ނެޓްފްލިކްސް އިން ގެނެސްދޭ ދެކުނު ކޮރެއާގެ ކާމިޔާބު ތުރިލާ ސީރީޒް "ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
ނެޓްފްލިކްސް އިން ގެނެސްދޭ ދެކުނު ކޮރެއާގެ ކާމިޔާބު ތުރިލާ ސީރީޒް "ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
ދެ މިނެޓުގެ އެ ޓްރެއިލާއަށް މިހާތަނަށް ވަނީ 6.5 މިލިއަނަށް ވުރެ ގިނަ ވިއުސް ވެސް ލިބިފަ އެވެ.
އެ ޓްރެއިލާ މި ގެނެސްދިނީ ފަހު ސީޒަން ސްޓްރީމްކުރަން ވަރަށް ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ. "ސްކުއިޑް ގޭމް"ގެ ފަހު ސީޒަން ސްޓްރީމް ކުރަން ފަށަނީ މި މަހު 27 ގަ އެވެ.
ފަހު ސީޒަންގައި ޖުމްލަ ހަ އެޕިސޯޑު ގެނެސްދޭން ވަނީ ނިންމައިފަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ނެޓްފްލިކްސް އިން ވަނީ "ސްކުއިޑް ގޭމް"ގެ ފަހު ސީޒަނަށް ހަ އެޕިސޯޑް ތައްޔާރުކުރުމަށް 68.9 މިލިއަން ޑޮލަރު ވެސް ހަރަދުކޮށްފަ އެވެ. މިއީ މިހާތަނަށް މި ސީރީޒްގެ ސީޒަނަކަށް ކުރި އެންމެ ބޮޑު ހޭދަ އެވެ.
"ސްކުއިޑް ގޭމް"ގެ ފުރަތަމަ ސީޒަންގައި ނުވަ އެޕިސޯޑު ގެނެސްދިން އިރު، މިދިޔަ އަހަރު ގެނެސްދިން ދެވަނަ ސީޒަންގައި ހިމެނެނީ ހަތް އެޕިސޯޑެވެ. އެކަމަކު، ދެވަނަ ސީޒަންގެ އެޕިސޯޑުތަކުގެ ދިގުމިން ފުރަތަމަ ސީޒަނަށް ވުރެ ބޮޑެވެ.
އެ ސީރީޒްގެ ފުރަތަމަ ދެ ސީޒަނަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.
"ސްކުއިޑް ގޭމް"ގެ ލީޑު ރޯލު ކުޅެނީ ދެކުނު ކޮރެއާގެ އެކްޓަރު ލީ އުންޖޭ އެވެ. ފުރަތަމަ ސީޒަންއާ ހިލާފަށް ދެވަނަ ސީޒަންގެ ކާސްޓުގައި ވަނީ ދެކުނު ކޮރެއާގެ ވަރަށް މަޝްހޫރު ތަރިންނެއް ހިމަނައިފަ އެވެ. އޭގެ ތެރެއިން ބައެއް ތަރިން ފަހު ސީޒަންގައި ވެސް އުޅޭނެ އެވެ.
ފުރާނައަށް ނުރައްކާތެރި ގޭމް ކުޅެގެން މޮޅުވާ މީހަކަށް ފައިސާގެ ބޮޑު އިނާމެއް ލިބޭ "ސްކުއިޑް ގޭމް" 2021 ވަނަ އަހަރު ނެރުމާ އެކު، މި ސީރީޒްވީ ބޮޑު ހިޓަކަށެވެ. ނެޓްފްލިކްސްގެ އެންމެ ކާމިޔާބު އެއް ސީރީޒަށެވެ.
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގައި އެންމެ ހަ އެޕިސޯޑު
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އަޕްޑޭޓެއް
މި އަހަރު ނެޓްފްލިކްސް އަށް ކޮރެއާގެ 25 އުފެއްދުމެއް
"ސްކްއިޑް ގޭމް" ތިން ވަނަ ސީޒަނެއް ވެސް ހަދާނެ
"ސްކްއިޑް ގޭމް" އިން ނެޓްފްލިކްސް އަށް ހުސް ފައިދާ
"ސްކްއިޑް ގޭމް" ކުރިން ހަދަން އުޅުނީ ފީޗާ ފިލްމަކަށް
ކޮރެއާގައި ނެޓްފްލިކްސްގެ ޕްރޮޑަކްޝަން ފުޅާކުރަނީ
ނެޓްފްލިކްސްގެ ކޮންޓެންޓަށް އަލަށް 700 އުފެއްދުމެއް
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަނަށް ތާރީހީ ރެކޯޑެއް!
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގައި ދިވެހި ދިދަ