންޓްތަކެއް އެކުލެވޭ ފައިދާތައް ގިނަ އެއްޗެކެވެ. ޓޮމާޓޯގެ ކޮންމެ 100 ގްރާމަކުން ލިބޭނީ 19 ކެލަރީޒެވެ.

ތަރުކާރީގެ ބާވަތްތަކުގެ ތެރެއިން ބްރޮކޮލީ އަކީ ވެސް ސުފުރާ މައްޗަށް ގެނައުން ވަރަށް މުހިއްމު ބާވަތެކެވެ. މީގެ ކޮންމެ 100 ގްރާމަކުން 34 ކެލަރީޒް ލިއްބައިދޭ އިރު، ހަށިގަނޑަށް ފައިދާ ހުރި އެތަކެއް ނިއުޓްރިއަންޓެއް ފޯރުކޮށްދެ އެވެ. އެހެންވެ ބްރޮކޮލީ ސިފަކުރަނީ ވެސް ތަރުކާރީގެ ތެރެއިން ސުޕަފުޑެއްގެ ގޮތުގަ އެވެ. ބްރޮކޮލީ އަކީ ކެންސަރުން ދުރުކޮށްދޭ މާއްދާތަކުން ވެސް މުއްސަނދި އެއްޗެކެވެ.

މި ބާވަތްކުގެ އިތުރަށް ބަރުދަން ލުއިކުރަން ޑައިޓްގެ ތެރޭގައި ހިމަނައި ލެވިދާނެ ތަކެތީ ތެރޭގައި އާފަލާއި ކިއުކަމްބާ އާއި ގްރޭޕްފުރްޓާއި ބެރީޒް އާއި ޒުކިނީ ހިމެނެ އެވެ.