Roadha Mihaaru
ކޯޓްނީ އާއި ޓްރޭވިސް ކައިވެނިކުރީތަ؟

ކޯޓްނީ އާއި ޓްރޭވިސް ކައިވެނިކުރީތަ؟

07 އެޕްރީލް 2022

ކަޑޭޝިއަން އާއިލާގެ އެންމެ ދޮއްޓަށް ހުންނަ ކޯޓްނީ ކަޑޭޝިއަން އޭނާގެ ލޯބިވެރިޔާ ޓްރޭވިސް ބޭކާއާ "ނުރަސްމީކޮށް" ކައިވެނިކޮށްފި ކަމަށް އޭނާ ބުނެފި އެވެ.

ކަޑޭޝިއަން އާއިލާގެ އެންމެ ދޮއްޓަށް ހުންނަ ކޯޓްނީ ކަޑޭޝިއަން އޭނާގެ ލޯބިވެރިޔާ ޓްރޭވިސް ބޭކާއާ "ނުރަސްމީކޮށް" ކައިވެނިކޮށްފި ކަމަށް އޭނާ ބުނެފި އެވެ.

އެ މީހުން ކައިވެނިކުރީ މިދިޔަ ހޯމަ ދުވަހު ބޭއްވި ގްރޭމީސް އެވޯޑް ހަފުލާ އަށް ފަހު، އެ އެވޯޑް ބޭއްވި އެމެރިކާގެ ލަސް ވޭގަސް ސިޓީގެ ކްރިސްޓިއަން ފައްޅިއެއްގަ އެވެ. އެކަމަކު، ގާނޫނީ ހުއްދަ ނުހޯދާއި ކައިވެނިކޮށްފައި ވާތީ އެ މީހުންގެ ކައިވެނި އަދި ރަސްމީއެއް ނުވެ އެވެ.

ކޯޓްނީ ވަނީ އެމީހުން ކައިވެނި ކުރި ކަމަށް ބުނާ ރޭގައި، ފައްޅި ތެރޭގައި ނެގި ފޮޓޯތަކެއް އިންސްޓަގްރާމްގައި ފޭނުންނާ ހިއްސާކޮށްފަ އެވެ.

އެ ފޮޓޯތައް ހިއްސާކޮށް އޭގެ ކެޕްޝަންގައި ކޯޓްނީ ބުނީ ލަސް ވޭގަސްގައި ދަންވަރު ދޭއް ޖަހާއިރު އެމީހުން ކައިވެނިކުރީ، އެކަމަށް ބޭނުންވާ ލައިސެންސް ނެތި ކަމަށެވެ. އަދި ރަސްމީކޮށް ކައިވެނިކުރުމުގެ ކުރިން އެކަން "ޕްރެކްޓިސް" ކޮށްލީ ކަމަށް ވެސް ބުންޏެވެ.

ކޯޓްނީ އާއި ޓްރޭވިސްގެ "ޕްރެކްޓިސް" ކުރަން ކައިވެނި މި ކުރީ، އެ ދެމީހުން އެންގޭޖުވިތާ ހަ މަސް ފަހުންނެވެ.

ކޯޓްނީއާ އިންނަން ޓްރޭވިސް އެހި ގޮތުގެ މަންޒަރުތަކެއް، ހުލޫ ސްޓްރީމިން ސާވިސް އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ ކަޑޭޝިއަން އާއިލާގެ އާ ރިއަލިޓީ ޝޯ "ދަ ކާޑޭޝިއަން" ގައި ދައްކާނެ އެވެ. އޭގެ ޓީޒާއެއް ވެސް މިހާރު އާންމުކޮށްފައިވެ އެވެ. އަދި އެމީހުންގެ ރަސްމީ ކައިވެނި ވެސް ދައްކާނީ އެ ޝޯގެ ތެރެއިން ކަމަށްވެ އެވެ.