03 އެޕްރީލް 2022
ގާނޫނީ ދާއިރާއިން ކިޔެވުމަށް މިދިޔަ މަހުގެ ތެރޭގައި އައިޝާ ސްރީލަންކާ އަށް ދިޔައިރު ވެސް އެ ގައުމު އޮތީ އިގުތިސޯދީ ގޮތުން ދަތި ހާލަތެއްގަ އެވެ. އެކަމަކު، ގޭހާއި ތެޔޮ ނުލިބި ކަރަންޓު ކެނޑުމާއި ކަރުދާސް ގަންނާނެ ފައިސާ ނެތިގެން ސްކޫލު އިމްތިހާނު ކެންސަލް ކުރަން ޖެހިދާނެ ކަމަކަށް 25 އަހަރުގެ އެ ޒުވާނާ އެއްގޮތަކަށް ވެސް ހިއެއް ނުކުރެ އެވެ.
ގާނޫނީ ދާއިރާއިން ކިޔެވުމަށް މިދިޔަ މަހުގެ ތެރޭގައި އައިޝާ ސްރީލަންކާ އަށް ދިޔައިރު ވެސް އެ ގައުމު އޮތީ އިގުތިސޯދީ ގޮތުން ދަތި ހާލަތެއްގަ އެވެ. އެކަމަކު، ގޭހާއި ތެޔޮ ނުލިބި ކަރަންޓު ކެނޑުމާއި ކަރުދާސް ގަންނާނެ ފައިސާ ނެތިގެން ސްކޫލު އިމްތިހާނު ކެންސަލް ކުރަން ޖެހިދާނެ ކަމަކަށް 25 އަހަރުގެ އެ ޒުވާނާ އެއްގޮތަކަށް ވެސް ހިއެއް ނުކުރެ އެވެ.
ރައީސް މައިތުރިޕާލާ ސިރިސޭނާގެ ވެރިކަމުގައި ސިޔާސީ ހާލަތު ގޯސްވެ 2018 ވަނަ އަހަރު ތިން ފަހަރަށް ސޯޝަލް މީޑިއާ ޑައުންކުރިއިރު، އަދި އޭގެ ފަހުން 2019 ވަނަ އަހަރު އީސްޓަ ބޮމުގެ ހަމަލާއާ ގުޅިގެން ލަންކާގައި ވަރުގަދަ ފިޔަވަޅުތައް އެޅިއިރު ވެސް އައިޝާ ހުރީ ލަންކާގަ އެވެ.
"އޭރު ވެސް ލަންކާ ވަރަށް ހަލަބޮލިވެގެން ދިޔައީ. އެކަމަކު މި ހާލަތަކަށް ނުދޭ،" އޭނާ ބުންޏެވެ.
މީގެ 74 އަހަރު ކުރިން ލަންކާ މިނިވަންވީ ފަހުން މި ވަރުގެ އިގްތިސާދީ ތަދެއް އެ ގައުމު ތަޖުރިބާ ކޮށްފައި ނުވެ އެވެ. ކޮންމެ ދުވަހަކު 13 ގަޑިއިރަށް މުޅި ލަންކާއިން ކަރަންޓު ކަނޑައި އޮޕަރޭޝަންތައް މަޑުޖެހުމާ އެކު ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައިފި އެވެ. ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަން ފެށުމާއެކު ވަނީ 36 ގަޑިއިރުގެ ކާފިއުއެއް އިއުލާންކޮށްފަ އެވެ.
އެ ހުރިހާ ފިޔަވަޅަކާ އެކު، ލަންކާގައި ރޯދަ މަހުގެ ފުރަތަމަ ދުވަހަށް މިއަދު މަރުހަބާ ކިޔައިފި އެވެ. އެތައް ހާސް ދިވެހިންނެއް ދިރިއުޅޭ އެ ގައުމުގައި ދިވެހިން ވެސް ތަހައްމަލްކުރަނީ ދަތި، އުނދަގޫ ދުވަސްވަރެކެވެ.
