ޖުމައިރާ ދެވަނަފުށީގެ ގޮތުގައި ހިންގަމުން އައި ގއ. މެރަދޫ "ރެފްލްސް މޯލްޑިވްސް މެރަދޫ ރިސޯޓް"ގެ ނަމަށް ރީބްރޭންޑްކޮށް އަލުން ހިންގަން ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
31 އޯގަސްޓް 2017
ޖުމައިރާ ދެވަނަފުށީގެ ގޮތުގައި ހިންގަމުން އައި ގއ. މެރަދޫ "ރެފްލްސް މޯލްޑިވްސް މެރަދޫ ރިސޯޓް"ގެ ނަމަށް ރީބްރޭންޑްކޮށް އަލުން ހިންގަން ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
ޓޫރިޒަމްގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ ސިންގަޕޫރުގެ އެންމެ ވަރުގަދަ ހޮޓެލް ޗެއިން، އެކޯ ހޮޓެލްސްގެ އެންމެ އަގުބޮޑު ބްރޭންޑްގެ ގޮތުގައި ހިންގަން ފެށުމުގެ ކުރިން ބޮޑު މަރާމާތެއް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ މަރާމާތަށް ފަހު ރެފްލްސް ބްރޭންޑްގެ ގޮތުގައި ރީ ބްރޭންޑްކޮށް އަލުން ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށް ބުންޏެވެ. ނަމަވެސް މާދަމާ އިން ފެށިގެން އެ ރިސޯޓު ހިންގާނީ އެކޯ ހޮޓެލްސް އިން ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
ރެފްލްސް ހޮޓެލް އަކީ ސިންގަޕޫރުގެ އެންމެ ދުވަސްވީ އެއް ހޮޓަލެވެ. މިއީ އެ ކުންފުނިން ރާއްޖޭގައި ހިންގާ ފުރަތަމަ ރިސޯޓެވެ.
ދުބާއީގެ ޖުމައިރާ ގްރޫޕުން ޖުމައިރާ ދެވަނަފުށީގެ ގޮތުގައި ހިންގާ މެރަދޫގައި 37 މޫދު ކޮޓަރި ހުރެ އެވެ.
އެކޯ ހޮޓެލްސްގެ ޗީފް އޮޕަރޭޓިން އޮފިސަރު ޕެޓްރިކް ބެސެޓް ވިދާޅުވީ ރާއްޖޭގައި އެ ކުންފުނީގެ ފުރަތަމަ ލަގްޒަރީ ރިސޯޓް ހިންގަން ފަށާކަން އިއުލާން ކުރަނީ ވަރަށް ފަޚުރުވެރިކަމާ އެކު ކަމަށެވެ. އަދި މިއީ އޭޝިއާ ޕެސިފިކް ސަރަހައްދުން ދަތުރުކުރާ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ވަގުތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކޯ ހޮޓެލްސް އިން އެ ރިސޯޓުގައި ހިދުމަތް ދޭނީ އަޅުގަނޑުމެންނަށް ލިބިފައިވާ ތަޖުރިބާ އާއި ހުނަރު ބޭނުންކޮށްގެން އަޅުގަނޑުމެން ހިންގާ ރެފްލްސް އާއި ފެއާމޮންޓް އަދި ސޮފިޓެލްސް ބްރޭންޑާ އެއް ފެންވަރަކަށް،" ޕެޓްރިކް ވިދާޅުވެފައިވެ އެވެ.
މެރަދޫ އަކީ މާލެއާ 400 ކިލޯމީޓަރު ދުރުގައި އޮންނަ ވަރަށް ހިތްގައިމު ރިސޯޓެކެވެ.
އިންޓަނޭޝަނަލް ބްރޭންޑެއްގެ ޖީއެމްއަކަށް ދިވެއްސެއް
ބޭރު އާބިޓްރޭޝަންގެ މައްސަލައަކަށް ހައިކޯޓުން އަމުރެއް
އޮސްކާގެ އިނާމުތަކުގައި ރާއްޖޭގެ ޗުއްޓީ ދަތުރެއް
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
ބީއެމްއެލްއިން ގްރީން ރިސޯޓް ފައިނޭންސިން ތައާރަފްކޮށްފި
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފި
ހއ. އަތޮޅުގައި 600 މިލިއަން ޑޮލަރުގެ ރިސޯޓެއް
އިމިގްރޭޝަނަށް ފިލަން 60 ބިދޭސީން މަޑުއްވަރީއަށް
ރިސޯޓުތަކުން 40 މިލިއަން ޑޮލަރު މާރުކުރާނެ