Roadha Mihaaru
އަލިފުށީގެ ބިން ހިއްކަން ވަރަށް އަވަހަށް ފެށޭނެ:އާޒިމް

އަލިފުށީގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: އެމްޓީސީސީ

12 އެޕްރީލް 2022

ރ. އަލިފުށީގެ ބިިން ހިއްކުމާއި އެއާޕޯޓް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރ. އަލިފުށީގެ ބިިން ހިއްކުމާއި އެއާޕޯޓް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެ ރަށުގައި 451 މިލިއަން ރުފިޔާގެ އަގުބޮޑު އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 1 ގަ އެވެ.

އާޒިމް އޭރު ވިދާޅުވީ، އެ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބިން ހިއްކުމާއި އެއާޕޯޓުގެ މަސައްކަތް ފަށާނެ ކަމަށެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހުރެ ލަސްވެގެން ދިޔައީ އެވެ.

ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް މިދިޔަ ހޮނިހިރު ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފަ އެވެ.

އާޒިމް ވިދާޅުވީ، އެ މަޝްރޫއުގެ އީއައިއޭ އަދި އެއްކޮށް ނުމިނޭ ކަމަށާއި އީއައިއޭ ނިމުމުން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

އެއާޕޯޓުގެ މަސައްކަތް ފަށާނީ ބިން ހިއްކައި ނިންމުމަށް ފަހުގަ އެވެ.

އާޒިމް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ތެރޭގައި އަލިފުށީ އެއާޕޯޓު ވެސް ނިމޭނެ އެވެ.

އެ މަޝްރޫއުގެ ދަށުން އަލިފުށީގައި 50.1 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އޭގެ ތެރެއިން ރަށުގެ ތަރައްގީ އާއި ގެދޮރުވެރިކަމަށް 10 ހެކްޓަރުގެ ބިން ހާއްސަ ކުރާނެ އެވެ. އެއާޕޯޓު ތަރައްގީ ކުރުމަށް ކަނޑައެޅީ 40.5 ހެކްޓަރުގެ ބިމެވެ. އެއާޕޯޓު ތަރައްގީ ކުރަނީ 1،200 މީޓަރުގެ ރަންވޭއަކާއެކު އެވެ. އެއާޕޯޓު ހަދަން ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 2،871 މީޓަރުގެ ރިވެޓްމެންޓެއް އަދި 480 މީޓަރުގެ ގްރޮއިންއެއް ޖަހާނެ އެވެ.