އާންމު ބޭނުންތަކަށާއި ވިޔަފާރީގެ ބޭނުންތަކަށް ޑްރޯން އޮޕަރޭޓް ކުރުމާ ބެހޭގޮތުން ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން (ސީއޭއޭ) އެކުލަވާލާ ގަވާއިދުތަކަށް އާންމު ހިޔާލު ހުށަހަޅަން ހުޅުވާލައިފި އެވެ.
02 އޮކްޓޯބަރ 2024
އާންމު ބޭނުންތަކަށާއި ވިޔަފާރީގެ ބޭނުންތަކަށް ޑްރޯން އޮޕަރޭޓް ކުރުމާ ބެހޭގޮތުން ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން (ސީއޭއޭ) އެކުލަވާލާ ގަވާއިދުތަކަށް އާންމު ހިޔާލު ހުށަހަޅަން ހުޅުވާލައިފި އެވެ.
އެ ގަވާއިދަށް ހިޔާލު ހުށަހަޅަން މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ހުޅުވާލާފައި ވާއިރު، އެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުންޏެވެ.
ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރުދުންނަށް ވެސް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އަދި އެ ގަވާއިދުތަކުގައި ހިމަނަން ބޭނުންވާ ކަންކަން ސަބަބުތަކާއެކު ހުށަހެޅޭނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އަދި ޑްރޯން އޮޕަރޭޓް ކޮށްގެން ވިޔަފާރީގެ މަސައްކަތާއި އިޝްތިހާރު ކުރުމުގެ މަސައްކަތްކުރާ މީހުންގެ ހިޔާލު މިކަމުގައި ބޭނުންވާ ކަމަށާއި އަދި އެ ގަވާއިދުތައް އެކުލަވާލީ ޔޫރަޕްގެ ގަވާއިދުތައް އަސްލަކަށް ބަލައިގެން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އޭގެ މަގްސަދަކީ ސަލާމަތާއި ރައްކާތެރިކަމާ އެކު ޑްރޯން ދުއްވުމުގެ ފުރުސަތު ހުޅުވާލުން ކަމަށާއި އޭގެ ސަބަބުން، މުނިފޫހިފިލުވުމާއި ވިޔަފާރީގެ ބޭނުންތަކަށް ޑްރޯން ދުއްވަން ބޭނުންވާ މީހުންނަށް ފަހި މާހައުލެއް ގާއިމްވާނެ ކަމަށް ވެސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުންޏެވެ.
ރާއްޖޭގައި ބޭނުން ކުރަން ފެށުމަށް ތައްޔާރުކޮށްފައިވާ ބޭސް އުފުލާ ޑްރޯނެއް.--
ގަވާއިދު ތަންފީޒުވުމުން ރާއްޖޭގެ ސަރަހައްދު ޖިއޮގްރެފިކަލް ޒޯންތަކަކަށް ބަހާލާނެ ކަމަށާއި އޭގެ ތެރޭގައި ޑްރޯން ދުއްވުން މުޅިން މަނާ ސަރަހައްދުތަކާއި ހާއްސަ ހުއްދަ ބޭނުންވާ ސަރަހައްދުތަކާއި ހުޅުވާލެވިފައިވާ ސަރަހައްދުތައް ކަނޑައަޅާނެ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުންޏެވެ. މީގެ އިތުރުން ޑްރޯން ދުއްވާ މީހުން ރަޖިސްޓްރީ ކުރުމާއި ޑްރޯން ދުއްވާ މީހުންގެ ފެންވަރު ވެސް އެ ގަވާއިދުތަކުން ކަނޑައަޅާނެ އެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީން އެކުލަވާލަނީ މަދަނީ ވައިގެ ދަތުރުފަތުރާއި ބެހޭ ގަވާއިދުތަކެވެ. އެހެންވެ، ސިފައިން ބޭނުންކުރާ އަސްކަރީ ޑްރޯންތަކުގެ މައްޗަށް ހިނގާނީ ސިފައިންގެ ގަވާއިދުތަކެވެ.
ސީޕްލޭން ޖައްސަންދަނިކޮށް ޑްރޯން އެރުވި މައްސަލައެއް!
މާމިގިލި އެއާޕޯޓު އަނެއްކާވެސް އިންޓަނޭޝަނަލް ވަނީ
ޕްރައިވެޓް ޖެޓްތައް ޖައްސަން އިތުރު އެއާޕޯޓްތައް ބަލަނީ
ލައިސަންސްގެ ތިއަރީ އިމްތިހާނު ހެދުން މިނިސްޓްރީގައި
ޑްރައިވަރުންގެ އަގު ވައްޓާލުމުން ކަންބޮޑުވޭ:އަވަސްއެޕް
ޓެކްސީ ލައިން ތައާރަފުކުރަން އެމްޓީސީސީއާ ހަވާލުކޮށްފި
ކާޑެއްދޫ އެއާޕޯޓުގެ ހާލަތާ މެދު ކޮމިޓީގެ ކަންބޮޑުވުން
ސިވިލް އޭވިއޭޝަނުގެ މުވައްޒަފުންގެ ޕެޓިޝަނެއް ރައީސަށް
އުމުރު ހަމަވި އުޅަނދުތައް ރަޖިސްޓްރީކުރަން މުއްދަތެއް
އަހަރީ ފީ އާއި ޖޫރިމަނާ ބަހާލައިގެން ދެއްކޭގޮތް ހަދަނީ