ނެޓްފްލިކްސް އިން ގެނެސްދިން ދެކުނު ކޮރެއާގެ ކާމިޔާބު ތުރިލާ ސީރީޒް "ސްކުއިޑް ގޭމް"އަށް ބިނާކޮށް އުފައްދާ އެމެރިކާގެ ސްޕިން-އޮފް ސީރީޒް ޑައިރެކްޓުކުރަނީ ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ޑޭވިޑް ފިންޗާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނެޓްފްލިކްސް އިން ގެނެސްދިން ދެކުނު ކޮރެއާގެ ކާމިޔާބު ތުރިލާ ސީރީޒް "ސްކުއިޑް ގޭމް"އަށް ބިނާކޮށް އުފައްދާ އެމެރިކާގެ ސްޕިން-އޮފް ސީރީޒް ޑައިރެކްޓުކުރަނީ ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ޑޭވިޑް ފިންޗާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކޮލައިޑާގެ ރިޕޯޓެއްގައި ބުނީ "ސްކުއިޑް ގޭމް"ގެ އުފެއްދުންތެރިޔާ ހުވަންގް ދުން-ޔުކްގެ މޭސްތެރިކަމުގެ ދަށުން އެ ސީރީޒްގެ އެމެރިކާގެ ސްޕިން-އޮފް ޑައިރެކްޓުކުރާނީ "ގޯން ގާލް" އާއި "ޒޮޑިއެކް" ކަހަލަ މަޝްހޫރު ފިލްމުތައް ގެނެސްދީފައިވާ ފިންޗާ ކަމަށެވެ.
އެ ސީރީޒްގެ ޝޫޓިން އަންނަ އަހަރު ފެބްރުއަރީގައި ފަށާނެ ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.
"ސްކުއިޑް ގޭމް"ގެ އެމެރިކާ ވާޝަނެއް ނުވަތަ ސްޕިން-އޮފްއެއް ގެނެސްދޭނެ ކަމުގެ އިޝާރާތެއް ކޮރެއާ ވާޝަންގެ އެންމެ ފަހު އެޕިސޯޑުގައި ވަނީ ދީފަ އެވެ.
މި އަހަރު ގެނެސްދިން ކޮރެއާ ވާޝަން ނިންމާލީ ހޮލީވުޑްގެ ތަރި ކޭޓް ބްލެންޝެޓްގެ މަންޒަރަކާ އެކުގަ އެވެ. އެ މަންޒަރުގައި ފެންނަނީ "ސްކުއިޑް ގޭމް"އަށް މީހުން ރެކުރޫޓްކުރަން އޭނާ އުޅޭ ތަނެވެ.
"ސްކުއިޑް ގޭމް އެމެރިކާ" ސްޓްރީމްކުރަން ފަށާނީ 2028 ގައި ކަމަށް ރިޕޯޓްތައް ބުންޏެވެ.
ފުރާނައަށް ނުރައްކާތެރި ގޭމް ކުޅެގެން މޮޅުވާ މީހަކަށް ފައިސާގެ ބޮޑު އިނާމެއް ލިބޭ "ސްކުއިޑް ގޭމް" 2021 ވަނަ އަހަރު ނެރުމާ އެކު، އެ ސީރީޒްވީ ބޮޑު ހިޓަކަށެވެ. ނެޓްފްލިކްސްގެ އެންމެ ކާމިޔާބު އެއް ސީރީޒަށެވެ. އެ ސީރީޒްގެ ތިން ސީޒަނަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގެ ޓްރެއިލާ ނެރެފި
ސްޓްރޭންޖާ ތިންގްސްގެ ފުރަތަމަ 5 މިނެޓް މިހާރު ބެލޭނެ
ސްޓްރޭންޖާ ތިންގްސް: ފަހު ތަޅާލުންގަނޑަށް ތައްޔާރު!
"ވަން ޕީސް"ގެ ދެވަނަ ސީޒަން އަންނަ އަހަރު މާޗުގައި
"ބްރިޖަޓަން"ގެ ހަތަރު ވަނަ ސީޒަން ޖެނުއަރީގައި
"ދަ ވިޗާ"ގެ އާ ސީޒަންގެ ޓްރެއިލާ ނެރެފި
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ ފުރަތަމަ ޓީޒާ
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަނަށް ތާރީހީ ރެކޯޑެއް!
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގައި ދިވެހި ދިދަ
ސްޓްރޭންޖާ ތިންގްސްގެ ފަހު ސީޒަން ނޮވެމްބަރު 26 ގައި