Roadha Mihaaru
ނަފްސާނީ މައްސަލަތަކާ ދެކޮޅަށް މޭވާ އާއި ތަރުކާރީ

ނަފްސާނީ މައްސަލަތަކާ ދެކޮޅަށް މޭވާ އާއި ތަރުކާރީ

20 ފެބުރުއަރީ 2019

މޭވާ އާއި ތަރުކާރީ ކާ ނަމަ ނަފްސާނީ މައްސަލަތަކުން ދުރުކޮށްދޭ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މޭވާ އާއި ތަރުކާރީ ކާ ނަމަ ނަފްސާނީ މައްސަލަތަކުން ދުރުކޮށްދޭ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އިނގިރޭސިވިލާތުގެ ލީޑްސް ޔުނިވަސިޓީން ހަދާފައިވާ ދިރާސާގައި ބުނާ ގޮތުން ޖިސްމާނީ ގޮތުން މީހާ ވަރުގަދަވާން މޭވާ އާއި ތަރުކާރީ މުހިއްމު ދައުރެއް އަދާކުރާ ގޮތަށް، އެ ބާވަތްތައް ގަވައިދުން ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ހިމަނާ ނަމަ، ނަފްސާނީ ގޮތުން ލިބޭ ހިތްހަމަޖެހުން ވެސް ބޮޑުކޮށްދެ އެވެ.

ސިއްހީ ތަޖުރިބާކާރުން ވެސް އަބަދު ދޭ ނަސޭހަތަކީ ކުލަގަދަ މޭވާ އާއި ތަރުކާރީ ކެއުން އާދަކުރުމެވެ. އާ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މޭވާ އާއި ތަރުކާރީ ބޭނުންކުރާ ނަމަ އެއިން ލިއްބައިދޭ ވިޓަމިން ސީ އާއި އީގެ މާއްދާތަކުން މޫޑަށް އުފާވެރިކަން ގެނެސްދެ އެވެ.

އެހެންވެ އެފަދަ ބާވަތްތައް ކެއުމުން ހިތާއި ސިކުނޑި އަށް ހަމަޖެހުން ލިބެ އެވެ.

ދިސާރާގައި ބުނި ގޮތުގައި ނަފުސާނީ މައްސަލަތަކާ ދުރުވުމަށް ކަސްރަތުކުރުމެކޭ އެއްފަދައިން ތަރުކާރީ އާއި މޭވާ ވެސް މުހިންމެވެ.

ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި މޭވާ އާއި ތަރުކާރީން ލިއްބައިދޭ ފުރިހަމަ ފައިދާ ލިބޭނީ އެފަދަ ބާވަތްތައް ވީހާ ވެސް ތާޒާކޮށް ކެއުމުންނެވެ. އަދި ކައްކައިގެން ތަރުކާރީ ފަދަ ބާވަތްތައް ކޭ ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ވީހާ ވެސް ކުޑަކޮށް ރޯ ފިލުވައިގެން ކެއުމުން ކަމަށް ބުންޏެވެ.

މި ފަހަކަށް އައިސް ވަރަށް ގިނަ މީހުންނަކީ ނަފްސާނީ އެކި ކަހަލަ މައްސަލަތައް ދިމާވާ މީހުންނެވެ. އޭގެ ތެރޭގައި ޑިޕްރެޝަން، އެންޒައިޓީ، ސްޓްރެސް، ޕޯސްޓް ޓްރޯމެޓިކް ޑިސްއޯޑާ އަދި ބައިޕޯލާ ޑިސްއޯޑާ ފަދަ މައްސަލަތައް ހިމެނެ އެވެ.