Roadha Mihaaru
މެލޭޝިއާގައި ހުންނެވި ސަފީރު ވިސާމް އިސްތިއުފާދެއްވައިފި

މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުން ވިސާމް އިސްތިއުފާ ދެއްވައިފި

05 އެޕްރީލް 2022

މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ވިސާމް އަލީ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ވިސާމް އަލީ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މާޗް، 2019 ގައި އެ މަގާމަށް އަައްޔަން ކުރެއްވި ވިސާމް އިސްތިއުފާ ދެއްވިކަން ފޮރިން މިނިސްޓްރީން މިރޭ ކަށަވަރުކޮށް ދިނެވެ. އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް މިރޭ ވަނީ ވިސާމްގެ ސަފީރު ކަމުގެ ދައުރުގައި ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އޭނާ އިސްތިއުފާ ދެއްވުމުން މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން ވަގުތީ ގޮތުން ހިންގަވާނީ ޑެޕިއުޓީ ހައިކޮމިޝަނަރެވެ.

ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ވިސާމަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އަނބިކަނބަލުންނެވެ.