މިއުޒިކީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑް ހަފުލާ "ދަ ގްރެމީސް"ގައި އެންމެ ގިނަ އެވޯޑުތަކެއް ހޯދައި، މި އަހަރުގެ އެންމެ ކާމިޔާބު އާޓިސްޓަކަށް، ލަވަކިޔުންތެރިޔާ ޖޯން ބަޓީސްޓް ވެއްޖެ އެވެ.
05 އެޕްރީލް 2022
މިއުޒިކީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑް ހަފުލާ "ދަ ގްރެމީސް"ގައި އެންމެ ގިނަ އެވޯޑުތަކެއް ހޯދައި، މި އަހަރުގެ އެންމެ ކާމިޔާބު އާޓިސްޓަކަށް، ލަވަކިޔުންތެރިޔާ ޖޯން ބަޓީސްޓް ވެއްޖެ އެވެ.
އެތައް މަހެއްގެ ޑިލޭ އަށް ފަހު އިއްޔެ ބޭއްވި ގްރެމީސް އެވޯޑް ޝޯގައި ވަރަށް ގިނަ އާޓިސްޓުންނާއި އާންމުކޮށް އަޑު ނީވޭ އާޓިސްޓުންނަށް އެވޯޑުތައް ލިބުނެވެ.
މި އަހަރުގެ ގްރެމީސް ނޮމިނޭޝަންގައި އެންމެ ބޮޑު ޝޮކަކަށް ވެގެން ދިޔައީ، އެމެރިކާގެ ލަވަކިޔުންތެރިޔާ ޖޯން ބަޓީސްޓަށް ލިބުނު ނޮމިނޭޝަންތަކެވެ. އޭނާ މިއަދުގެ އެވޯޑް ހަފުލާ އަށް ދިޔައީ ޖުމްލަ 11 ނޮމިނޭޝަންއާ އެކުގަ އެވެ. އަދި އެވޯޑް ނިމުނު އިރު އޭނާ ވަނީ ޖުމްލަ ފަސް އެވޯޑެއް ހޯދައިފަ އެވެ.
ޖޯން ހޯދި އެވޯޑްތަކުގެ ތެރޭގައި ހަފުލާގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ "އަލްބަމް އޮފް ދަ އިޔާ" ވެސް ހިމެނެ އެވެ. އޭނާގެ އަލްބަމް "ވީ އާ" އަށް އެ އެވޯޑް ލިބުނުއިރު، އެ އެވޯޑަށް ލޭޑީ ގާގާ، ޑޯޖާ ކެޓް، ޖަސްޓިން ބީބާ، އޮލިވިއާ ރޮޑްރީގޯ އަދި ޓޭލާ ސްވިފްޓުގެ އަލްބަމް ވެސް ވާދަކުރި އެވެ.
ބްރޫނޯ މާސް: މިއަހަރުގެ ގްރެމީސްގައި އޭނާ ވަނީ ހަތަރު އެވޯޑް ހޯދައިފައި.
އަހަރުގެ ދެވަނަ އަށް އެންމެ ބޮޑު ކާމިޔާބީތަކެއް ހޯދީ، ބްރޫނޯ މާސް އާއި އެންޑަސަން ޕާކް ހިމެނޭ ބޭންޑް "ސިލްކް ސޮނިކް" އިން ނެރުނު ލަވަ "ލީވް ދަ ޑޯ އޯޕެން" އަށެވެ. އަހަރުގެ އެންމެ މޮޅު ރެކޯޑްގެ އިތުރުން އެންމެ މޮޅު އާރުއެންޑްބީ ލަވައިގެ އެވޯޑު ވެސް އެ ލަވަ ހޯދި އެވެ.
އޮލިވިއާ ރޮޑްރީގޯ: މިއަހަރުގެ ގްރެމީސްގައި އޭނާ ވަނީ ތިން އެވޯޑު ހޯދައިފައި.
ތިންވަނަ އަށް އެންމެ ގިނައިން އެވޯޑު ލިބުނީ ޒުވާން ޕޮޕް ލަވަކިޔުންތެރިޔާ އޮލިވިއާ ރޮޑްރީގޯ އަށެވެ. އޭނާ ވަނީ އަހަރުގެ އެންމެ މޮޅު ޕޮޕް ލަވައިގެ އިތުރުން އެންމެ މޮޅު ޕޮޕް އަލްބަމްގެ އެވޯޑު ވެސް ހޯދައިފަ އެވެ.
ގްރޭމީސްގައި ބިލީގެ ލަވަ، އެންމެ މޮޅު ލަވަ އަށް
ރެޑްކްލިފަށް ލަވަކިޔުންތެރިއެއްގެ ބަޔޮޕިކެއް
ނެޓްފްލިކްސް އިން ވޯނާ ބްރަދާޒް އާއި އެޗްބީއޯ ގަންނަނީ
ސްކުއިޑް ގޭމް އެމެރިކާ ޑައިރެކްޓްކުރަނީ ޑޭވިޑް ފިންޗާ
ތަރިންނާއެކު އިންޑިއާގައި އަނެއްކާވެސް ބޮޑު ކައިވެންޏެއް
"ހަންގާ ގޭމްސް"ގެ އާ ފިލްމު އަންނަ އަހަރު ގެނެސްދެނީ
ލައިވް އެކްޝަން "މޮއާނާ"ގެ ޓީޒާއެއް އާންމުކޮށްފި
ނޯލަންގެ "އޮޑެސީ"ގެ ފުރަތަމަ ފެނިލުން
ޓޭލާ ސްވިފްޓްގެ ޑޮކިއު ސީރީޒްގެ ޓްރެއިލާ އާންމުކޮށްފި
އެޑެލް ހޮލީވުޑް ފިލްމެއް ކުޅެނީ