"މިއަދު ރޯދަ ފެށޭތީ އިއްޔެ ބައެއް އެއްޗެހި ގަނެފައި ނިންމީ އިތުރަށް ބޭނުންވާ އެއްޗެހި ރޭ ގަންނަން. އެކަމަކު އެހެން ހުއްޓައި ކާފިއު އިއުލާނުކޮށްފި. ހުރިހާ ކަމެއް ކުރަން ލިބުނީ ދޮޅު ގަޑިއިރު. ގިނަ ސުޕަމާކެޓުތައް ވެސް ހުރީ ބަންދުކޮށްފައި ކާފިއުގެ ކުރިން މުވައްޒަފުން ގެއަށް ފޮނުވާލަން. ހުރިހާ މަގެއް ބަންދުވެފައި ހުރީ،" ކޮލޮމްބޯގައި ދިރިއުޅޭ އައިޝާ ބުންޏެވެ.
ލަންކާގެ ޕެޓްރޯލް ސްޓޭޝަނެއްގައި ސިފައިންގެ މީހަކު މިއަދު ފޯރިމަރަނީ. --ފޮޓޯ:އޭއެފްޕީ
"އޭޓީއެމްއަށް ދިޔައިރު ވެސް ދިގު ކިއުއެއް އޮތް. އެ ހިސާބާ ހަމައަށް ދާން ވަގުތުކޮޅެއް ނެގި. މީހުން ވެސް މަގުމަތީގައި އެކި ކޮޅުކޮޅަށް ދިޔައީ ދުވަމުން. ކުދިން އަތުގައި ހިފަހައްޓައި މައިން ދިޔައީ ރޮމުން."
"އޭޓީއެމްއަށް ދިޔައިރު ވެސް ދިގު ކިއުއެއް އޮތް. އެ ހިސާބާ ހަމައަށް ދާން ވަގުތުކޮޅެއް ނެގި. މީހުން ވެސް މަގުމަތީގައި އެކި ކޮޅުކޮޅަށް ދިޔައީ ދުވަމުން. ކުދިން އަތުގައި ހިފަހައްޓައި މައިން ދިޔައީ ރޮމުން."
އައިޝާ ބުނީ ކީލްސްގެ ސުޕަމާކެޓެއް ހޯދަން އެކި ތަންތަނަށް ދުއްވުމަށް ފަހު، ފެނުނު ތަން ވެސް އޮތީ މީހުންނައިގެން ފުރިފަ އެވެ. އެކަމަކު، އިތުރު ގޮތެއް ނެތުމުން އެ ސުޕަމާކެޓުގައި ވިޔަފާރިކުރަން ގާތްގަނޑަކަށް ގަޑިއިރެއް ވަންދެން ކިއުގައި އޭނާ މަޑުކުރި އެވެ.
"އޭރު 5:15 ވެއްޖެ. މީހުން ދިޔައީ ސުޕަމާކެޓު ތެރޭގައި ދުވަމުން. ހީވީ އެ މީހުންގެ ދިރިއުޅުން ބަރޯސާވެފައި އޮތީ އެ ތަނަށް ހެން. ކިއުގައި މަޑުކޮށް ސުޕަމާކެޓު ތެރެއަށް ވަދެވެނުއިރު ފިޔާ، މިރުސް އަދި ލުނބޯ ހުރީ ހުސްވެފައި. ތަޅުންގަނޑު މައްޗަށް ހުރީ ހަނޑޫ ކަހަލަ އެއްޗެހި އެޅިފައި،" އިންޓަނެޓު ޑައުންކުރުމުން، ވީޕީއެން މެދުވެރިކޮށް ސޯޝަލް މީޑިއާއިން ވާހަކަދައްކަމުން އައިޝާ ބުންޏެވެ.
ފާތުން [އަސްލު ނަމެއް ނޫން] އަކީ ޕައިލެޓް ޓްރެއިނިން ހަދަން މީގެ ދެ ހަފުތާ ކުރިން ދެހިވަލާ އަށް ދިޔަ ޒުވާނެކެވެ. އޭރު މުޅި ލަންކާ އިން ވެސް ދިޔައީ އެކި ވަގުތުތަކުގައި ކަރަންޓް ކަނޑަމުންނެވެ.
