Roadha Mihaaru
ސްކުއިޑް ގޭމްގެ ދެވަނަ ސީޒަން ނެރޭނީ 2024ގައި

ސްކުއިޑް ގޭމްގެ ދެވަނަ ސީޒަން ނެރޭނީ 2024ގައި

07 އެޕްރީލް 2022

ނެޓްފްލިކްސް އިން މިހާތަނަށް ނެރުނު އެންމެ ކާމިޔާބު ޝޯތަކުގެ ތެރޭގައި ހިމެނޭ ދެކުނު ކޮރެއާގެ ތުރިލާ ސީރީޒް "ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަން ނިކުންނާނީ 2024 ގައި ކަމަށް އޭގެ ޕްރޮޑަކްޝަނުން ބުނެފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ނެޓްފްލިކްސް އިން މިހާތަނަށް ނެރުނު އެންމެ ކާމިޔާބު ޝޯތަކުގެ ތެރޭގައި ހިމެނޭ ދެކުނު ކޮރެއާގެ ތުރިލާ ސީރީޒް "ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަން ނިކުންނާނީ 2024 ގައި ކަމަށް އޭގެ ޕްރޮޑަކްޝަނުން ބުނެފި އެވެ.

ފުރާނަ އަށް ނުރައްކާތެރި ގޭމް ކުޅެގެން މޮޅުވާ މީހަކަށް ފައިސާގެ ބޮޑު އިނާމެއް ލިބޭ "ސްކުއިޑް ގޭމް" މިދިޔަ އަހަރު ނެރުމާ އެކު، އެ ވެގެން ދިޔައީ ބޮޑު ހިޓަކަށެވެ. އަދި އެއާ އެކު، އެ ސީރީޒްގެ ދެވަނަ ސީޒަނެއް ނެރޭނެ ކަން ވެސް އިއުލާންކުރި އެވެ.

އެ ސީރީޒްގެ ޕްރޮޑަކްޝަނުން ބުނީ އޭގެ ޝޫޓިން މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. އަދި އެ މަސައްކަތް ނިންމަން ވަކި ލަސްވެގެން ނޫޅޭ ކަމަށް ވެސް ޕްރޮޑަކްޝަނުން ބުންޏެވެ.

"ސްކުއިޑް ގޭމް"ގެ ފުރަތަމަ ސީޒަން އަކީ އެތައް އަހަރެއްގެ މަސައްކަތެވެ. އަދި އެތައް އަހަރެއްގެ ތެރޭގައި ފުރިހަމަކޮށް ތައްޔާރު ކުރެވުން މާސްޓަޕީސްގެ ދެވަނަ ސީޒަނެއް ނެރޭއިރު ފުރަތަމަ ސީޒަނަށް ވުރެ ރަނގަޅު ވާން ޖެހޭ ކަމަށް އެމީހުން ގަބޫލުކުރެ އެވެ. އެހެންވީމާ، ސީރީޒްގެ މަސައްކަތްތައް ނިންމަން ވަކި ލަސް ވެގެން ނެޓްފްލިކްސް އިން ވެސް ނޫޅޭ ކަމަށް އެ ޕްރޮޑަކްޝަނުން ބުންޏެވެ.

އެ މީހުން ލަފާކުރާ ގޮތުގައި، އެ ސީރީޒްގެ ދެވަނަ ސީޒަން ފެންނަވަރު ވާނީ 2024ގެ ފަހުކޮޅުގަ އެވެ. ފުރަތަމަ ސީޒަންގެ ލީޑުން ފެނުނު އެކްޓަރުން މި ސީޒަނުން ވެސް ފެންނާނެ ކަމަށް ބުންޏެވެ.