Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ސައިކަލަކުން ވެއްޓި އަނިޔާވި މީހަކު ވެންޓިލޭޓަރުގައި

އައްޑޫގައި ސައިކަލަކުން ވެއްޓި އަނިޔާވި މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

12 އެޕްރީލް 2022

އައްޑޫ ލިންކް ރޯޑްގައި ސައިކަލަކުން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކު މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫ ލިންކް ރޯޑްގައި ސައިކަލަކުން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކު މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފި އެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު، އިތުރު ފަރުވާ އަށް އިއްޔެ މާލެ ގެނައި އެ މީހާ އަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގަ އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، އިއްޔެ އިރުއޮއްސި ހައެއް ޖަހާއިރު އައްޑޫން އިމަޖެންސީގައި މާލެ ގެނައި 56 އަހަރުގެ ފިރިހެނަކަށް އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.

އައްޑޫ ފޭދޫ އަހްމަދު ދީދީ: ސައިކަލުން ވެއްޓި ލިބުނު އަނިޔާތަކަށް އޭނާ އަށް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާދެމުން -- ފޮޓޯ: ސޯޝަލް މީޑިއާ

އައްޑޫ ފޭދޫ އަހްމަދު ދީދީ: ސައިކަލުން ވެއްޓި ލިބުނު އަނިޔާތަކަށް އޭނާ އަށް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާދެމުން -- ފޮޓޯ: ސޯޝަލް މީޑިއާ

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހިތަދޫން ފޭދު އަށް ސައިކަލުގައި ދަނިކޮށް، ކުނިކޮށި ސަރަހައްދުގައި ހިނގި ހާދިސާގައި އަނިޔާވީ، ފޭދޫގައި މަޝްހޫރު މީހެއް ކަމަށްވާ އަހްމަދު ދީދީ އަށެވެ. އެމްޑީޕީގެ ޕާޓީ މެމްބަރެއް ވެސް ކަމަށްވާ ދީދީ އަކީ ސޯޝަލް މީޑިއާގައި އެކި ކަންކަމުގައި ތަފާތު ހިޔާލު ފާޅުކުރާ މީހެކެވެ.

އައްޑޫ ކައުންސިލްގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވީ، ދީދީ ސައިކަލުން ވެއްޓުނު ގޮތެއް އަދި ނޭނގޭ ކަމަށެވެ. ބަޔަކަށް އޭނާ ފެނުނީ ޒަހަމްތަކާ އެކު، ސައިކަލާ އެކު މަގުމައްޗަށް ވެއްޓިފައި އޮއްވައި ކަމަށް އޭނާ ވިދާޅުވި އެވެ.

ދީދީގެ އާއިލާ އަށް އަދި ނުގުޅޭތީ އަނިޔާގެ ތަފުސީލެއް ލިބޭ ގޮތެއް ނުވި އެވެ. އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާގެ ސިކުނޑި އަށް ވަނީ ލޭ އެޅިފަ އެވެ. އަދި އޭނާގެ ލޮލަށް ވެސް ލޭ އަރާފައިވެ އެވެ.