"އިއްޔެ ހަވީރު ހަތަރެއްގައި ކަރަންޓު ދިޔައީ. އޭގެ ކުރިން ބަދިގޭގެ މަސައްކަތް ނިންމައިފިން، އެހެން ނޫނީ ނުއެއް ކެއްކޭނެ. އިއްޔެ ޝޮޕިންނަށް ދިޔައީމަ މި ސަލާމަތްވީ ވެސް."
"އިއްޔެ ހަވީރު ހަތަރެއްގައި ކަރަންޓު ދިޔައީ. އޭގެ ކުރިން ބަދިގޭގެ މަސައްކަތް ނިންމައިފިން، އެހެން ނޫނީ ނުއެއް ކެއްކޭނެ. އިއްޔެ ޝޮޕިންނަށް ދިޔައީމަ މި ސަލާމަތްވީ ވެސް. ވަރަށް ވަރަށް ގިނަ މީހުން އުޅުނު ކާފިއުއަށް ތައްޔާރުވާން. މިއަދު އެންމެން ވެސް ތިބީ ގޭގައި. ނުފެނޭ އެއްވެސް ވެހިކަލެއް،" ފާތުން ބުންޏެވެ.
އޭނާ ބުނިގޮތުގައި ރޭ 12 ޖެހިއިރު ސޯޝަލް މީޑިއާ ޑައުންވުމުން އެންމެން ވެސް ފުރަތަމަ ހީކުރީ ނެޓްވޯކް މައްސަލައެއް އުޅެނީ ކަމަށެވެ.
"މިހާރު ވެސް ވީޕީއެން ބޭނުންކޮށްގެން މި އުޅެނީ. ކިޔަވާ ކުދިން ވަރަށް ގިނަ. އެ މީހުން ބުނީ އަބަދު ވެސް މި ކަހަލަ ކޮންމެ ވެސް ކަމެއްގައޭ އުޅެން ޖެހެނީ،" ފާތުން ބުންޏެވެ.
ހާލަތު ބޮއްސުންލައިގެން ދިއުމުން ކްލާސްތައް ވެސް ވަނީ ކެންސަލް ކޮށްފަ އެވެ. ލަންކާގެ މަސްރަހު ގޯސްވާން ފެށުމާ އެކު ވަރަށް ގިނަ ދިވެހިން ވަނީ އެނބުރި އައިސްފަ އެވެ. އެކަމަކު ހާލަތު ހަމަ ކުއްލިއަކަށް ވެސް ބަދަލުވެދާނެ ކަމަށް ގަބޫލުކޮށް، އައިޝާ އާއި ފާތުންނެކޭ އެއްގޮތަށް އެތައް ބަޔަކު ތިބީ އެ ގައުމުގައި މަޑުކޮށްގެންނެވެ.
ނަސީބުގެ ދަތުރު، ރާއްޖެ ދޫކޮށް ނުދެވުނު!
ލަންކާގެ ހަމަލާ: ދިވެއްސެއްގެ ދަރިއަކު ހައްޔަރުކޮށްފި
ލަންކާގެ އާ ބޮޑުވަޒީރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
ލަންކާގެ އިންތިހާބީ ރައީސް އަނޫރާއަށް ރައީސްގެ މަރުހަބާ
ލަންކާ އިންތިހާބާ ގުޅިގެން ދިވެހިން ސަމާލުވާން އެދިއްޖެ
ރާއްޖެ-ލަންކާ ގުޅިގެން ޓޫރިޒަމް ކުރިއެރުވޭނެ: މަސްއޫދު
ލަންކާއާއެކު ޓްރީޓީއަކަށް ދާން މަޖިލީހުން ރުހުންދީފި
ރައީސް، ރަސްމީ ދަތުރުފުޅެއްގައި ލަންކާ އަށް
ލަންކާއާ އެކު ޖިނާއީ ކަންކަމުގައި އެއްބާރުލުން ދެނީ
ލަންކާ ވިސާ ލިބުމުގައި ދަތިނުވާނެ ކަމުގެ ޔަގީންކަން