Roadha Mihaaru
އެލައިޑް މޮޓޯ ކެމްޕެއިން ފަށައިފި

އެލައިޑް މޮޓޯ ކެމްޕެއިން ފަށައިފި

09 އެޕްރީލް 2022

އެލައިޑް އިންޝުއަރަންސް ކުންފުންޏާއި އެ ކުންފުނީގެ އިސްލާމިކް ވިންޑޯ, އަޔާދީ ތަކާފުލް ގުޅިގެން ރޯދަ މަހަށް ހާއްސަކޮށް މޮޓޯ ކެމްޕެއިނެއް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެލައިޑް އިންޝުއަރަންސް ކުންފުންޏާއި އެ ކުންފުނީގެ އިސްލާމިކް ވިންޑޯ, އަޔާދީ ތަކާފުލް ގުޅިގެން ރޯދަ މަހަށް ހާއްސަކޮށް މޮޓޯ ކެމްޕެއިނެއް ފަށައިފި އެވެ.

މި ކެމްޕެއިން ކުރިއަށްދާނީ މިމަހުގެ 8 އިން އަންނަ މަހުގެ 22 އަށެވެ. މި ކެމްޕެއިންގެ ދަށުން މޮޓޯ ކޮމްޕްރެހެންސިވް ޕްލޭންސް ވަރަށް ހެޔޮ އަގުގައި ލިބޭނެ އެވެ.

ކޮންމެ މޮޓޯ ކޮމްޕްރެހެންސިވް ޕްލޭނަކާއި އެކު، ގޭތެރޭގައި ހުންނަ ސާމާނު ރައްކާތެރިކުރެވޭ ހޯމް ކޮންޓެންޓް ޕްލޭންގެ ވައުޗަރެއް ހިލޭ ލިބޭނެ ކަމުގައި އެލައިޑުން ބުންޏެވެ. ގާތްގަނޑަކަށް 150،000ރ. ގެ ސާމާނަށް ކަވަރޭޖް ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ޕްލޭން އޮންލައިންކޮށް ރެޑީމްކޮށްލެވޭ އެވެ. އެލައިޑްގެ ވެބްސައިޓް www.myallied.mv އަށް ވަދެ ކޮންމެ ފަރާތަކަށް ވެސް މި ޕްލޭންގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ރޯދަ ކެމްޕެއިންގައި 20-25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. ކޮމްޕްރެހެންސިވް މޮޓޯ ޕްލޭނުން ސައިކަލް ރައްކާތެރިކުރުމުގެ އަގު އެވްރެޖްކޮށް 695ރ. އަށް ލިބޭނެ އެވެ. އަދި ޖީޕް ފަދަ އުޅަނދު ރައްކާތެރިކުރުމަށް ހޭދަވަނީ 2,875ރ. އެވެ.

އެލައިޑުން ބުނީ ކާރޫބާރު ބޮޑު މާލޭގެ މަގުތަކުގައި ދުއްވާއިރު ވެހިކަލަށް ފުލް ކަވަރޭޖެއް ލިބުމަކީ މުހިންމު ކަމެއް ކަމަށެވެ. ސަބަބަކީ ސަރުކާރުން ލާޒިމްކުރާ ތާޑް ޕާޓީ މޮޓޯ ޕްލޭނުން ހަމައެކަނި ތިންވަނަ ފަރާތާއި އެ ފަރާތުގެ ވެހިކަލަށް ލިބޭ ގެއްލުން ކަވަރުކުރާތީ އެވެ. މިއާ ހިލާފަށް ކޮމްޕްރެހެންސިވް މޮޓޯ ޕްލޭނަކީ ވެހިކަލްގެ ވެރިފަރާތަށާއި އޭނާގެ އަމިއްލަ އުޅަނދަށް ލިބޭ ގެއްލުން ތަކަށް ވެސް ރައްކާތެރިކަން ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ދެގުނަ ފައިދާ ކުރާނެ ޕްލޭނެކެވެ.