Roadha Mihaaru
ލީބިއާގެ މަތިންދާ ބޯޓެއް ހައިޖެކްކޮށްފި

ލީބިއާގެ މަތިންދާ ބޯޓެއް ހައިޖެކްކޮށްފި

23 ޑިސެމްބަރ 2016

ވަލެއްޓާ (ޑިސެމްބަރު 23) - ލީބިއާގެ އެތެރޭގެ އުދުހުމުގައި ބޭނުންކުރި ފަސިންޖާ މަތިންދާ ބޯޓެއް 118 މީހުންނާ އެކު ހައިޖެކްކޮށްގެން މޯލްޓާ އަށް ގެންގޮސްފި ކަމަށް މޯލްޓާގެ ބޮޑު ވަޒީރު ޖޯސެފް މުސްކަތު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވަލެއްޓާ (ޑިސެމްބަރު 23) - ލީބިއާގެ އެތެރޭގެ އުދުހުމުގައި ބޭނުންކުރި ފަސިންޖާ މަތިންދާ ބޯޓެއް 118 މީހުންނާ އެކު ހައިޖެކްކޮށްގެން މޯލްޓާ އަށް ގެންގޮސްފި ކަމަށް މޯލްޓާގެ ބޮޑު ވަޒީރު ޖޯސެފް މުސްކަތު ވިދާޅުވެއްޖެ އެވެ.

އެފްރިގިޔާ އެއާވޭސްގެ އެއާބަސް320 ގެ މަތިންދާ ބޯޓު ހައިޖެކް ކުރުމުގައި ދެ މީހަކު ބައިވެރިވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި އެންމެ ފުރަތަމަ ލިބުނު ރިޕޯޓްތައް ބުނި ގޮތުގައި އެ ދެ މީހުން ވަނީ ބޯޓު ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

ބޮޑު ވަޒީރު މުސްކަތު ވިދާޅުވީ މޯލްޓާގެ ސަލާމަތީ ސިފައިން މިހާރު ތިބީ އެއާޕޯޓުގައި ކަމަށެވެ. އަދި ސްޕެޝަނަލް ފޯސަސްގެ ވެހިކަލްތައް އެއާޕޯޓުގައި ހަރަކާތްތެރިވާ ކަމަށް ބައެއް ފޮޓޯގްރާފަރުން ބުނެފައިވެ އެވެ.

މޯލްޓާގެ ޚާރިޖީ ވުޒާރާގެ ކޮމިއުނިކޭޝަން އޮފިސަރު އެޓީން ސެއިންޓް ޖޯން ސީއެންއެން އަށް ވިދާޅުވީ ލީބިއާގެ ބޯޓު މޯލްޓާގައި ޖައްސާފައިވާ ކަމަށާއި ބޯޓާ ގުޅޭ ގޮތުން ބޮޑު ވަޒީރުގެ އޮފީހުގައި ބައްދަލުވުމެއް ކުރިއަށްދާ ކަމަށެވެ. މި ހާދިސާގެ އިތުރު ތަފްސީ އަދި އެއްވެސް ބަޔަކު ހާމަކޮށްފައެއް ނުވެ އެވެ.