04 އެޕްރީލް 2022
މި ރޯދަ މަހު މާލޭގައި ވިޔަފާރި މުދާ އުފުލަން ވަކި ގަޑިތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ކަނޑައަޅައިފި އެވެ.
މި ރޯދަ މަހު މާލޭގައި ވިޔަފާރި މުދާ އުފުލަން ވަކި ގަޑިތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ކަނޑައަޅައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ހަ ރޯދަ ނިމެންދެން، މާލޭގައި ވިޔަފާރި މުދާ އުފުލޭނީ ހެނދުނު 9:00 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށް ކަމަށެވެ.
ހަވީރު 4:30 އާއި ރޭގަނޑު 8:00 އާ ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް، ވިޔަފާރި އުސޫލުން، ގަނޑުކޮށް އުފުލުން މަނާވާނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
ހެނދުނު 9:00 އިން ހަވީރު 4:30 އަށް އަދި ދަންވަރު 1:00 އިން ހެނދުނު 6:00 އަށް ސިނަމާލެ ބުރިޖުން، މުދާ އުފުލޭނެ އެވެ. އަދި އެ ވަގުތުތަކުގައި އުޅަނދުތައް ބްރިޖަށް އަރަން ޖެހޭނީ މާލެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުންނެވެ.
ހެނދުނު 9:00 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށް ފެނާއި ކައްކާ ގޭސް ވެސް ސިނަމާލެ ބްރިޖު ހުރަސްކޮށް ގެންދެވޭނެ އެވެ.
ވަޅޯމަސް މާރުކޭޓު ސަރަހައްދުން ޕިކަޕަކަށް ކަރާ ބަރުކުރަނީ: މި ރޯދަ މަހު މާލޭގައި މުދާ އުފުލަން ވަކި ގަޑިތަކެއް ސަރުކާރުން މިހާރު ވަނީ ކަނޑައަޅައިފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ އެންގުމާ ހިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އާންމުކޮށް ކޮންމެ ރޯދަ މަހަކު ވެސް މާލޭގެ މަގުތަކުގައި ޓްރެފިކް ވަރަށް ބާރުބޮޑުވެ އެވެ. އެހެންވެ، މަގުތަކަށް ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ކޮންމެ އަހަރަކު ވެސް ވިޔަފާރި މުދާ އުފުލަން ވަކި ގަޑިތަކެއް ކަނޑައަޅަ އެވެ.
ރޯދަ މަހު އެންމެ ބާރުބޮޑުވާ މާލޭގެ މާރުކޭޓް ސަރަހައްދުގެ ޓްރެފިކް މެނޭޖްކުރުމުގެ ގޮތުން، ކޮންމެ ދުވަހެއްގެ މެންދުރު 1:00 އިން އިރުއޮއްސި 6:00 އަށް، އެ ސަރަހައްދަށް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ނުވަދެވޭ ގޮތް ފުލުހުން ވެސް ވަނީ ހަދައިފަ އެވެ.
ރަޖިސްޓްރީ ނުކުރާ 1،000 އަށް ވުރެ ގިނަ ވެހިކަލް!
ތޮއްޖެހުން ކުޑަކުރަން މަގުތަކުން 108އުޅަނދު ނަގައިފި
ވޯޓުލާ ދުވަހު މާލޭގައި ބޮޑެތި ވެހިކަލް ދުއްވުން މަނާ
އަމީރު އަހުމަދު މަގު އަލުން ހުޅުވައިލަނީ
މާލޭގެ މަގުތަކުގެ ހާލަތު ބެއްލެވުމަށް އައިޝާ މަގުތަކަށް
ކުދި ޕިކަޕްތަކުގައި ދުވާލު މުދާ އުފުލޭ ގޮތް ހަދައިފި
ޕާކު ކުރަންވީ ވެހިކަލް ދުއްވުމުގެ މުސްކުޅި ގަވައިދު
ކޮންމެ ފަސް މިނިޓަކުން ފުލުހަކާ ދިމާވާނެ ގޮތް ހަދަނީ
މާލެއަކީ ޓޯޔާޑެއް؛ އޮތީ ވެހިކަލް ޖަމާކުރުމާ ނައްތާލުން
ޓްރެފިކް ފުލުހުންގެ މަސައްކަތް އާންމުކުރަން ފަށައިފި