މަޝްރޫއުތައް އަވަސްކުރަން ބޭރުން ބޮޑު ޑްރަޖަރެއް ގެންނަން އެމްޓީސީސީން ގެންނަން ނިންމައިފި އެވެ.
09 ޖުލައި 2023
މަޝްރޫއުތައް އަވަސްކުރަން ބޭރުން ބޮޑު ޑްރަޖަރެއް ގެންނަން އެމްޓީސީސީން ގެންނަން ނިންމައިފި އެވެ.
ދެ ވަނަ ދައުރެއްގެ ކެމްޕެއިން ފެށުމެއް ށ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެކަން އިއުލާން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އޭގެ ތަފްސީލް ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް "މިހާރު" އަށް ވިދާޅުވީ ޑްރެޖަރު ކުއްޔަށް ނެގީ ބެލްޖިއަމްގެ ކުންފުންޏަކުން ކަމަށެވެ. އަންނަ ބުދަ ދުވަހު އެ ޑްރެޖަރު ހއ. އިހަވަންދު އަށް ބަނދަރުކޮށް، އެ ރަށް ހިއްކަން ފަށާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
ރަށްތައް މިހާތަނަށް ހިއްކަމުން ދިޔައީ މަހާޖައްރާފުންނެވެ. އެކަމަކު، އެ އުޅަނދުގެ ޑައިނަމޯ ހަލާކުވެ، އެ ހެދުމަށް ވަގުތު ނަގާނެތީ ބޭރުން ބޮޑު އުޅަނދެއް ކުއްޔަށް ނެގީ ކަމަށް އެމްޓީސީސީން ބުންޏެވެ.
އަލަށް ގެންނަ ޑްރެޖަރުން އެއް ދުވަސް ތެރޭގައި އެއް ހެކްޓަރުގެ ބިން ހިއްކާލެވެ އެވެ. މަހާޖައްރާފުން އެ ވަރަށް ހިއްކެނީ ހަތަރު ދުވަހުން ކަމަށް ވާތީ، މި ދައުރުގެ ތެރޭގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާ ހުރިހާ ރަށެއް ހިއްކާ ނިންމާލެވޭނެ ކަމުގެ ޔަގީންކަން އާޒިމަށް އެބައޮތެވެ.
އާ ޑްރެޖަރުން ނުވަ ރަށެއް ހިއްކާނެ އެވެ. އެއީ، އިހަވަންދޫގެ އިތުރުން ށ. ކޮމަންޑު އާއި އއ. އުކުޅަސް އާއި އއ. ބޮޑުފޮޅުދު އާއި ރ. އުނގޫފާރާއި މ. ދިއްގަރާއި ފ. ފީއައްޔާއި ކ. ދިއްފުށި އަދި ކ. ގުޅި އެވެ. ނަމަވެސް، އިތުރު ރަށްތަކެއް އެ ލިސްޓުގައި ހިމެނުމުގެ ފުރުސަތު އެބައޮތެވެ.
މި އަހަރުގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން އެ ހުރިހާ ރަށެއް ހިއްކާ ނިންމޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
"އެ ރަށްތައް ނިމުނީމަ އެމްޓީސީސީއާ ހަވާލުކުރި ރަށް ހިއްކުމުގެ މަޝްރޫއުތައް ނިމުނީ،" އޭނާ ވިދާޅުވި އެވެ.
މަހާޖައްރާފަށްވުރެ ބޮޑު ޑްރެޖަރެއް އެމްޓީސީސީން ހޯދަނީ
ގުޅިއަށް 10.5 ހެކްޓަރުގެ ބިން އިތުރުކޮށް ނިމިއްޖެ
ދުވާލަކު ހެކްޓަރެއް ހިއްކޭ ޑްރެޖަރު ރާއްޖެ އަތުވެއްޖެ
އަލިފުށީގެ ބިން ހިއްކަން ވަރަށް އަވަހަށް ފެށޭނެ:އާޒިމް
އެމްޓީސީސީ އަށް 928 މިލިއަން ރުފިޔާގެ މަޝްރޫއު ދީފި
ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި
މަސައްކަތް ހިނގާތަން ކޮންމެ ރަށަކުން މިހާރު ފެންނާނެ
އުމްރާނީ މަޝްރޫއުތަކަށް އެމްއޭސީއެލްގެ ކުންފުންޏެއް
ކިނބިދޫން 25 ހެކްޓަރު 17 މަސް ތެރޭ ހިއްކައިފި
އެމްޓީސީސީއަށް 1.6 މިލިއަން ޑޮލަރު ދިނުމުގެ ހުކުމެއް