Roadha Mihaaru
ގްރޭމީސްގައި ބިލީގެ ލަވަ، އެންމެ މޮޅު ލަވަ އަށް

ގްރޭމީސް: އަހަރުގެ އެންމެ މޮޅު ލަވައަކަށް ބިލީގެ "ވަޓް ވޯޒް އައި މޭޑް ފޯ؟"

05 ފެބުރުއަރީ 2024

މިއުޒިކްގެ ދުނިޔޭގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް، ގްރޭމީސް އެވޯޑްގައި މި އަހަރު އެންމެ މޮޅު ލަވައަކަށް އެމެރިކާގެ ލަވަކިޔުންތެރިޔާ، ބިލީ އައިލިޝްގެ "ވަޓް ވޯޒް އައި މޭޑް ފޯ؟" ހޮވިއްޖެ އެވެ.

މިއުޒިކްގެ ދުނިޔޭގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް، ގްރޭމީސް އެވޯޑްގައި މި އަހަރު އެންމެ މޮޅު ލަވައަކަށް އެމެރިކާގެ ލަވަކިޔުންތެރިޔާ، ބިލީ އައިލިޝްގެ "ވަޓް ވޯޒް އައި މޭޑް ފޯ؟" ހޮވިއްޖެ އެވެ.

މިއަދު ބޭއްވި ގްރޭމީސް އެވޯޑްގައި އެންމެ ގިނަ އެވޯޑް ލިބުނީ ވެސް ބިލީ އައިލިޝް އަށެވެ. އޭނާ އަށް ދެ އެވޯޑެއް ލިބުނެވެ. އެއީ "ސޯންގް އޮފް ދި އިޔާ"ގެ އިތުރުން "ބެސްޓް ސޯންގް ރިޓެން ފޯ ވިޝުއަލް މީޑިއާ" ވެސް ލިބިފަ އެވެ. އެ ދެ އެވޯޑު ވެސް ލިބުނީ މިދިޔަ އަހަރު ނުކުތް ހޮލީވުޑްގެ ކާމިޔާބު ފިލްމު "ބާބީ"ގައި ފީޗާކޮށްފައިވާ ލަވަ "ވަޓް ވޯޒް އައި މޭޑް ފޯ؟" އަށެވެ.

މިފަހަރުގެ ގްރޭމީސްގެ އުސްއަލިތަކުގެ ތެރޭގައި އެމެރިކާގެ ލަވަކިޔުންތެރިޔާ، މައިލީ ސައިރަސް އަށް ފުރަތަމަ ފަހަރަށް އެވޯޑެއް ކާމިޔާބުވުން ހިމެނެ އެވެ. އޭނާ އަށް ލިބުނީ ބެސްޓް ޕޮޕް ސޯލޯ ޕާފޯމަންސްގެ އެވޯޑެވެ. މި އެވޯޑް ލިބުނީ މިދިޔަ އަހަރު އޭނާ ނެރުނު ވަރަށް ހިޓުވި ލަވައެއް ކަމަށްވާ "ފްލާވާސް" އަށެވެ.

މި ހަފުލާގައި ޓޭލާ ސްވިފްޓް ވަނީ އޭނާ އާ މިއުޒިކް އަލްބަމް "ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް" ވެސް އިއުލާންކޮށްފަ އެވެ. އެ އަލްބަމް ނެރެނީ އަންނަ އެޕްރީލް މަހު 19 ގަ އެވެ.

ފާހަގަކޮށްލެވޭ އެވޯޑުތައް

• ބެސްޓް ނިއު އާޓިސްޓް / ވިކްޓޯރިއާ މޯން

• ބެސްޓް ޕޮޕް ވޯކަލް އަލްބަމް / ޓޭލާ ސްވިފްޓްގެ "މިޑްނައިޓްސް"

• ބެސްޓް ރޮކް ޕާފޯމަންސް / ބޯއީޖީނިއަސްގެ "ނޮޓް ސްޓްރޯންގް އިނާފް"

• ބެސްޓް މެޓަލް ޕާފޯމަންސް / މެޓަލިކާގެ "72 ސީޒަންސް"

• ބެސްޓް މިއުޒިކް ވީޑިއޯ / ދަ ބީޓްލްސްގެ "އައިމް އޮންލީ ސްލީޕިން"

• ބެސްޓް މިއުޒިކް ފިލްމް / ޑޭވިޑް ބޯވީގެ "މޫނޭޖް ޑޭޑްރީމް"

މިފަހަރު ގްރޭމީސްގައި ވަނީ 94 ކެޓަގަރީއަކުން އެވޯޑު ދީފަ އެވެ. މި އެވޯޑުތައް ދިނުމަށް ދެ ހަފުލާއެއް ބާއްވަން ވަނީ ނިންމައިފަ އެވެ. ދެވަނަ ހަފުލާ ބާއްވަނީ މާދަމާ އެވެ.