ހުޅުމާލެ މަތިން ދުއްވާފައި ދިޔަ ސީ ޕްލޭނެއް ޖައްސަން ދިޔަ މަންޒަރު ޑްރޯނަކުން ވީޑިއޯކުރި މައްސަލައެއް ފެންމަތިވެ، ކަމާ ގުޅޭ އިދާރާތަކުންނާއި ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
06 އެޕްރީލް 2022
ހުޅުމާލެ މަތިން ދުއްވާފައި ދިޔަ ސީ ޕްލޭނެއް ޖައްސަން ދިޔަ މަންޒަރު ޑްރޯނަކުން ވީޑިއޯކުރި މައްސަލައެއް ފެންމަތިވެ، ކަމާ ގުޅޭ އިދާރާތަކުންނާއި ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފައިވާ އެ ވީޑިއޯ އިން ފެންނަނީ ހުޅުމާލޭގެ ދެވަނަ ފިޔައްވަސާއި ފުރަތަމަ ފިޔަވަހި ގުޅޭ ސަރަހައްދު މަތިން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ބޯޓެއް ދާއިރު، އެ ބޯޓާ ކައިރިން ޑްރޯން އަރުވައިގެން ވީޑިއޯ ކުރާ ތަނެވެ.
މި ކަމާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ، އެއާޕޯޓާއި އެއާކްރާފްޓް ދަތުރުކުރާ ސަރަހައްދުގައި ޑްރޯން އެރުވުމާ ގުޅޭ އުސޫލުތައް ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ގުޅިގެން އެ މިނިސްޓްރީން އިތުރަށް ބަލަން ފަށާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، މި މައްސަލަ ސަމާލުކަމަށް އައުމާ ގުޅިގެން ޑްރޯނާ ގުޅޭ ރެގިއުލޭޝަންތައް ބަލަމުން އަންނަ ކަމަށެވެ. އެ ކަންކަމަށް ފަހު އިތުރު ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Here is another one by the same drone pilot, taken from above a seaplane. Authorities need to raise awareness @MoTCAmv @aishath_nahula @TransMaldivian @Flyme_mv @MantaAir @matca_info pic.twitter.com/pwHwXFAmAS
— Saddam (@saalhey) April 5, 2022
އެއާޕޯޓާއި އެއާކްރާފްޓް ގިނައިން ދަތުރުކުރާ ސަރަހައްދުތަކުގައި ޑްރޯން އެރުވުމަށް ހަރުކަށި އުސޫލުތައް މިހާރު ވެސް އެބަހުއްޓެވެ. މާލޭގައި ރަސްފަންނު ފިޔަވައި އެހެން ސަރަހައްދުތަކުގައި ޑްރޯން އެރުވުން މަނާއިރު، ހުއްދަ ނުނަގައި ހުޅުމާލޭގައި ވެސް ޑްރޯން އެރުވެނީ ސެންޓްރަލް ޕާކު އަދި ފޭސް ދޭއްގެ އެންމެ އުތުރުގައި ވެސް ޑްރޯން އެރުވެ އެވެ.
އެނޫން ސަރަހައްދުތަކުގައި ޑްރޯން އެރުވޭނީ ޑިފެންސް މިނިސްޓްރީގެ ހުއްދަ ނަގައިގެންނެވެ.
އޭވިއޭޝަން ސޭފްޓީގެ ތަޖުރިބާކާރު ވިދާޅުވިގޮތުގައި އެއާޕޯޓު ސަރަހައްދުގައި ޑްރޯން އެރުވުމަށް ބޭރު ގައުމުތަކުގައި ހަރުކަށި އުސޫލެއް ގެންގުޅެ އެވެ. ހުއްދަ ނުނަގާ ޑްރޯން އަރުވާ ނަމަ އެ ޑްރޯނެއް ވައްޓާލެވޭނެ ގޮތްތައް ހުއްޓަސް ރާއްޖޭގައި އަދި އެ ނިޒާމެއް ނެތެވެ.
ތަޖުރިބާކާރު ވިދާޅުވީ އެއާކްރާފްޓާއި ޑްރޯން ޖެހިގެން މީގެ ކުރިން ބައެއް ހާދިސާތައް ހިނގާފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ހާދިސާތަކުގައި ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް، ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކެވި ތަޖުރިބާކާރު ވިދާޅުވި އެވެ.
"މި ކަމުގައި އާއްމުންގެ ހޭލުންތެރިކަން ވަރަށް މުހިއްމު،" އޭނާ ވިދާޅުވި އެވެ.
މަދަނީ ބޭނުންތަކަށް ޑްރޯން އޮޕަރޭޓްކުރަން ހިޔާލު ހޯދަނީ
ޒޯން ބަދަލުކުރާ ވެހިކަލްތަކަށް ދިން ބިން ހުހަށް!
ހިޔާ ފްލެޓްތަކަށް ބަސް ދަތުރުތައް ފަށަން މަޝްވަރާކޮށްފި
"4ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ"
ހުޅުމާލެ 2ގެ ބަންދު ސަރަހައްދަށް ނުވަންނަން އަންގައިފި
މަރުވިމީހާގެ ފޮޓޯ، މަންޒަރު އާންމު ނުކުރަން އެެދިއްޖެ
ސްޓެލްކޯގެ ފްލެޓަކުން މީހަކު ވެއްޓި މަރުވެއްޖެ
ހުޅުމާލޭގައި ހެދި އިސްރަށްވެހިންގެ ނާދީ ހުޅުވައިފި
ހުޅުމާލެ މަގުތަކުގައި ހުރި ބާ ވެހިކަލްތައް ނަގަނީ
އެސްޖޭއިން 15 މިލިއަނަށް ބިމެއް ގަނެފި