Roadha Mihaaru
އައްޑޫގައި އެކްސިޑެންޓްވި މީހަކު އައިސީޔޫގައި

އައްޑޫގައި އެކްސިޑެންޓްވި މީހަކަށް އައިސީޔޫގައި ފަރުވާ ދެނީ

12 ޖެނުއަރީ 2018

އައްޑޫ ފޭދޫ ލިންކް ރޯޑްގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ފޭދޫ ލިންކް ރޯޑްގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

އައިސީޔޫގައި ފަރުވާ ދެނީ އުމުރުން 18 އަހަރުގެ ފިރިހެނަކަށެވެ. އެކްސިޑެންޓްގައި އޭނާގެ ބޮލަށާއި މޫނަށް ޒަމްހަމަތެއް ލިބިފައިވެ އެވެ. ނަމަވެސް ލިބުނު ގެއްލުމުގެ ތަފުސީލެއް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަކުން އަދިއެއް ނުދެ އެވެ.

އެތަނުން ބުނީ އިތުރު ފަރުވާ އަށް ވިހާ ވެސް އަވަހަކަށް އެ މީހާ މާލެ ފޮނުވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފޭދޫގައި ރޭ އެކްސިޑެންޓްވި ސަރަހައްދަށް ބަޔަކު ޖަމާވެފައި.

ފޭދޫގައި ރޭ އެކްސިޑެންޓްވި ސަރަހައްދަށް ބަޔަކު ޖަމާވެފައި.

އެކްސިޑެންޓްވީ ބޮޑަށް އަނިޔާވެގެން އައިސީޔޫގައި ފަރުވާދެމުން އަންނަ މީހާ އާއި އެހެން މީހަކު ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ، ލިންކް ރޯޑްގައި ހުންނަ ޕީޕީއެމް ފޭދޫ އޮފީސް ކުރިމަތިން ހިނގާފައި ދިޔަ ބިދޭސީއެއްގެ ގައިގައި ޖެހިގެންނެވެ. މި ހާދިސާގައި ބިދޭސީމީހާގެ ބޯ ވެސް ފަޅައިގެން ގޮސް އަނިޔާވެފައިވެ އެވެ. އަދި ސައިކަލްގައި އިން އަނެއް މީހާ އަށް ވެސް އެކި ވަރުގެ ޒަހަމްތައް ލިބިފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ރޭ 11 ޖަހަން އުޅެނިކޮށް ހިނގި މި އެކްސިޑެންޓުގައި އަނިޔާވި ބިދޭސީމީހާއަކީ ގަމުގެ އީކްއޭޓަ ވިލެޖްގައި މަސައްކަތް ކުރާ މީހެކެވެ.

އައްޑޫ ލިންކް ރޯޑްގައި މިދިޔަ މަހު ހިނގި އެކްސިޑެންޓްގައި އަނިޔާވި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކަށް ފަރުވާ ދެމުން އަންނަނިކޮށް މަރުވެފައިވެ އެވެ.