12 އެޕްރީލް 2022
ހުޅުމާލޭގައި ކުޑަކުއްޖަކު ރަހީނުކޮށް، މަރާލުމުގެ ދައުވާލިބޭ ކުއްޖާ ގޭބަންދުގައި ބަހައްޓަން ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދުކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ނިންމައިފި އެވެ.
ހުޅުމާލޭގައި ކުޑަކުއްޖަކު ރަހީނުކޮށް، މަރާލުމުގެ ދައުވާލިބޭ ކުއްޖާ ގޭބަންދުގައި ބަހައްޓަން ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދުކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ނިންމައިފި އެވެ.
ހުޅުމާލޭގައި މިދިޔަ އަހަރުގެ ޖޫން މަހު 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، މަރާލުމަށް ފަހު ފޮއްޓަކަށް ލައިގެން ގެންގޮސް އެއްލާލި މައްސަލާގައި ދައުވާލިބޭ ކުއްޖާ ގޭބަންދަށް ބަދަލުކުރަން ޖުވެނައިލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން އިއްޔެ ވަނީ ދަމަހައްޓައިފަ އެވެ. އޭގެކުރިން ވެސް އެ ނިންމުން ހައި ކޯޓުން ދެމެހެއްޓި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލަ އިސްތިއުނާފް ކުރަން މާދަމާ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމިއިރު، ސުޕްރީމް ކޯޓުން މިދިޔަ މަހު ވަނީ އެ ކުއްޖާ ގޭ ބަންދަށް ބަދަލުކުރީ ގޯސްކޮށް ކަމަށް ހުކުމްކޮށްފަ އެވެ. އެކަމަކު އޭރު ޖުވެނައިލް ކޯޓުގެ އަމުރުގެ މުއްދަތު ހަމަވެފައިވާތީ އެ ކުއްޖާ ޖަލު ބަންދަށް ބަދަލު ކުރާކަށް ސުޕްރީމް ކޯޓުން އަމުރެއް ނުކުރެ އެވެ.
އޭގެފަހުން އަނެއްކާވެސް އެ ކުއްޖާގެ ބަންދު މުރާޖާ ކުރުމަށްފަހު ޖުވެނައިލް ކޯޓުން ނިންމީ އަނެއްކާވެސް އެ ކުއްޖާ ގޭ ބަންދުގައި ބެހެއްޓުމަށެވެ. އެ ނިންމުން ހައި ކޯޓުން އިއްޔެ ވަނީ ދަމަހައްޓައިފަ އެވެ.
މަރުގެ ދައުވާލިބޭ ކުއްޖާ ގޭގައި ހުރުމުގައި ގޯހެއް ނެތް
ކުޑަކުއްޖާގެ މަރު:ތުހުމަތުވާ ކުއްޖާ ގެއަށް ދޫކުރުންގޯސް
ވީޑިއޯއަށް ބާރުދީ، ކުއްޖެއްގެ ކުށް ސާބިތުވެއްޖެ
މަންމަ މައާފް ދިނުމުން މަރުގެ އަދަބުން ސަލާމަތްވެއްޖެ
އަނަސް މަރާލި ކުޑަކުއްޖާ 18 އަހަރަށް ޖަލަށް
އަނަސްގެ މަރު: ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
"ކުޑަކުއްޖަކު" މަރަން ކުރި ހުކުމް ސުޕްރީމް ކޯޓަށް
އުދައްޔުގެ މަރު:ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
މަރުގެ ދައުވާލިބޭ ކުއްޖާގެ ގޭ ބަންދު ދަމަހައްޓައިފި
ކުއްޖަކު މަރާލުން:ދައުވާލިބޭ ކުއްޖާ ޖަލަށް ބަދަލުނުކުރި