29 ސެޕްޓެމްބަރ 2024
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލާނާ ޑެލް ރޭ އޭނާގެ ލޯބިވެރިޔާ ޖެރެމީ ޑޫފްރީންއާ ކައިވެނިކޮށްފި އެވެ.
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލާނާ ޑެލް ރޭ އޭނާގެ ލޯބިވެރިޔާ ޖެރެމީ ޑޫފްރީންއާ ކައިވެނިކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ދެމީހުން ކައިވެނިކުރީ މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ ލޫސިއޭނާގަ އެވެ.
ޖެރެމީ އަކީ ކޯރުތަކުގައި އުޅޭ ކިނބުލުގެ ޓުއާ ގައިޑެކެވެ. އެ ދެމީހުން ކައިވެނިކުރީ ވެސް ޖެރެމީ އެ މަސައްކަތްކުރާ ތަނުގަ އެވެ. މިއީ އެ ދެމީހުންގެ ވެސް އަލަތު ކައިވެންޏެވެ.
ކައިވެނީގެ ހަފުލާގައި ދެ ފަރާތުގެ އާއިލާ އާއި ރަށްޓެހިން ބައިވެރިވި ކަމަށް ރިޕޯޓްތައް ބުންޏެވެ.
އެ ކައިވެނީގެ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އާންމުވި ފޮޓޯތަކުން ފެންނަ ގޮތުގައި، ލާނާ ހުރީ ހުދުކުލައިގެ ގައުންއެއްގަ އެވެ. އަދި ޖެރެމީ ހުރީ ކަޅު ކުލައިގެ ސޫޓެއްގަ އެވެ.
Lana Del Rey marries alligator tour guide Jeremy Dufrene in Louisiana. pic.twitter.com/xhyJw72vHD
— Creepy.org (@creepydotorg) September 27, 2024
ލާނާ އާއި ޖެރެމީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ފޭނުންނަށް ޔަގީންކޮށްދިނީ މިދިޔަ އޮގަސްޓް މަހު އެ ދެމީހުން އެކުގައި އިންގްލެންޑަށް ކުރި ދަތުރެއްގަ އެވެ. އެކަމަކު، އެ ދެމީހުން ދިމާވީ އޭގެ ވެސް މާ ކުރިން 2019 ވަނަ އަހަރު އެވެ.
"ޔަންގް އެންޑް ބިއުޓިފުލް" އާއި "ސަމާޓައިމް ސޭޑްނެސް" ކަހަލަ މަޝްހޫރު އެތައް ލަވައެއް ކިޔާފައިވާ ލާނާ ވަނީ ކުރިން ވަރަށް ގިނަ މީހުންނާ ޑޭޓްކޮށްފަ އެވެ.
އޭނާ ޑޭޓްކުރި މަޝްހޫރު މީހުންގެ ތެރޭގައި މިއުޒީޝަން ޖެކް ޑޮނޯހިއު، މިއުޒީޝަން ކްލޭޓަން ޖޯންސަން، އެމެރިކާގެ ފުލުހެއް ކަމަށްވާ ޝޯން ލާކިން، ރެޕް ލަވަކިޔުންތެރިޔާ ޖީ-އީޒީ، އިޓަލީގެ ފޮޓޯގްރާފަރު ފްރާންސެސްކޯ ކެރޮޒިނީ އަދި ސްކޮޓްލޭންޑުގެ ލަވަކިޔުންތެރިޔާ ބެރީ-ޖޭމްސް އޯނީލް ހިމެނެ އެވެ.
ޓޮމް އާއި ޒެންޑަޔާ އަންނަ އަހަރު ކައިވެނިކުރަނީ
ކްރިސް އެވަންސް ވަރަށް ސިއްރުން ކައިވެނިކޮށްފި
ނަޔަންތަރާ އާއި ވިގްނޭޝް ކައިވެނިކޮށްފި
ބެކަމްގެ ދޮށީ ދަރިފުޅުގެ ކައިވެންޏަށް ހަތަރު މިލިއަން
ކޯޓްނީ އާއި ޓްރޭވިސް ކައިވެނިކުރީތަ؟
އެކްޓަރު މޯހިތު ކައިވެނިކޮށްފި
އެފްލެކް ދެއްކި ވާހަކަތައް ޖޭލޯ އަށް މައްސަލައެއް ނޫން
އަންކިތާގެ ކައިވެނި ހަދިޔާއަކީ ރާއްޖޭން ވިލާއެއް؟
"ގުމް ހެ ކިސީކޭ" ގެ ދެ ތަރިން ކައިވެނިކޮށްފި
ބަތަލާ ލިންޒީ އެންގޭޖްވެއްޖެ